ރޯދައަށް ހުރެ އިންޖެކްޝަން ޖެހުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އައިވީ އިންޖެކްޝަން ފިޔަވައި އެހެނިހެން އިންޖެކްޝަން ތަކާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅަކީ އެއީ ރޯދަ ގެއްލޭނެ އެއްޗެއް ނޫން ކަމެވެ.

ސަބަބަކީ އެއީ، ކެއުމާއި ބުއިމުގެ ޙިކުމްތެ ތެރެއަށް ވަންނާނެ، އަދި އޭގެ ތެރޭގައި ހިމެނޭ ތަކެއްޗަކަށް ނުވާތީ އެވެ. އެގޮތުން ތަދުކަނޑުވާ އިންޖެކްޝަން، ލޭ މަނާކުރާ އިންޖެކްޝަން ނުވަތަ ހުންމަޑުކުރާ އިންޖެކްޝަން ފަދަ ތަކެއްޗަކީ ބޭނުން ކުރަން ޖެހިއްޖެ ޙާލަތެއްގައި ހުއްދަ ތަކެއްޗެވެ.

ރޯދައަށް އަޘަރެއް ނުކުރާނެ އެވެ. العلامة ابن العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”….އެހެނަސް ބޭސްފަރުވާގެ ގޮތުން ބޭނުންކުރާ އެކިއެކި އިންޖެކްޝަން އަދި ހަށިގަނޑު ހަރަކާތްތެރި ކުރުވުމުގެ ގޮތުން ދެވޭ އިންޖެކްޝަން، ފަހެ މިއިންޖެކްޝަން ތަކަކީ ކެއުމާއި ބުއިމުގެ މަޤާމަށް ވާޞިލްކޮށްދޭނެ އެއްޗެއް ނޫނެވެ. އަދި ކެއުމާއި ބުއިން ފުއްދައިދޭނެ އެއްޗެއް ނޫނެވެ. ފަހެ މިފަދަ އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. އެއީ މިފަދަ އިންޖެކްޝަނެއް ހަށިގަނޑުގެ ނާރަކަށް ނުވަތަ މަސްގަނޑަށް ޖެހިކަމުގައިވިޔަސް އެވެ. އަދި މިފަދަ އިންޖެކްޝަނެއް ބޭނުންކޮށް ކަރުތެރޭގައި އޭގެ ރަހަދިން ކަމުގައި ވިޔަސް ނުވަތަ ރަހަ ނުދިން ކަމުގައިވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ.“

އަދި الإِمَام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އައިވީ އިންޖެކްޝަން ރޯދަވެރިޔާ ބޭނުން ކުރުން؛ މިކަމުގެ ޞައްޙަ ޤައުލަކީ ރޯދައަށް ހުންނަ މީހާގެ ރޯދަ ގެއްލޭނެ އެވެ. އެހެނަސް އައިވީ އިންޖެކްޝަން ނޫން އިންޖެކްޝަން ކަމުގައިވާނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ.“
مجموع الفتاوى ج 15ص 258

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts