|

ޙައްޖުމަހުގެ ދިހަ ދުވަހުގައި ރޯދައަށް ހުރުން އޮތީ ކޮން ދުވަހެއްގައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙައްޖުމަހުގެ ދިހަ ދުވަހުގައި ރޯދައަށް ހުރުން އޮތީ ކޮން ދުވަހެއްގައި ކަމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ما مِن أيَّامٍ العملُ الصَّالحُ فيها أحبُّ إلى اللَّهِ من هذِهِ الأيَّام يعني أيَّامَ العشرِ قالوا : يا رسولَ اللَّهِ، ولا الجِهادُ في سبيلِ اللَّهِ؟ قالَ : ولا الجِهادُ في سبيلِ اللَّهِ، إلَّا رَجلٌ خرجَ بنفسِهِ ومالِهِ، فلم يرجِعْ من ذلِكَ بشيءٍ)

”ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑުގެންވާ މިފަދަ ދުވަސްތަކެއް ނުވެ އެވެ. ޔަޢުނީ ޙައްޖުމަހުގެ ދިހަ ދުވަހެވެ.

އެހިނދުގައި ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެންވެސް ތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެވެ. މީހަކު އޭނާގެ ނަފްސާއި އަދި މުދަލައިގެން ނުކުމެ، އެއިން އެއްވެސް އެއްޗެއް ހިފައިގެން އަނބުރާ ނާންނަ (ދުނިޔެ ދޫކޮށްފި) މީހާ ފިޔަވަ އެވެ.“ صحيح سنن أبي داود 2438

ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ޞާލިޙު ޢަމަލުގެ ތެރެއަށް ރޯދަ ހިފުން ޝާމިލްވެގެންވެ އެވެ. ސަބަބަކީ ރޯދައިގެ އަޅުކަމަކީ ހެޔޮ ޞާލިޙް ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއް ކަމުގައިވުމެވެ.

މި 9 ދުވަހުގެ ތެރެއިން އެންމެހައި ދުވަސްތަކަކީވެސް ރޯދަހިފުމަށް ނުހަނު ބޮޑަށް އެދެވިގެންވާ ދުވަސްތަކެއް ކަމުގައިވެ އެވެ. އެފަދައިން އުއްމަތުގެ އެތައް ބޭކަލުންނެއް އެކި އެކި ދަލީލުތަކުން ޛިކުރު ކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި ޞަޙާބީން، ތާބިޢީން އަދި އެއަށްފަހު އުއްމަތަށް ފާޅުވި އެކިއެކި ޖީލުތަކުގައިވި އިމާމުންނެވެ.

ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތައް ޙައްޖުމަހުގެ 9 ދުވަހުގައި ހިފުމަށް عُمَر بن الخطَّاب رضي الله عنه ވިދާޅުވެފައިވުމުން ބަޔާންވެގެންދަނީ މި ދުވަސްތަކުގައި ރޯދަހިފުމަށް އިރުޝާދު ދެވިގެންވާކަމެވެ.

ރިވާޔަތުގައިވެ އެވެ.

”ޙައްޖުމަހުގެ ދިހަ ދުވަހުގައި ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތައް ހިފުން މުޞްތަޙައްބުވެގެންވާކަމުގައި عُمَر رضي الله عنه ދެކެވަޑައިގަންނަވަ އެވެ. (އަދި ވިދާޅުވެ އެވެ.) ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތައް ހިފުމަށް މި ދުވަސްތަކަށްވުރެ ލޯބިކުރާ އެހެން ދުވަސްތަކެއްނުވެ އެވެ.“ ذكر الحافظ ابن كثير الشافعي : مسند الفاروق 1-281

الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ނުވަ ދުވަހުގައި ރޯދައަށް ހުރުމުގައި އެއްވެސް ކަރާހަތްތެރިކަމެއް ނުވެ އެވެ. އަދި ކިޔެއްތަ! މިދުވަސްތަކުގައި ރޯދައަށް ހުރުން ނުހަނު ގަދައަށް މުސްތަޙައްބުވެގެންވެ އެވެ. ޚާއްޞަކޮށް އެ ދުވަސްތަކުގެ ތެރެއިން ނުވަވަނަ ދުވަހެވެ. އެއީ ޢަރަފާތް ދުވަހެވެ. އެދުވަހުގެ ރޯދައިގެ މަތިވެރިކަން (ބަޔާންވެގެންވާ) ޙަދީޘްތައް އިސްވެ ބަޔާންކުރެވިއްޖެ އެވެ. އަދި (صَحِيح البُخَارِي) ގައި ޘާބިތުވެގެންވާ (ޙަދީޘްއެއްގައި) ވެ އެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.“

الحافظ الفَقِيه مُحب الدِّين الطَّبَرِي الشَّافِعِي رحمه الله (ت 694) ލިޔުއްވި ފޮތް غَايَة الإِحكَام فِي أَحَادِيث الأَحكَام ގައި ابن عَبَّاس رضي الله عنه ގެ ޙަދީޘް އަދި އެފަދަ އެހެނިހެން ޙަދީޘް ބަޔާންކުރެއްވުމަށްފަހުގައި ވިދާޅުވެފައިވެ އެވެ.

”ޛުލް-ޙިއްޖާ މަހުގެ ދިހަ ދުވަހުގައި ރޯދައަށް ހުރުން ޛިކުރުވެގެންވެ އެވެ. އަދި އެ ދުވަސްތަކުގައި ރޯދަ ހިފުމަށް ބާރުއެޅިފައިވާ ޞައްޙަ ޙަދީޘްތައް ވާރިދުވެގެންވެ އެވެ.“ غَايَة الإِحكَام فِي أَحَادِيث الأَحكَام رقم 8406

ابن عَبَّاس رضي الله عنه ގެ ޙަދީޘްގެ މައްޗަށް އިޝާރާތް ކުރައްވާ الإِمَام مُوفق الدِّين ابن قُدَامَة المَقدِسِي رحمه الله ވިދާޅުވެފައިވެ އެވެ.

”ޙައްޖުމަހުގެ ދިހަ ދުވަހުގައި ރޯދަހިފުން މުޞްތަޙައްބުވެގެންވެ އެވެ. އެއީ ابن عَبَّاس رضي الله عنه ރަސޫލާ ﷺ  އަރިހުން ރިވާކޮށްފައިވާ ފަދައިންނެވެ. (ما مِن أيَّامٍ العملُ الصَّالحُ فيهِنَّ أحبُّ إلى اللَّهِ من هذِهِ الأيَّام العشر …..)

”ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑުގެންވާ މި ދިހަ ދުވަސްފަދަ ދުވަސްތަކެއްނުވެ އެވެ….“

الكافي في فقه الإمام المبجل أحمد بن حنبل 1-362

މަޝްހޫރު ފިޤުހީ ހަތަރު މަޛްހަބުގައިވެސް ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދަހިފުމަކީ މުސްތަޙައްބު ޢަމަލެއްގެ ގޮތުގައި ބަޔާންވެގެންވެ އެވެ.

المذهَب الشَّافِعِي ގެ މަޝްހޫރު އިމާމް ކަމުގައިވާ أَبُو زَكَرِيا النووِي الشافِعِي رحمه الله ވިދާޅުވެފައިވެ އެވެ. ”ސުންނަތްވެގެންވާ (އަޅުކަންތަކުގެ ތެރޭގައި) ޢީދު ފިޔަވައި، ޛުލް-ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ރޯދަހިފުން ހިމެނެ އެވެ.“

روضة الطالبين 2-388

المذهَب المَالِكِي ގެ މަޝްހޫރު އިމާމް ابن رُشد القُرطُبِي رحمه الله ވިދާޅުވެފައިވެ އެވެ.

” ޛުލް-ޙިއްޖާ މަހުގެ ފުރަތަމަ (ނުވަ) ދުވަހު ރޯދަ ހިފުމަށް ބާރުއެޅިގެންވެ އެވެ. އަދި އޭގެ ތެރެއިންވެސް މިނާގެ ދުވަހު (ޙައްޖުމަހުގެ 8ވަނަ ދުވަހު) އަދި ޢަރަފާތް ދުވަހު (ޙައްޖުމަހުގެ 9ވަނަ) ދުވަހުގަ އެވެ.“ المقدمات الممهدات 1-242

المذهَب الحَنبَلِي ގެ މަޝްހޫރު އިމާމް ކަމުގައިވާ الفَقِيه علاء الدين المَردَاوِي الحنبَلِي رحمه الله ވިދާޅުވެފައިވެ އެވެ.

”ޛުލް-ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ރޯދަހިފުން މުޞްތަޙައްބުވެގެންވެ އެވެ. މިކަމުގެ މައްޗަށް އެއްވެސް ދެބަސްވުމެއްނުވެ އެވެ. އަދި (އެ ދުވަސްތަކުގެ ތެރެއިން އެންމެ) މަތިވެރިވެގެންވާ ދުވަހަކީ ނުވަވަަނަ ދުވަހެވެ.

އެ ދުވަހަކީ ޢަރަފާތް ދުވަހެވެ. އެއަށްފަހު އަށްވަނަ ދުވަހެވެ. އެއީ ތަރްވިޔަ ދުވަހެވެ. މިފަދައިން މަޛްހަބުގައިވެ އެވެ. އަދި (މަޛްހަބުގެ) އަހުލުވެރިންވެސް ވަނީ މިފަދައިންނެވެ.“

الإنصاف في معرفة الراجح من الخلاف 3-345

المذهَب الحَنَفِي ގެ މަޝްހޫރު އެއް ފޮތް ކަމުގައިވާ الفَتَاوى الهندية ގައި ބަޔާންވެގެންވެ އެވެ. ”ޛުލް-ޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދަހިފުން މުޞްތަޙައްބުވެގެންވެ އެވެ.“

الفَتَاوى الهندية 1-201

މިދުވަސްތަކުގައި އަޅުކަންތަކުގައި މަޝްޣޫލުވުމަށް ބާރުއެޅުންވެ އެވެ. ޚާއްޞަކޮށް ރޯދަހިފުންވެސްވެ އެވެ.

ވުމުން މި ނުވަ ދުވަސް (ޙައްޖުމަހުގެ 1 އިން ފަށައިން 9) ވަނަ ދުވަހާއި ޖެހެންދެން އެންމެހައި ދުވަސްތަކެއްގައިވެސް ރޯދައަށް ހުރުންވެ އެވެ.

ކޮންމެ ދުވަހެއް ރޯދައަށް ނުހުރެވޭ މީހާ އެމީހަކަށް ކުޅަދާނަވީ ވަރަކަށް ދުވަސްތަކުގައި ރޯދައަށް ހުރުންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply