rawaathibu sunnai

ރަވާތިބު ސުންނަތްތައް ކުރާނީ ދެ ރަކުޢަތުން ދެ ރަކުއަތުން ސަލާމް ދެމުންތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލުކޮށްފައިވާ މުރާދެއް ނޭނގެއެވެ. އެހެންނަމަވެސް ސުވާލުގައި ހުރި ނުކުތާތަކަށް އަލި އަޅުވާލާނަމެވެ.

އަޞްލަކީ ދުވާލުގައި ކުރާ ސުންނަތް ނަމާދު އަދި ރޭގަނޑުގައި ކުރާ ސުންނަތް ނަމާދު ކަމުގައި ވީނަމަވެސް 2 ރަކުޢަތުން 2 ރަކުޢަތުން ކުރުމެވެ. ޝަރުޢުވެގެން ވަނީ 2 ރަކުޢަތުން 2 ރަކުޢަތުން ކުރުމެވެ. އެއީ ކޮންމެ 2 ރަކުޢަތުން ސަލާމް ދިނުމާއެކު ގައެވެ. އިމާމް مسلم، 749 މި މާނައިގައި އަދި وأبو داود (1421)، النسائي (1691)، ابن ماجه (1175) އަދި الترمذي (552) މިނޫން ސުންނަތް ފޮތްތަކުގައި ބަޔާން ކުރައްވާފައިވެއެވެ.

ޞަޙާބީ عبد الله بن عُمر -رضي الله عنهما- ގެ ޙަދީޘްގައި ވެއެވެ. صلاة الليل و النهار مثنى مثنى “ރޭގަނޑު އަދި ދުވާލުގެ ވަޤުތުގައި ސުންނަތް ނަމާދުތައް ވަނީ 2 ރަކުޢަތުން 2 ރަކުޢަތުންނެވެ”. މި ޙަދީޘްގައިވާ النهار ‘ދުވާލުގެ ނަމާދު’ މި ލަފްޟާމެދު މުޙައްދިޘުން ޚިލާފްވެފައިވީ ކަމުގައި ވީނަމަވެސް، ޢިލްމުވެރިންގެ ބަސްފުުޅުތަކުގެ ތެރެއިން ބުރަވެވެނީ الشيخ الألباني ވިދާޅުވެފައިވާ ފަދައިން، މި ލަފްޟު ޘާބިތުވެގެންވުމެވެ. އެހެންވުމުން މި ލަފްޟުގެ މައްޗަށް ބުރަވެ، މި ނޫންގޮތަކަށް ދުވާލު އަދި ރޭގަނޑުގައި ވެސް ސުންނަތް ނަމާދުކުރުން ޝަރުޢުވެގެން ނުވެއެވެ. މާނައީ މިއީ މިކަމުގެ އަޞްލު ޙުކުމެވެ. އަބަދުވެސް 2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން ނަމާދު ކުރަމުން ގެންދިއުމެވެ. އެހެންނަމަވެސް މިޘާލަކަށް 3،5،7،9 ރަކުޢަތުން ވިތުރި ކުރުން ފިޔަވައެވެ. މި ނަމާދު މިފަދައިން ކުރުން ވަނީ އިސްތިސްނާ ވެގެންނެވެ.

ރަވާތިބު ސުންނަތް ކުރާނީ ކިހިނެއްތޯއެވެ؟

ކަންމިހެން ހުރި ކަމުގައި ވީނަމަވެސް ދުވާލުގެ ވަޤުތުތަކުގައި ސަލާމް ދިނުމަކާ ނުލައި 4 ރަކުއަތް އެކުގައި ކުރެވިދާނެކަމަށް ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. އެބަހީ، އެންމެ އަޥްލާ ވެގެންވާގޮތާއި ޚިލާފް ވީނަމަވެސް ނަމާދު އެ ސިފައިގައި ކުރުން ޞައްޙަ ވާނެއެވެ. އެއީ علي -رضي الله عنه- ގެ ޙަދީޘްގައި އަޞްރު ކުރިން 4 ރަކުޢަތް އެ ރަކުޢަތްތަކުގެ މެދުގައި ތަސްލީމަކުން ވަކި ކުރައްވަމުން ކުރައްވާ ކަމަށް އައިސްފައިވެއެވެ. މި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ތަސްލީމްގެ މާނައަކީ އައްތަހިޔާތެވެ. (މާނައަކީ، 2 ރަކުޢަތް ކޮށްފައި އައްތަހިޔާތު ކިޔާފަ އަނެއްކާ ވެސް ތެދުވެ އަނެއް 2 ރަކުޢަތް ކޮށްފައި އައްތަޙިޔާތު ކިޔައި، ސަލާމް ދިނުމެވެ.)

ޙަދީޘްގައިވާ “ތަސްލީމް”ގެ މާނައަކީ މިއީ ކަމުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ މި ބަސްފުޅުން މިވަނީ ސުންނަތް ނަމާދު 4 ރަކުޢަތުން ކުރެވިދާނެ ކަމުގައި ބަޔާންކޮށްފައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply