hodakee najis tho

ހޮޑަކީ ނަޖިސްއެއްޗެއް ތޯއެވެ؟ ހޮޑުގެ ޙުކުމަކީ ކޮބައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހޮޑުގެ ޙުކުމަކީ ކޮބައިތޯ، މިކަމުގެ މައްޗަށް ކޮށްފައި ސުވާލުގެ ޖަވާބުގައި ބުނަމެވެ. 

ފުރަތަމައީ :  ބަނޑުން ނުވަތަ ގޮހޮރުގެ ތެރެއިން ކާބޮއިހެދި ތަކެތި ތަޣައްޔަރުވެ، އޭގެ ވަސް ނުވަތަ ކުލަ ނުވަތަ ރަހަ ބަދަލުވެފައިވާ ޙާލުގައި ހޮޑުލައި ބޭރުވީ އެވެ.  

މި ޙާލަތުގައި އެ ބޭރުވި ތަކެއްޗަކީ އެއީ ނަޖިސްކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި ހަތަރު މަޛްހަބުގެ ޤައުލުކަމުގައިވެ އެވެ. އަދި  شيخ الإسلام ابن تيمية އަދި ابن القيم  އަދި ވެސް އެހެނިހެން ޢިލްމުވެރިން ހިމެނިވަޑައިގަންނަވަ އެވެ.  

އެބޭކަލުން މިކަމުގެ މައްޗަށް ގެންނަފާއިވާ ޙުއްޖަތްތަކުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ. ކާބޯތަކެތި މަޢިދާތެރެއަށް ދިއުމަށްފަހުގައި، އެތަކެތި ވަނީ ކުނިވެ، ފަސާދަވެ ބޮޑުކަމުދާ ތަކެތީގެ ސިފައަށް ގޮސްފަ އެވެ. ފަހެ، އެހެން ވުމުން ހޮޑަކީ ނަޖިސްކަމުގައި ބުނެފައިވެ އެވެ.  

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިގެ ފަތުވާ ނަންބަރ 4/193 ގައިވެ އެވެ.  

”ހޮޑަކީ ނަޖިހެކެވެ. އެއީ ކުޑަ ކުއްޖެއް ނުވަތަ ބޮޑު މީހެއްގެ ހޮޑުކަމުގައިވީނަމަވެސް މެއެވެ. ސަބަބަކީ، އެއީ ހަށިގަނޑުގެ ތެރެއަށް ގޮސްފައިވާ ފަސާދަވެފައިވާ ކާތަެއްގެ ގޮތުގައިވުމުންނެވެ. އެހިނދު އެ އެއްގޮތްވެފައިވަނީ ބޮޑު ކަމުދާ ތަކެއްޗާއި ހޮޑު ފަދައެވެ. ފަހެ، ފޭރާމުގައި އެ ޖެހިއްޖެނަމަ، އެ ޖެހިފައިވާ ތަކެތި ފިލުފައި (ހަރުވެފައިވާ ނަމަ އިނގިލިން ނައްޓައި) ފެނުން ސާފުކުރުން ވާޖިބުވެގެންވެ އެވެ. އެއީ ނަޖިހުގެ ޞޫރަ ފިލައި ދިއުމަށް ދާންދެނެވެ…“  

ދެވަނައީ : ކަރުތެރެއިން ބޭރުވި ހޮޑަކީ ކާބޯތަކެއްޗަށް އަޘަރު ކޮށްފައި ނުވާ ގޮތުގައި ބޭރުވި ތަކެއްޗެއްގެ ގޮތުގައި ވުމެވެ. އެބަހީ : ކެއި ގޮތުގައި ވަނިކޮށް އެޙާލުގައިވެ ބޭރުވީ އެވެ. މި ޙާލަތުގައިވެސް ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ އެއީ ނަޖިސް ކަމުގައި ބުނުމެވެ. އެހެނަސް المالكية  މި ޙާލަތުގައި އެއީ ޠާހިރު އެއްޗެއްގެ ގޮތުގައި ވިދާޅުވެ އެވެ.  

ދަންނަ އެވެ! މިފަދައިން ހޮޑު ލެވުން، އެބަހީ، ކާބޯތަކެތި އެކުވުމާއެކު އެއަށް އެއްވެސް އަޘަރެއް ނުކުރާ ގޮތުގައިވެ، އަނގައިން ބޭރަށް ހޮޑު ގޮތުގައި ބޭރުވުން، ޚާއްޞަކޮށް ކުޑަކުދިން ކިރު ބުއިމަށްފަހު އަނގައިން ބޭރުވުމަކީ ޢާންމުވެގެންވާ ކަމެކެވެ. އެއިން ސަލާމަތްވުންވެސް ދަތިވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ.  

މިފަދައިން ހޮޑު ލެވޭހިނދު، އެ ހޮޑަކީ ނަޖިސް ކަމުގައި ނުވާނެ ކަމަށް، އެއީ ޢަފޫވެގެންވާ ޙާލަތެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ތެރެއިން ވެސް ބައެއް ބޭކަލުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި އިމާމް ابن القيم -رحمه الله- މިފަދައިން މި ހޮޑާއި މެދު ޛިކުރު ކުރައްވަ އެވެ.  

ތިންވަނައީ : ހޮޑު ނަޖިސްއެއްޗެއްގެ ގޮތުގައި ނުވާނެ ކަމުގައި ބުނެފައިވާ ބުނުމެވެ. މި ޤައުލަކީ ބައެއް المالكية ގެ ޤައުލެވެ. އަދި الشوكاني އަދި މި ޒަމާނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން الشيخ الألباني  އަދި الشيخ ابن عثيمين رحمهم الله އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.  

الشيخ ابن عثيمين -رحمه الله-   ވިދާޅުވެފައިވެ އެވެ. ”ކުޑަ ކުއްޖާ އަދި ބޮޑު މީހާގެ ހޮޑަކީ އެއީ ނަޖިހެއް ކަމުގައި ބުނުމަށް އެއްވެސް ދަލީލެއް ނުވެ އެވެ.“ لقاء الباب المفتوح  اللقاء رقم: 88 

ޝެއީޚް الشيخ ابن عثيمين  ވިދާޅުވެފައިވާ ފަދައިން، ހޮޑަކީ އެއީ ނަޖިސް ކަމުގައި ސާފު ބަޔާންވެގެންވާ އެއްވެސް ދަލީލެއް ޝަރީޢަތުގައި ޘާބިތު ނުވެ އެވެ.  

ވުމުން މައްސަލަ ނިންމާލުމުގެ ކުރިން ބުނަމެވެ.  

މިމައްސަލައިގައި ސާފު ދަލީލެއް އެއީ ނަޖިސް ކަމުގައި ބަޔާންވެގެން ނުވެ އެވެ.  

އަދިވެސް ހޮޑާއި މެދުގައި ބުނެވެ އެވެ. (ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކުގެ ތެރޭގައިވެ އެވެ.) 

ދަލީލެއް އަތުވެއްޖައުމަށް ދާންދެން އެ އެއްޗަކީ ޠާހިރު އެއްޗެއްގެ ގޮތުގައި ދެމި އޮންނާނެ އެވެ. ވުމުން، ހޮޑަކީ ނަޖިސްއެއްޗެއް ކަމުގައި ބުނުމަށް އިސްވެ ބަޔާންވި ޢިލްމުވެރިންގެ ބަސްފުޅުތަކުންވެސް ބަޔާންވި ފަދައިން އެއްވެސް ދަލީލެއް ނެތެވެ.  

ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެބޭކަލުންގެ ކިބައިން ހޮޑު ލެވޭނެ ކަމާއި އަދި ހޮޑު އެއީ ނަޖިސް ކަމުގައިވާނަމަ  އެއީ ނަޖިސްއެއްޗެއް ކަމުގައިވާނަމަ އެފަދައިން އުއްމަތަށް އުނގަންނަވައި ދެއްވީ ހެވެ. 

ފަހެ، މިއީ މިކަމުގައި އެންމެ ޞައްޙަ ގޮތެވެ. 

އެހެނަސް އެއީ ނަޖިސް ކަމުގައި ނުވީނަމަވެސް އެއިން ދުރުވުން ނުވަތަ ހަށިގަނޑުން އަދި ފޭރާމުން ފިލުވުން ނުހަނު އެދެވިގެންވެ އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply