ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން

ސުވާލު : ރަމަޟާންމަސް އަންނާތީވެ އެކަމުގެ އުފާވެރިޚަބަރު ދިނުމާއި، ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ މެދުގައި ތަހްނިޔާ ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ރަމަޟާންމަހަކީ މަތިވެރި މާތްވެގެންވާ މައްސަރެކެވެ. މުސްލިމުން އެމައްސަރާއި ބައްދަލުވާތީ އުފާ ފާޅުކުރާނެ މައްސަރެކެވެ. ނަބިއްޔާ صلى الله عليه وسلم އަދި އަޞްޙާބުން ރަމަޟާންމަހާ ބައްދަލުވާތީ އެކަމަށް އުފާފާޅުކުރެ އެވެ. އަދި ރަސޫލާ صلى الله عليه وسلم އަޞްޙާބުންނަށް އެމައްސަރާއި ބައްދަލުވާތީވެ އުފާވެރިކަމުގެ ޚަބަރު ދެއްވަ އެވެ. 

މި އުއްމަތުގެ ސަލަފުއް ޞާލިޙުން ޢަމަލުފުޅު ބެހެއްޓެވި ފަދައިން، ރަމަޟާން މަހާއި ބައްދަލުވާތީވެ މުސްލިމުން އުފާވެރިކަން ފާޅުކޮށް، އުފާވެރިކަމުގެ ޚަބަރު ދިނުމުގައިވެ، އެކަކު އަނެކަކަަށް ތަހުނިޔާ ކިޔުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ އެމައްސަރަކީ މަތިވެރި، މާތް އަދި ބަރަކާތްތެރި މައްސަރެއް ކަމުގައި ވުމުން އުފާވެރިކަން ފާޅުކުރުމެވެ. އެއީ އެމައްސަރުގައި ކުށް ފާފަތައް ފޮހެވިގެން ދިއުމާއި، އެހެނިހެން ހެޔޮޢަމަލުތަކުގައި އެކަކު އަނެކަކު ކުރިއަރައި ދިއުމުގައިވުމެވެ.

 

ފަތުވާ ނަގާފައިވަނީ : https://goo.gl/BH1yiY

Similar Posts