بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:
އަހަރެމެންގެ ޝެއިޚް أبو أنس محمد حسن حفظه الله އަކީ ސަލަފީ ދަޢުވަތު މި ދިވެހިރާއްޖޭގައި ފެތުރުމުގެ މަސައްކަތްކުރަމުންދާ މަދު ޝައިޚުންގެ ތެރެއިން ޝެއިޚެކެވެ. ޝެއިޚް أبو أنس ކިޔަވާވިދާޅުވީ މަދީނާ ޔުނިވާސިޓީ އިންނެވެ. ޝެއިޚް ވަނީ މަދީނާ ޔުނިވާސިޓީގެ كلية الدعوة وأصول الدين ފެކަލްޓީއިން ޑިގްރީ ހާޞިލްކޮށްފައެވެ. އަދި ޔުނިވާސިޓީއިން ކިޔެވުމުގެ އިތުރަށް، މަދީނާގައި ސަލަފީ މަޝައިޚުންގެ މަޖްލިސްތަކުގައި އިށީންދެ ގިނަ އަހަރުތަކެއްވަންދެން ޢިލްމު ހާޞިލްކޮށްފައިވެއެވެ.
އެގޮތުން ޝެއިޚް أبو أنس محمد حسن ޢިލްމު ހާޞިލްކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި:
1.فضيلة الشيخ ربيع بن هادي المدخلي حفظه الله
2. فضيلة الشيخ عبد المحسن العباد حفظه الله
3. فضيلة الشيخ عبيد بن عبد الله الجابري رحمه الله
4. فضيلة الشيخ عبد الله بن عبد الرّحيم البخاري حفظه الله
5. فَضِيلَةُ الشَيْخِ عَبْدُ السَّلَام بنْ سَالِم بن رجَا السُحَيْمِيّ حفظه الله
6. فَضِيلَةُ الشَيْخِ سليمان بن سليم الله الرحيلي حفظه الله
7. فَضِيلَةُ الشيخ عبد الرزاق بن عبد المحسن العباد حفظه الله
8. އަދި މިނޫނަސް އެހެނިހެން ޢިލްމުވެރިންނެވެ. އަދި އަހަރެމެންނަށް, ޝެއިޚް أبو أنس محمد حسن ކައިރިން ޢިލްމު ހާޞިލުކުރުމަށް ނަސޭހަތްތެރިވާ ސަލަފީ މަޝައިޚުންގެ ތެރޭގައި فضيلة الشيخ عبيد بن عبد الله الجابري رحمه الله , فضيلة الشيخ عبد الله بن عبد الرّحيم البخاري حفظه الله ފަދަ ސަލަފީ މަޝައިޚުންވެއެވެ.
ޝެއިޚް أبو أنس محمد حسن އަށް فضيلة الشيخ عبيد الجابري حفظه الله ދެއްވި ތަޒްކިޔާ:
فضيلة الشيخ عبيد بن عبد الله الجابري رحمه الله ވިދާޅުވިއެވެ. ”އަދި އަހަރެންގެ އަޚާ، محمد ابن حسن އަހަރެން ދަންނަމެވެ. އަދި މިއަދާއި ހިސާބަށް އޭނާގެ ފަރާތުން ހެޔޮކަމެއް ނޫނީ އަހެރެން ނުދަންނަމެވެ. އަދި އޭނާ އަބަދުވެސް އަހަރެމެންނާއި ގުޅުން ބާއްވައެވެ. އަދި އަހަރެންގެ ބައެއް ދަރިވަރުންނާއި މިސާލަކަށް ޝެއިޚް ޢަބްދުލް އިލާޙް އަދި އެހެނިހެން މީހުންނާއި ގުޅުން އޮވެއެވެ. الْحَمْدُ لِلَّهِ އަބަދުވެސް އޭނާއާއި އަހަރުމެންނާއި ގުޅުން އޮވެއެވެ.“
ޝެއިޚް أبو أنس محمد حسن ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތައް:
މީގެ ތެރެއިން ގިނަ ފޮތްތައް މިހާރުވަނީ ދިވެހިބަހުން ޗާޕުކުރެވި ނެރެވިފައެވެ. މީގެން ބައެއް ފޮތްތައް މި ވެބްސައިޓްއިން ލިބެންހުންނާނެއެވެ..
1. شروط الصلاة “ ނަމާދުގެ ޝާރުޠުތައް“ لشيخ محمد بن عبد الوهاب رحمه الله (الشيخ عبد المحسن ކުރެއްވި ޝަރަޙަ)
2. ”الله ފޮނުއްވި އެންމެހައި ރަސޫލުން އަދި ރަސޫލުކަން ޚަތަމް ކުރެއްވި ނަބިއްޔާ محمد صلى الله عليه وسلم ބަޔާންކޮށްދެއްވި ތަޥްޙީދު“ – الشَّيْخُ عَبْدُ العَزِيْزُ بنْ عَبْدُ الله بِنْ بَاز رحمه الله ގެ
3. كُنْ سَلَفِيًّا عَلى الجَادَّة ”ސަލަފުއް ޞާލިޙުންގެ މަންހަޖުގައި ވަރުގަދައަށް ހިފަހައްޓާ“ – الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي –حَفِظَهُ الله (الشَّيْخ عَبْد السَّلام ވަނީ ޝެއިޚް أبو أنس އަށް މިފޮތް ތަރުޖަމާކުރުމަށް ހުއްދަ ދެއްވާފައެވެ.
4. من حقوق الأولاد على الآباء و الأمهات ”މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް“ – الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
5. ما هي السلفية ސަލަފިއްޔަތަކީ ކޮބާ؟ – الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
6. ج. من ثمرات التمسك بالسنة. “ ސުންނަތުގައި ދެމިހުރުމުން ލިބޭ ބައެއް ފައިދާތައް“ – الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
7. د. وصايا سنية لمن أراد النجاة. “ ސަލާމަތްކަމަށް އެދޭ މީހާއަށް އޮތް ސުންނަތުގެ ވަޞިއްޔަތްތައް“ – الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله
8. سُورَةُ الْفَاتِحَة ”ފާތިޙާ ސޫރަތުގެ ތަފްސީރު“ فَضِيلَةِ الشَّيْخِ الدُّكْتُورِ صِالِحُ بِنْ فَوْزَان الفَوْزَان حَفِظَهُ اللَّهُ
9. الجِهَادُ فِي الإِسْلام مَفهُومِه وَضوَابِطه وَأَنْوَاعِه وَأَهدَافه ”ޖިހާދުކުރުމުގެ މަފްހޫމާއި، ޤަވާޢިދުތަކާއި، ބާވަތްތަކާއި މަޤްޞަދު“ الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي –حَفِظَهُ الله
10. މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ޙުކުމް – ތަޤްދީމްކުރެއްވީ صالح بن فوزان بن عبد الله بن الفوزان حفظه الله
ޝެއިޚް أبو أنس محمد حسن ދިވެހި ބަހުން ކިޔަވައިދެއްވި ފޮތްތައް:
މި ދަރުސްތައް މި ސައިޓުން އަޑުއަހާލެވޭނެއެވެ.
1. كتاب التوحيد – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (ޞަލާޙުއްދީން މިސްކިތް)
2. أُصُولُ السُّنَّةِ – للإمام أبي عبد الله أحمد بن محمد بن حنبل رحمه الله (ޖަލާލުއް ދީން މިސްކިތް، މާލެ، އަދި ތިނަދޫ)
3. شروط الصلاة – لشيخ محمد بن عبد الوهاب رحمه الله (الشيخ عبد المحسن ކުރެއްވި ޝަރަޙަ، ތިނަދޫ)
4. أصول السِّتَّة – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (ތިނަދޫ)
5. شروط لا إله إلا الله – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
6. نواقض الاسلام – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
7. ﺍﻟﻘﻮﺍﻋﺪ ﺍﻷﺭﺑﻊ – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ)
8. الأصول الثلاثة – ﻟﻺﻣﺎﻡ محمد بن عبد الوهاب رحمه الله (މާލެ،)
9. كُنْ سَلَفِيًّا عَلى الجَادَّة – ﻟلشَّيْخ عَبْد السَّلام السُّحَيْمِي حَفِظَهُ الله (ކުޅުދުއްފުށީ)
10. عمدة الاحكام – باب صيام – ﻟﻺﻣﺎﻡ للمقدسي رحمه الله – (ތިނަދޫ)
11. العقيدة الواسطية – ﻟﻺﻣﺎﻡ شيخ الإسلام ابن تيمية – رحمه الله (ޞަލާހުއްދީން މިސްކިތް، މާލެ )
މާތް ﷲ، އަހަރެމެންނަށް މި ދަޢުވަތު އުންނައިވައިދެއްވާ، އަހަރެމެންގެ ޝެއިޚް أبو أنس محمد حسن حفظه الله ގެ ޢިލްމުގައި ބަރަކާތް ލައްވައި ހައްޤު މަގުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވުންއެދި ދުޢާކުރަމެވެ. މި އެންމެހައި ވާހަކަތަކެއް މިގޮތަށް ލިޔުމަށް ޝެއިޚް أبو أنس ރުހިގެން ނުވާނެ ކަން އިނގޭ ހާލުވެސް، މި ވާހަކަތައް ލިޔެ ބަޔާންކުރީ ޝެއިޚް أبو أنس ގެ ތަޢުރީފެއް ބަޔާންކުރުމަށް އެދިފައިވާތިވެ، ނޭނގޭ މީހަކަށް ޝެއިޚް أبو أنس محمد حسن حفظه الله އަކީ ކާކުކަން ބަޔާންކުރުމަށެވެ. وَلَا أُزَكِّي عَلَى اللَّه أَحَدًا.
——————————
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين