wudhoo geleyne tho
|

ކުރިމަތި ފަރާތް އަދި ފުރަގަސްފަރާތުގައި އަތްލެވުމުން(ބީހުމުން) ވުޟޫ ގެއްލޭނެތޯއެވެ؟

‎بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ކުރިމަތި ފަރާތް އަދި ފުރަގަސްފަރާތުގައި އަތްލެވުމުން (ބީހުމުން) ވުޟޫ ގެއްލޭ މައްސަލައިގައި ބުނަމެވެ.

މި މައްްސަލައަކީ، ޢިލްމުގެ އަހުލުވެރިންގެ މެދުގައި ވަރަށްބޮޑު ޚިލާފެއް އުފެދިފައިވާ އެއް މައްސަލައެވެ.

ޖުމްލަކޮށް މިތަނުގައި މައްސަލަ ބަޔާން ކުރަމެވެ.

ފުރަތަމަ ޤައުލު : މިއީ ޖުމްހޫރުންގެ ވެސް ޤައުލެވެ. އެއްވެސް ހުރަހެއްނުވާ ޙާލުގައި ބީހިއްޖެނަމަ މިކަމުގައި އޮތް ޞައްޙަ ޤައުލަކީ މިއެވެ. އެއީ އަމިއްލަ ފަރުޖުގައި ނުވަތަ އެހެންމީހެއްގެ ފަރުޖުގައި ބީހުނަސްމެ އެވެ. ދިރިހުރި ނުވަތަ މަރުވެފައިވާ ކުޑަކުއްޖެއް ނޫނީ ބޮޑުމީހެއް ވިޔަސްމެ އެވެ. އެ ޤައުލު ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެވެ. بسرة بنت صفوان رضي الله عنه ނަބިއްޔާ ﷺ ގެފަރާތްޕުޅުން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ”من مس ذكره فليتوضأ“ ”އެމީހެއްގެ ޒަކަރުގައި ބީހިއްޖެމީހާ ވުޟޫކުރާށެވެ.“ އިމާމް الترمذي (82) އަދި އެނޫންވެސް ޢިލްމުވެރިން މިޙަދީޘް ރިވާކުރައްވާފައިވެ އެވެ. الترمذي ވިދާޅުވެފައިއެވެ. މިއީ حديث حسن صحيح އެވެ.

ދެވަނަ ޤައުލަކީ : ކުރިމަތި ފަރާތް އަދި ފުރަގަސް ފަރާތުގައި ބީހުމުން ވުޟޫއެއް ނުގެއްލޭނެ ކަމުގައި ބުނެފައިވާ ބުނުމެވެ. މި ބުނުމުގެ މައްޗަށް ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި طلق بن علي ނަބިއްޔާ ﷺ އަރިހުގައި އެމީހެއްގެ ކުރިމަތި ފަރާތުގައި އަތްލާ މީހާ މެދުގައި ސުވާލު ކުރެއްވި އެވެ. އޭނާ ވުޟޫ ކުރަންޖެހޭނެ ހެއްޔެވެ؟ އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا ، إنما هو بضعة منك) ”ނޫނެކެވެ. (ވުޟޫ ކުރުމެއްނުވެ އެވެ.) އެވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގަ އެވެ. (އެބަހީ : އެހެން ގުނަވަންފަދަ ގުނަވަނެއް ކަމުގަ އެވެ.)“ އަދިވެސް މި ޤައުލުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. ފުރަތަމަ ޤައުލުގައި ބަޔާންކުރެވުނު بسرة بنت صفوان ގެ ޙަދީޘްއަކީ ބަލިކަށި ޙަދީޘެކެވެ. އެހެން ވުމުން އަޞްލަކީ ފާޅުވެެގެންވާ ޞަރީޙް ދަލީލެއް ބަޔާންވުމަށް ދާންދެން އެމީހެއްގެ ޠަހާރަތް ދެމިއޮންނާނެ ކަމެވެ.

ތިންވަނަ ޤައުލަކީ : ކުރިމަތި ފަރާތުގައި ޝަހުވަތާއެކު އަތްލައިފި މީހާގެ ވުޟޫ ގެއްލޭނެކަމެވެ. އެހެން ނޫނީ ނުގެއްލޭނެ އެވެ. ފަހެ، މި ޤައުލުގެ އަހުލުވެރިން ވިދާޅުފެވައިވާ ޙުއްޖަތްތަކުގެ ތެރޭގައިވެ އެވެ. ވިދާޅުވެ އެވެ. ފަހެ، އެހިނދު بسرة بنت صفوان ”ޛަކަރުގައި ބީހިެއްޖެ މީހާ ވުޟޫ ގެއްލޭނެކަން“

މި ޙަދީޘާއި އަދި طلق بن علي ގެ ޙަދީޘް ”އެއީ ތިބާގެ ހަށިގަނޑުގައިވާ ގުނަވަނެއް“ މި ދެޙަދީޘް ޖަމަޢަކޮށް، ދެ ހަދީޘްގެ މައްޗަށް ޢަމަލު ކުރެވޭ ބަސްކަމުގައިވުމެވެ.

ފަހެ، ދަލީލު ޖަމްޢު ކުރެވޭ ކަމުގައިވާނަމަ، އެފަދައިން ޢަމަލުކުރުން ވާޖިބުވެގެންވެ އެވެ.

މަންސޫޚު ޙުކުމަށް އަދި ވަކި ޤައުލެއް ޞައްޙަވެ އަނެއް ޤައުލު ޞައްޙަ ނޫން ކަމަށް ބުނުމުގެ ބަދަލުގައި ޢަމަލު ކުރުން އޮތީ މިފަދައިންނެވެ. ސަބަބަކީ އެހިނދު ދެ ދަލީލަށްވެސް ޢަމަލު ކުރެވުމެވެ. މިކަމަށް ބާރު ލިބެނީ ނަބިއްޔާގެ ބަސްފުޅު ކަމުގައިވާ (لا ، إنما هو بضعة منك) ”ނޫނެކެވެ. (ވުޟޫ ކުރުމެއްނުވެ އެވެ.) އެވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގަ އެވެ. (އެބަހީ : އެހެން ގުނަވަންފަދަ ގުނަވަނެއް ކަމުގަ އެވެ.)“

އެހެނީ، ތިބާގެ ޛަކަރުގައި ޝަހުވަތެއްނެތް ގޮތުގައި ބީހެއްޖެހިނދު ތިބާ ހަށިގަނޑުގެ އެހެން ގުވަނަވެއްގައިވެސް ބީހުމާއި އެއްފަދަ ވުމެވެ. އެހިނދު ވުޟޫ ނުގެއްލޭނެ އެވެ. އަދި ޝަހުވާތާއި އެކުގައި ބީހިއްޖެހިނދު ވުޟޫ ގެއްލޭނެ ކަމެވެ. ޝަހުވަތުގެ ނިޔަތް އޮވެ ބީހިއްޖެހިނދު ވުޟޫ ގެއްލޭނެ އެވެ.

ވުޟު ކުރުން ވާޖިބުވާނެ އެވެ. އަދި ހަމައެފަދައިން ބައެއް ޢިލްމުވެރިން (މި ދެޙަދީޘް ޖަމްޢު ކުރައްވާ ވިދާޅުވެފައިވެ އެވެ. ) ވިދާޅުވެފައިވަނީ سرة بنت صفوان ”ޛަކަރުގައި ބީހިއްޖެ މީހާ ވުޟޫ ގެއްލޭނެކަން“

މި ޙަދީޘްގެ މުރާދަކީ ވުޟޫ ކުރުން މުސްތަޙައްބުގވެގެންވުމެވެ.

ފަހެ، އެހިނދު އެއީ، އެފަދައިން ވުޟޫ ކުރުމުން އަޖުރުލިބޭނެ އަޅުކަމެއް ކަމުގައިވެ އެވެ. އަދި އެންމެ ރައްކާތެރި ގޮތުގައިވެސް ދެމިހުރެވުނީ އެވެ. އަދި طلق بن علي ގެ ޙަދީޘް ”އެވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގަ އެވެ.“ ނަފީ ކޮށްފައިވަނީ ވާޖިބުވެގެންވުމެވެ.

ހަތަރުވަނަ ޤައުލަކީ : މި ޤައުލަކީ شيخ الإسلام އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ. އެއީ ޛަކަރުގައި (ކުރިމަތި ފަރާތުގައި) ބީހެއްޖެމީހާ އެންމެހައި ޙާލަތްތަކެއްގައި ވުޟޫ ކުރުން މުޞްތަޙައްބުވެގެންވާކަމެވެ. ޝަހުވަތާއި އެކު ނުވަތަ ޝަހުވަތެއްނެތް ކަމުގައި ބީހުނު ކަމުގައިވީނަމަވެސް އެވެ.

ފަސްވަނަ ޤައުލެވެ. އެއީ ޤަޞްތުގައި އެނގިހުރެ ބީހެއްޖެނަމަ ވުޟޫ ގެއްލޭނެ އެވެ. އެހެނަސް ޤަޞްދެއްނެތި ނޭނގި އަތްލުމަކުން ވުޟޫ ނުގެއްލޭނެ އެވެ. މިޘާލަށް ފެންވަރައި، ޠާހިރު ވުމަށްފަހު ފެން ފޮހެނިކޮށް ގުނަވަނުގައި އަތް ބީހުމެވެ. ޤަޞްދެއް އަދި އެކަމަށް ނިޔަތެއްވެސް ނެތެވެ. މިފަދަ ޙާލެއްގައި ވުޟޫ ނުގެއްލޭނެ ކަމެވެ.

ފަހެ، މި އެންމެހައި ޤައުލުތަކާއި، އަދި ޢިލްމުވެރިން ޛިކުރު ކުރައްވާފައިވާ ބަސްފުޅުތަކަށް ބަލާހިނދު، އެމީހެއްގެ ކުރިމަތި ފަރާތުގައި ބީހިއްޖެ މީހާ ވުޟޫ ކުރުން މުޞްތަޙައްބުވެގެންވެ އެވެ. އަދި ޝަހުވާތާއެކު ބީހިއްޖެ މީހާ ވުޟޫ ގެއްލި އެނާ ވުޟޫ ކުރުން ވާޖިބުވެގެންވުން ނުހަނު ބާރުގަދަ ބުނުމެއްކަމުގައިވެ އެވެ. ފަހެ، ރައްކާތެރި އަޥްލާވެގެންވާ ގޮތަކީ ވުޟޫ ކުރުމެވެ.

މި މައްސަލައިގައި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ العلامة ابن العثَيمِين- رحمه الله- ދެކިވަޑައިގަންނަވަނީ، ކުރިމަތި ފަރާތުގައި ޝަހުވަތާއި އެކު ބީހިއްޖެ މީހާގެ ވުޟޫ ގެއްލޭނެ ކަމެވެ. އަދި ޝަހުވަތެއް ޤަޞްދެއްނެތި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ. بلوغ المرام (1/259)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply