ފޭސް މާސްކު އަދި ރަބަރު އަންގި އަތަށް ލައްވައިގެން ހުރެ ނަމާދު ކުރެވިދާނެ ތޯ؟

ފޭސް މާސްކު އަދި ރަބަރު އަންގި އަތަށް ލައްވައިގެން ހުރެ ނަމާދު ކުރެވިދާނެ ތޯ؟

ފޭސް މާސްކު އަޅައިގެން އަދި ރަބަރު ގްލޯޥްސް ލައިގެން ނަމާދު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ވައިރަސް – ﷲ އަޅަމެންނާއި ތިޔަ އެންމެހައި ފަރާތްތައް މި ވަބާއިން ސަލާމަތްކުރައްވައި ރައްކާތެރި ކުރައްވާށިއެވެ. މި ވަބާ އެކިއެކި ތަންތަނުގައި ފެތުރިގެން ދިޔަ ދުވަސްތަކުގައި، ނަމާދުކުރާ ހިނދުގައި ވެސް މާސްކް އަޅައިގެން އުޅެން ޖެހުމުން އެކަމާއި ގުޅޭގޮތުން މަދީނާގައި އުޅުއްވާ ޢިލްމުވެރި ބޭފުޅެއް ކަމުގައިވާ ޑރ. الشيخ عَرَفَات المُحمدي – حفظه الله- އަރިހުގައި އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރެވުނެވެ.

ފަހެ ޝެއިޚްގެ ޖަވާބަކީ ” އެކަމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެފަދައިން ޢަމަލު ކުރުމަށް ޙާޖަތް މެދުވެރިވެފައިވުމެވެ”. އެހެންވުމުން ބަލީގެ ޙާލަތާއި ގުޅިގެން އެފަދައިން ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ.

Similar Posts

Leave a Reply