|

ފާޚާނަ ނުވަތަ ބޮޑުކަމުދާ، ކުޑަކަމުދާ (ޤަޟާ ޙާޖަތް) ކުރާ ތަނަށް ވަންނަހިނދު، އެމީހެއްގެ ވައަތުފައި އިސްކުރުން

ފާޚާނަ ނުވަތަ ބޮޑުކަމުދާ، ކުޑަކަމުދާ (ޤަޟާ ޙާޖަތް) ކުރާ ތަނަށް ވަންނަހިނދު، އެމީހެއްގެ ވައަތުފައި އިސްކުރުން މުސްތަޙައްބު ވެގެންވެއެވެ. އަދި ހަމައެފަދައިން އެ ތަނުން ނުކުންނަ ހިނދު އެމީހެއްގެ ކަނާތުފައި އިސްކުރުން ވެސް މުސްތަޙައްބު ވެގެންވެއެވެ. ފަހެ، މިއީ ފިޤުހީ 4 މަޛްހަބު އިއްތިފާޤު ވެގެންވާ ކަމެކެވެ. الحنفيَّة المالكيَّة الشافعيَّة އަދި الحنابلة މިފަދައިން ދެކެވަޑައިގަންނަވައެވެ.

الحافِظ النووي-رحمه الله ވިދާޅުވެފައިވެއެވެ. ފަހެ، މި އަދަބަކީ، މުސްތަޙައްބު ވެގެންވާ ޢަމަލެއްކަމުގެ މައްޗަށް އިއްތިފާޤުވެ ވަޑައިގެންފައިވާ ޢަމަލެކެވެ. ހެޔޮ، ރިވެތި، ކަންކަމުގައި ކަނާތްފަރާތް އިސްކުރުމަކީ (އެ ފަދައިން ޢަމަލު ކުރުމަކީ) މި ކަމުގައި ކަނޑައެޅިފައިވާ ޤަވާޢިދެކެވެ” (المجموع 2/77).

ފަހެ، އެންމެހައި ހެޔޮ އަދި ރިވެތި ކަންކަމުގައި ކަނާތްފަރާތް އިސްކުރުން ސުންނަތުގައި ބަޔާން ވެގެންވެއެވެ. އެކަން ބަޔާން ވެގެންވާ ދަލީލުތަކުގެ ތެރޭގައި عَائِشَة -رضي الله عنها- ވިދާޅުވެފައިވެއެވެ. (كان النبيُّ صلَّى اللهُ عليه وسلَّم يُحِبُّ التَّيَمُّنَ ما استَطاعَ، في طُهُورهِ وتَنَعُّلِه وتَرجُّلِه في شأنِه كُلِّه)”النبيُّ ﷺ ޠާހިރު ވުމުގައި، ފައިވާން ޖޯޑުކޮޅަށް އެރުއްވުމުގައި، އިސްތަށި ފުޅުގައި ފުނާ އެޅުއްވުމުގައި އަދި އެންމެހައި (ރަނގަޅު، ރިވެތި، ހެޔޮ) ކަންކަމުގައި ކުޅަދާނަ ވެވަޑައިގެންނެވި މިންވަރަކުން ކަނާއަތް އިސްކުރެއްވުމަށް ލޯބިފުޅު ކުރައްވައެވެ“ . މި ޙަދީޘް އިމާމް البُخَاري 5380 ރިވާކުރެއްވިއެވެ.

ފަހެ، ޙަދީޘްގައި ޛިކުރު ވެގެންވާ އަދި އެނޫންވެސް އެންމެހައި ރިވެތި، ހެޔޮ ކަންތައްތަކުގައި ވާތްފަރާތާ ޚިލާފަށް ކަނާތްފަރާތް އިސްކުރުން މުސްތަޙައްބު ވެގެންވެއެވެ.

Similar Posts

Leave a Reply