އަލަށް އުފަންވާ ކުދިން ބޯބޭލުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގައި ދެބަޔަކަށް އަލިއަޅުވާލަމެވެ.

ފުރަތަމައީ : ކުޑަކުދިން ހަތް ދުވަހުން ބޯ ބޭލުމަށް އައިސްފައިވާ ޙުކުމް އެންމެ ފުރަތަމަ ބަޔާން ކުރަމެވެ.

ޢިލްމުވެރިން މި މައްސަލައިގައިވަނީ ޚިލާފްވަޑައިގެންފަ އެވެ. އޭގެ ތެރެއިން ބޮޑަށް ބުރަވެވެނީ، އެކަމުގައި ފިރިހެން ދަރިންނާއި އަންހެން ދަރިން ތަފާތެއް ނުވާކަމެވެ.

މިކަމުގައި ތަފާތެއް ނެތްކަމެވެ. އެކަމުގެ މައްޗަށް ދަލީލު ކުރެވޭ ދަލީލުތަކުގެ ތެރޭގައި :

  1. އަދި މި މާނައަށް ގަދަކަން ގެނެސްދެނީ، الإمَام عَبد الرزاق ގެ مصنف ގައި ރިވާކުރައްވާ ޙަދީޘްއިންނެވެ. (ޙަދީޘްގައިވެ އެވެ.) (أن فاطمة بنت النبي صلى الله عليه وسلم كانت لا يولد لها ولد إلا أمرت بحلقِ رأسِه، وأن تتصدقَ بوزنِ شعرِه فضةً) ”ހަމަކަށަވަރުން فاطمة بنت النبي صلى الله عليه وسلم ދަރިކަލެއް ރައްކައުވެވަޑައިގެންފި ހިނދުގައި، އެ ދަރިކަލެއްގެ އިސްތަށިފުޅު ބޭލުމަށާއި އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރުމަށް އަމުރުފުޅު ނުކުރައްވާ ފަހަރެއް ނުދެއެވެ.“

ބަޔާންވެގެންވާ ފަދައިން فاطمة بنت النبي صلى الله عليه وسلم އަށް ލިބިވަޑައިގެންނެވި ދަރިކަލުންގެ ތެރޭގައި : الحسن، الحُسين، أم كلثوم، زينب ހިމެނެ އެވެ. (މި ރިވާޔަތަކީ، އެ އިސްނާދުގައި ބަލިކަށި ކަމެއް ރިވާޔަތުގައި އޮތް ކަމުގައިވީނަމަވެސް، މި ރިވާޔަތް-އިސްތިއުނާސް- ) އަދި މި މާނައަށް ގަދަކަން ގެނެސްދެނީ އަންނަނިވި ރިވާޔަތުންނެވެ.

  1. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (النِّساء شقائق الرجال) ”އަންހެނުންނަކީ ފިރިހެނުންގެ އެއްބަޑު އެއްބަފާ ބައެކެވެ. –އެބަހީ : ޝަރީޢަތުގައި އިސްތިސްނާ ކުރެވިފައިވާ ކަންތައްތައް ފިޔަވައި، އެހެން ހުރިހައި ކަމެއްގައި އަންހެނުންނާއި ފިރިހެނުން ޙުކުމުގައި އެއްފަދަވެގެންވެ އެވެ.-”

ފަހެ، ފިރިހެނުންނަށް ޘާބިތުވެގެންވާ އެންމެހައި ކަންތައްތަކެއް އަންހެނުންނަށް ވެސް ޘާބިތުވެގެންވެ އެވެ. އަދި ޚާއްޞަކޮށް އެ ލަފްޟަކީ ޢާންމު ލަފްޟެއް ކަމުގައިވާނަމަ، ދެ ޖިންސުވެސް އޭގައި ޝާމިލްވެގެންވެ އެވެ. ޢާންމު ލަފްޟެއްގައި ވާރިދުވެގެންވާ ހިނދުގައި އެ ޙުކުމްއިން އަންހެނުން އެއްކިބާވެގެންވާކަމަށް ޘާބިތު ކުރުމަށް ދަލީލެއް ބޭނުންވާނެ އެވެ.

-މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ އަދި ޙުއްޖަތްތައްވެސް ވަރުގަދަ މައްސަލައެއް ކަމުގައިވެ އެވެ. މި ދަނޑިވަޅުގައި، މި މައްސަލަ މިވަރަށް ކުރުކޮށްލަމެވެ-

ވުމުން، މި މައްސަލައިގެ މައްޗަށް ބިނާކޮށް، ދެވަނަ ބަޔަށް ޖަވާބު ދެމެވެ.

ދެވަނަބައި : ބޯބޭލުމަށް ވާރިދުވެގެންވާ ބައެއް ލަފްޒު ތަކުގައި މިފަދައިން ވާރިދުވެގެންވެ އެވެ. އެއީ (مع الغُلامِ عَقيقَتُه؛ فأَهْريقوا عنه دَمًا، وأَمِيطوا عنه الأَذَى) ”….. ކުޑަކުއްޖާގެ ކިބައިން އުނދަގޫ ފިލުވުން ހުއްޓެވެ.“ ފަހެ، ޙަދީޘްގެ ލަފްޒުގައި، ވިހާއިރު ބޮލުގައިވާ އިސްތަށިތަކަކީ އުނދަގޫ އެއްޗެއް ގޮތުގައި ވުމުން އެއީ ދަރިއަށް މަންފާކުރާނެ، ދަތި ، އުނދަގުލަކުން ދުރުކޮށްދެނީކަން ދޭހަވެ އެވެ.

އަދިވެސް ބުނެވެ އެވެ. ބަނޑުގައި ގަރުބަގަނެ، އުފެދިގެން އައި ހިނދު، އެ އުފެދުމުގެ ތެރޭގައި ހިމެނިގެންވާ ޢަލާމާތެއްގެ ގޮތުގައި ބޮލުގެ އިސްތަށިތައްވެ އެވެ. އެހެންވުމުން، ކުއްޖާ ހެދި ބޮޑުވުމާއި، ހަރަކާތްތެރި ވުމަށް، ފާޅުވި ދުނިޔެވީ މަރުޙަލާއަށް އައިސް ބަނޑުގައި އޮތުމުގެ އެންމެހައި ޢަލާމާތްތަކެއް ފިލުވައި ލުމެވެ. މިއީ ދީނީ ބައެއް ޞިއްޙީ ޢިލްމުގެ އަހުލުވެރިން ޛިކުރުކޮށްފައިވާ ސަބަބެކެވެ.

އަދި އެއީ، އިސްތަށިގަނޑަށް އޮތް ރީތި ކަމެއްކަމާއި، ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައިވެސް ބުނވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts