ބޭރަށް ކިޔަވަން ދިއުމަށް ލުއިލޯނުގެ ގޮތުގައިދޭ ލޯނު ނެގުމުގެ ޙުކުމަކީ ކޮބާ؟

ޖަވާބު ދެއްވީ الشَّيخ أ. د. عَبد السَّلام بن سالِم رجاء السُّحَيمي حفظه الله

ތަރުޖަމާ ކުރެއްވީ އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله

މިއީ، ޤުރޫޕްގައި ހުށަހެޅުނު ސުވާލެކެވެ. ސުވާލުގެ ސިފަތައް ބަޔާންކުރުމުން މަދީނާގެ ޢިލްމުވެރިންނަށް ސުވާލު ހުށަހެޅުމަށްފަހު ދެއްވާ ޖަވާބު ބަޔާންކުރާނެ ކަމުގައި ބުނެފައިވާނެ އެވެ. މި ޢިލްމުވެރިޔާއަކީ މަދީނާ ޔުނިވާސިޓީގައި ފެކަލްޓީ އޮފް ޝަރީޢާގައި ފިޤުހާބެހޭ ބައިގައި އުނގަންނަވައި ދެއްވާ، ޑރ. އަދި ޕްރޮފެސަރކެވެ. އަދި މަދީނާގެ މަސްޖިދުއް ނަބަވީގައި އުއްމަތަށް ޢިލްމު ފޯރުކޮށްދިނުމުގައިވާ ޢިލްމުވެރިއެކެވެ.

ސުވާލު : އަހަރެމެންގެ ފަޟީލަތުއް ޝެއިޚް އެވެ. މި ސުވާލަށް ޖަވާބު ދެއްވުންއެދެމެވެ.

މުޖުތަމަޢުގައި މަތީތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވަން ބޭނުންވާ މުއައްސަސާ ތަކުން ފުރުސަތު ހޯދައިދީ، ޔުނިވާސިޓީ ނިންމުމަށް ބޭނުންވާ އެންމެހައި ޚަރަދުތަކެއް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ލޯނެއް ދަރިވަރަށް ކޮންމެވެސް ބޭންކަކުން ނަގައިދެ އެވެ. ސަރުކާރުން މި ލޯނު ބޭންކުން ނަގަނީ އެ ލޯނަށް ރިބާގެ ގޮތުގައި ފައިދާ ދައްކަންޖެހޭ ގޮތުގަ އެވެ. އެއަށްފަހު ދަރިވަރާއި ވަކިން އެހެން މުޢާމަލާތެއްކޮށް ބޭންކުން ލޯނު ނެގިގޮތަށް ދަރިވަރަށް ދެވެ އެވެ. އަދި ދަރިވަރު އެފައިސާ ސަރުކާރުން އެއްބަސްވާގޮތަށް ސަރުކާރަށް ބަހާލައިގެން ދައްކަ އެވެ.

ޖަވާބު : ”އެއީ ރިބާ އެކުލެވޭ ލޯނެއްގެ ގޮތުގައިވެއްޖެހިނދަކު ހުއްދައެއް ނުވާނެ އެވެ.“

Similar Posts