ރަމަޟާން މަހަށް އިސްތިޤްބާލުކުރުން

الحمد لله رب العالمين. و الصلاة و السلام على رسول الله و على آله و صحبه و سلم :

ލޯބިވާ އެންމެހައި އަޚުންނަށް.

މިނިޓް ތަކަކަށްފަހުގައި ބައްދަލު މިކުރަނީ ބަރަކާތްތެރި މާތް ކަމުން ފުރިގެންވާ މައްސަރެކެވެ. އެކަމުގެ އުފާ ލިބިގަންނަ ހުއްޓެވެ.

ﷲ މިފަދަ ދުވަސްތަކެއް ހަޔާތުގައި ދެއްވި ކަމަށްޓަކައި އެކަމަށް ﷲ އަށް ޝުރުކުރުކުން ހުއްޓެވެ.

އެފަދަ ދުވަސްތަކަކާއި ޙަޔާތުގައި އަޅައި ކިޔައި ނުލެވޭނެ ފަދަ ނިޢުމަތެއް ކަމުގައި މި ނިއުމަތް ނުވެ އެވެ.

އެއާއެކު، މި މައްސަރު ބައްދަލުވުމުން އެކަމުގެ އުފާ އަޅުތަކުން ނުލިބިގަންނަވީ ކީއްވެ ހެއްޔެވެ؟

ނަބިއްޔާ ﷺ އަޞްޙާބު ބޭކަލުންނަށް އެކަން އެބޭކަލުންގެ ސަމާލު ކަމަށް ގެންނަވަ އެވެ!

މިމައްސަރުގެ ބަރަކާތް ތެރި ކަމަށް އަލިއަޅުވާފައި ހިތްވަރު ދެ އެވެ.

އަޚުންނޭވެ! މިއީ 30 ނުވަތ 29 ދުވަހުގެ މެހެމާނެކެވެ. މެހުމާނަށް ނުކުމެގެންދާއިރު، ތިޔަ އަޚު ކޮށްދިން ކަންތަކަށް އުފާވެފައިވާނެތޯ ނުވަތަ ނޫންތޯ ހަނދާން ކުރާށެވެ.

މެހުމާނު ނުކުމެގެންދާނެކަން ޔަޤީނެވެ. ސުވާލަކީ އަޅަމެންގެ ޢަމަލެވެ.

މިއީ ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުމާއި، ޛިކުރު ކުރުމާއި، ދުޢާ ކުރުމާއި، ތަސްބީހަ ކިޔުމާއި ރޭއަޅުކަމުގެ މައްސަރެކެވެ. މިއީ އެ މެހެމާނު ދުށުމަށް އެދޭ ކަންތައްތަކެވެ.

އަޚުންނޭވެ! ﷲ ޤަންދީ ބުނަމެވެ! މިއީ ރަނާއި ޖަވާހިރަށް ވުރެ ހެޔޮ ވަޤުތުތަކެވެ!

އުސްތާޒްގެ ހިތަށް އައި އިހުސާސެއް ހިއްސާ ކުރަމެވެ!

ފާއިތުވީ އަހަރު ތަކުގައި، އަޚާ ބުނާކަހަލަ އެވެ! ޑިއުޓީއާ ހެދި ޤިޔާމުއް ލައިލް ނުކުރެވެ އެވެ! މަސައްކަތުގެ ބުރަކަމުން ރޭގަނޑު ޤިޔާމުގައި ހުންނަން ބަލިވަނީ އެވެ! ދުވާލުގެ ބުރަ ޝެޑިއުލާއެކު ރޭގަނޑުގައި ނަމާދު ކުރަން ދަތިވަނީ އެވެ! ވަޒީފާގެ ގޮތުން ޤުރުއާން ނުކިޔެވެނީ އެވެ…….

ފަހެ، ﷲ އައްސަވައި ވޮޑިގެންވި އެވެ! މިއަދު މި އޮތީ އޭނާ އެ ބުނި ބަސްތައް ޙަޤީޤަތުގައިވެސް އެއީ ތެދުތޯ ނުވަތަ ޚާލިޞް ހިތުން ބުނި ބަސްތަކެއްތޯ ﷲ ދައްކަވައިފަ އެވެ!

ބިޒީ ކުރާނެ މީހަކުވެސް ގެއަށް ނާދޭވެ ގޮތަށް ތިޔަ އަޚާގެ ގޭގައި ތިޔަ އަޚު އެކަންޏެވެ!

އެއްކަލަ ވަޒީފާގެ މުސާރަވެސް މިފަހަރު މަސައްކަތް ނުކޮށް ހުރެ ގޭގައި ހުރެ އެބަ ލިބެ އެވެ!

ބިޒީ ބުރަ ޝެޑިއުލް ނެތި އެހެނަސް ހުރިހައި ތަކެއްޗެއް ހަމަވެ، ރަމަޟާން މައްސަރައިގެންނެވެ.

سبحان الله! އިޙްސާސަށް ގެނެވޭ ހެއްޔެވެ؟ މިއީ މިއަދު ﷲ ތަޤްދީރު ކުރެއްވި ގޮތެވެ!

މިއީ ދުވަހެއްގެ ކޮޅުން ވިސްނުމަށްވެސް ނާންފަދަ ގޮތަކަށް މިންވަރުވެފައިވާ ދުވަސްތަކެވެ. އޮފީސް ފޯނެއް ވެސް ނާންނާނެ ފަދަ ގޮތަކަށެވެ. ހުރިހައި ވަޤުތެއް މިއޮތީ އަތްމަތީގަ އެވެ!

އަޚުންނޭވެ! މިއީ ތަފާތު ރަމަޟާނެއް ކަމުގައި ހެދުމުގެ ޢަޒްމު ގެންނާށެވެ! ބައްދަލު މި ކުރީ ތަފާތު ގޮތަކަށެވެ! ޢަމަލު ތަފާތު ހެއްޔެވެ؟

ނަފްސަށް ޤުރުއާން ވިރުދެއް ކަނޑައަޅައިގެންވިޔަސް އެ ގޮތުގައި ހިފަހައްޓާށެވެ! ބޮޑު ބާރެއް އަޅަންވީ ފަހުގެ ދުވަސްތަކަށް ދާ މިންވަރަށެވެ.

އެންމެހައި އަޚުންނަށް ރަމަޟާން މަސް ބައްދަލު ކުރުމުގެ އުފާ އިޙްސާސުކޮށް ބައިވެރި ކުރާ ޙާލުގައި ވަޤުތު އަގުވަޒަންކުރަން ނަޞޭހަތްތެރި ނަމެވެ.

ﷲ އަޅަމެން ގެ ޢަމަލުތައް އިޞްލާޙު ކުރައްވައި، އަޅަމެން އެންމެންނަކީ ހެޔޮބަސް އަޑުއަހާނެ ހެޔޮބަސް ޤަބޫލުކުރާ ފަރާތްތައް ކަމުގައި ލައްވާނދޭވެ!

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply