ޟުޙާ ނަމާދަށްފަހު ކިޔުން ޚާއްސަ ދުޢާއެއް ވޭތޯއެވެ؟ އަދި އެ ދުޢާއަކީ ކޮބައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޟުޙާ ނަމާދުކޮށް އަވަދި ވުމަށްފަހު ކިޔުމަށް ޚާއްޞަވެގެންވާ ޛިކުރެއް ގޮތުގައި ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެއެވެ. އެއީ الإمام البُخَارِي ލިޔުއްވާފައިވާ ފޮތް أدب المفرد ގައި ނަބިއްޔާ ގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ގެ އަރިހުން ރިވާވެގެންވެއެވެ.

ޞަޙާބިއްޔާ ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާނަމާދަށް ފަހުގައި اللَّهُمَّ اغفِرْ لي، وارْحَمْني، وتُبْ عليَّ، إنَّكَ أنتَ التوَّابُ الرحيمُ الغَفورُ މި ޛިކުރު 100 ފަހަރު ވިދާޅުވެއެވެ.

މިފަދައިން ވާރިދުވެފައިވުމުން ބައެއް ބޭކަލުން މި ޛިކުރަކީ ޟުޙާ ނަމާދަށް ފަހުގައި ކިޔުމަށް ޚާއްޞަވެގެންވާ ޛިކުރެއް ކަމުގައި ވިދާޅުވެއެވެ.

އެހެނަސް و الله أعلم – މި ޙަދީޘްގައި ޟުޙާ ނަމާދު ޛިކުރުވުމަކީ (އެބަހީ: ޟުޙާ ނަމާދަށް ނިސްބަތްވެފައިވާ ތަންކޮޅު) އެއީ ޘާބިތު ލަފްޟެއް ނޫން ކަމުގައިވެއެވެ. އެހެނަސް ޙަދީޘްގައިވާ ދުޢާ އަކީ ނަމާދަށް ޚާއްޞަ ކުރުމެއްނެތި ކުރެވިދާނެ ޛިކުރެކެވެ. އަދި ދުޢާ އެކެވެ.

ވީމާ، ޟުޙާ ނަމާދަށް ފަހުގައި ކިޔުމަށް އޮތް ޛިކުރެއް ގޮތުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަވެގެންވާ ލަފްޟެއް ކަމުގައި ނުވުމެވެ.

އެގޮތުން އެކަން ތަޙްޤީޤު ކުރައްވާ ޢިލްމުވެރިން މި ޛިކުރު ޟުޙާ ނަމާދަށްފަހު ކިޔުމަށް ޚާއްޞަ ކުރަން ޘާބިތު ނުވާކަމަށް ގިނަ ސަބަބުތައް ވިދާޅުވެއެވެ.

އަދި އެކަމުގައިވާ އެންމެ ޢަދުލުވެރި ޤައުލަކީ މިއީ ޢާންމު ޛިކުރެއްގެ ގޮތުގައި ވުމެވެ.

އެއާއެކު ދަންނައެވެ. ޙަދީޘްގައިވާ ޛިކުރު ކަމިގައިވާ اللَّهُمَّ اغفِرْ لي، وارْحَمْني، وتُبْ عليَّ، إنَّكَ أنتَ التوَّابُ الرحيمُ الغَفورُ ރޭގަނޑާއި ދުވާލުގެ އެންމެހައި ވަޤުތު ތަކެއްގައި ވެސް ޛިކުރު ކިޔޭނެ ކަމެވެ.

މިޢީ ޢާންމުކޮށް ކިޔޭނެ ޛިކުރެއް ކަމިގައިވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply