|

އަންހެނުން ގޭގައި ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދު ކުރާއިރު އިމާމާ ހުންނާނީ ކޮންތާކު ތޯ؟

އެއްގޮތަކީ އަންހެނުންގެ ޖަމާޢަތެއްގައި އަންހެނަކު އިމާމްއަށް ޢައްޔަންވާ ޙާލަތެވެ. އެޙާލަތުގައި އަންހެން އިމާމް ހުންނާނެ ގޮތަކީ؛ އިމާމް ހުންނާނީ އަންހެނުންގެ ސަފުގެ މެދުގައެވެ. އެއީ ނަބިއްޔާ ﷺ ގެ އަނބިކަނބަލުން أُمُّ سَلَمَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެއެވެ.

(أم سلمة زوج النبي ﷺ تؤم النساء،تقوم معهن في صفهن)

(އެކަމަނާ) އަންހެނުންނާއެކު އިމާމްވެ ނަމާދު ކުރައްވައެވެ. އަދި ހުންނަވަނީ އަންހެން ކަނބަލުންގެ ސަފުގެ (ތެރޭގައި ސަފުގެ) މެދުގައެވެ. މި ޙަދީޘްް ޛިކުރު ކުރައްވައި الألباني (تمام المنة – 154) ވިދާޅުވެފައިވެއެވެ. إسناد صحيح

އަދި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެއެވެ. އަންހެން ކަނބަލުންނާއެކު އިމާމްވެ ނަމާދު ކުރައްވާހިނދު، އެކަނބަލުންގެ (ސަފުގައި) މެދުގައި ހުންނަވައެވެ.

ދެވަނަ ގޮތަކީ، ޖަމާޢަތުގައި ނަމާދު ކުރާހިނދު، އަންހެނުން އެ ޖަމާޢަތުގައި ބައިވެރި ވަނީއެވެ. އެއް އަންހެނުން ނުވަތަ ދެ އަންހެނުން ނުވަތަ އެއަށްވުރެ ގިނަ ޢަދަދަކަށެވެ. މި ޙާލަތުގައި ޢަމަލު ކުރާނީ، އަނބިމީހާ، އަންހެންދަރި، މަންމަ، ދައްތަ އެކުގައި ވީނަމަވެސް އަންހެން މީހާ ހުންނަން ޖެހޭނީ ފިރިހެންމީހާގެ ފަހަތުގައި ވަކި ސަފެއްގައެވެ. ޢިލްމުވެރިން އިއްތިފާޤު ވަޑައިގެންފައިވާގޮތުގައި ފިރިހެނާ އެއްހަމަ އެއްގައި ކަނައަތްފަރާތުގައި ހުރެގެން ނުވާނެއެވެ. މިފަދައިން ابن عبدالبَر، أبو الوليد ابن رشد، القاضي عياض، ابن رشد الحفيد، ابن تيمية އިއްތިފާޤު ނަޤުލު ކުރައްވާފައި ވެއެވެ.

Similar Posts

Leave a Reply