ރޭގަނޑު ނިދަން އޮށޯންނަމުން ސޫރަތުލް މުލްކު ކިޔަވަން ޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރޭގަނޑުގައި ކިޔުމަށް ޚާއްޞަ ވެގެންވާ ސޫރަތްތަކުގެ ތެރެއިން އެއް ސޫރަތަކީ ސޫރަތުލް މުލްކު (سورة الملك) އެވެ.

ޞަޙާބީ جابر بن عبدالله ގެ އަރިހުން الإمام الترمذي – الإمام النسائِي އަދި الإمام أحمد -رحمهم الله- އަދި އެހެނިހެން ސުންނަތުގެ ފޮތްތަކުގައި ރިވާކުރެވިގެންވެއެވެ. كَانَ لا يَنامُ حتى يقرأَ الم تَنْزِيلُ السَّجْدَةُ ، و تَبارَكَ الذي بيدِهِ الملكُ ، މާނައީ: “މާތް ނަބިއްޔާ صلى الله عليه وسلم، الم تَنْزِيلُ السَّجْدَةُ (ސަޖިދަ ސޫރަތް) އަދި تَبارَكَ الذي بيدِهِ الملكُ (މުލްކު-ސޫރަތް) ވިދާޅުނުވެ އަވަހާރަފުޅު ނުލައްޕަވައެވެ”.

މި ޙަދީޘް الإمام الألَبانِي -رحمه الله- السلسلة الصحيحة ގައި ޛިކުރު ކުރައްވައި ޙަދީޘް ޞައްޙަ ކަމުގައި ޙުކުމް ކުރައްވާފައިވެއެވެ.

އަދި މީގެ އިތުރަށް الإمام الترمذي ޞަޙާބީ عبدالله بن عباس ގެ އަރިހުން ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައި تَبارَكَ الذي بيدِهِ الملكُ (މުލްކު-ސޫރަތް) ޤަބުރުގެ ޢަޛާބުން މަނާކޮށްދޭނެ ކަމުގައި ވެސް ވާރިދުވެގެންވެއެވެ.

ވީމާ، އިރު އޮއްސެ ވަޤުތުން ފަށައިގެން ނިދަން އޮށޯތުމަށް ދާންދެން އެވަޤުތު ތަނަވަސްވެގެންވެއެވެ. އެހިނދު އެ ސުންނަތުގެ ޢަމަލު އެމީހަކު އަދާކޮށްފައިވީ ކަމުގައި ވާނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply