|

އެކި ބާވަތްތަކުގެ ލެއާއި މެދުގައި ޢަމަލު ކުރާނީ ކިހިނެއް ތޯއެވެ؟

އެކި ބާވަތްތަކުގެ ލެއާއި މެދުގައި ޢަމަލު ކުރާނީ ކިހިނެއް ތޯއެވެ؟ އަދި މަދިރިއެއް ނުވަތަ އެފަދަ އެހެންވެސް އެއްޗެއްގެ ލޭ ހަށިގަނޑުގައި ޖެހިއްޖެނަމަ ވުޟޫ ގެއްލޭނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލަށް ޖަވާބު ދިނުމަށް ލެއާއި ގުޅިފައިވާ ޙުކުމްތައް ބަޔާންކުރަމެވެ. ފަހެ، އެހިނދު އެކި ބާވަތްތަކުގެ ލެއާއި މެދުގައި މުޢާމަލާތް ކުރާނެ ގޮތުގެ ޙުކުމް ބަޔާން ވެގެންދާނެއެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި ފިޤުހު ޢިލްމުވެރިޔާ الإمام العلامة مُحمَّد ين صَالح العُثَيمِين- رحمه الله- ވިދާޅުވެފައިވެއެވެ.

“ލޭ ތިން ބާވަތަކަށް ބެހިގެންދެއެވެ”.

ފުރަތަމައީ: ނަޖިސް ލޭ ގޮތުގައިވެ، އެ ލޭގެ އެއްވެސް މިންވަރެއް ޢަފޫވެގެންނުދާނެ ލެއެވެ. އެއީ ދެ ދޮރުން ކުރެ ދޮރަކުން ބޭރުވާ އެންމެހައި ލެއެވެ. އަދި އެތަކެތީގައި އޮހޮރިގެންދާ ލޭ ހުރުމާއި އެކު އެތަކެތި ކެއުން ޙަރާމްވެގެންވާ ތަކެތީގެ ލެއެވެ. އެގޮތުން މީދާ އަދި ޙިމާރުގެ ލެއެވެ. އަދި ހަމައެފަދައިން އެ ޖަނަވާރު ކަތިލައިގެން މެނުވީ ކެއުން ޙަލާލުވެގެން ނުވާ ތަކެތީގެ ލެއެވެ. (އެބަހީ މި އެންމެހައި ލެއަކީ ނަޖިސްލޭ ކަމުގައިވެ އެ ލޭގެ އެއްވެސް މިންވަރެއް ޢަފޫވެގެން ނުވެއެވެ.)

ދެވަނައީ: ނަޖިސް ލެއެވެ. އެހެނަސް އޭގެ ކުޑަ މިންވަރު ޢަފޫވެގެންވެއެވެ. އެއީ އާދަމު ދަރިންގެ ލެއާއި އަދި މަރުވެފައިވާ ތަކެތީގެ ލެއެވެ. މި ޖިންސުން އިސްތިސްނާވެގެންވަނީ ޝަހީދުވެގެންދާ މީހާގެ ލެއެވެ. އަދި ޝަރުޢީގޮތުން ކަތިލެވިފައިވާ ޖަނަވާރުގެ ހަށިގަނޑުގައި އޮހޮރިގެންދާ ލެއަށްފަހުގައި އެއަށްފަހު ހަށިގަނޑުގައި ބާކީ ހުންނަ ލެއެވެ. ސަބަބަކީ އެ ހައިވާނަކީ (ކަތިލުމަށް ފަހުގައި) އެހިނދު ޠާހިރު އެއްޗެއް ކަމުގައިވާތީއެވެ.

ތިންވަނައީ: ޠާހިރުވެގެންވާ ލެ އެވެ. އޭގެ އެކި ބާވަތްތައްވެއެވެ.

1- މަހުގެ ލެއެވެ. ސަބަބަކީ މަރުވެފައިވާ މަހަކީ ޠާހިރު އެއްޗެކެވެ.

2- އޮހޮރިގެންދާ ލޭ ނުހުންނަ ތަކެއްޗެވެ. އެގޮތުން މަދިރި، މަކުނު (ތަތްމަކުނު) އަދި މެހިފަދަ ތަކެއްޗެވެ. މިފަދަ އެއްޗެއްގެ ލޭ ހެދުމުހައި އުގުޅިފައި ހުރިކަމުގައި ވީނަމަވެސް އެއީ ޠާހިރު އެއްޗެކެވެ. ދޮވުން ވާޖިބެއް ނުވާނެއެވެ.

މިކަމަށް ދަލީލުކުރެވެނީ އެއީ މިފަދަ ސޫފިތަކަކަކީ އެ މަރުވުމަށްފަހުގައި ވެސް ޠާހިރި ތަކެއްޗެއް ކަމުގައި ވުމެވެ. ސަބަބަކީ ނަބިއްޔާ صلّى الله عليه وسلّم ގެ ޙަދީޘްފުޅުގައި ވުމެވެ. (إِذا وَقَع الذُّبابُ في شرابِ أحدكم، فلْيَغْمِسْهُ، ثم لينزِعْهُ، فإِن في أحد جناحَيه داء، وفي الآخر شفاء) “ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ތަށްޓަށް މެއްސެއް ވެއްޓިއްޖެހިނދު، ފަހެ، އޭގެ ތެރެއަށް އެ ގަންބާލުން ހުއްޓެވެ. އެއަށްފަހު ނަގާލާށެވެ. ފަހެ، ހަމަކަށަވަރުން އޭގެ އެއް ފިޔަގަނޑުގައިވަނީ ބައްޔެވެ، އަދި އަނެއް ފިޔަގަނޑުގައިވަނީ ފަރުވާއެވެ”.

އެ ތަށިގެ ތެރޭގައިވަނި ހޫނު އެއްޗެއް ކަމުގައިވެއްޖެހިނދު އެ ސޫފި ގަންބާލުމުން އެ މަރުވުން ލާޒިމް ކުރެއެވެ. ފަހެ، އެއީ ނަޖިސް އެއްޗެއް ކަމުގައިވާނަމަ، އެ ތަށިގައިވާ ދިޔާތަކެތި ވާނީ ނަޖިސްވެފައިއެވެ. އަދި ޚާއްޞަކޮށް އެއި ކުޑަ ތައްތެއް ކަމުގައިވާނަމައެވެ.

ތިންވަނައީ: ކަތިލެވޭ އެތީގައި، ކަތިލުމަށްފަހުގައި ހުންނަ ލެއެވެ. އެގޮތުން އޭގަ ނާރުތަކުގައި އަދި ހިތުގައި ނުވަތަ ޗިސްމޭގައި އަދި މޭގައި ހުންނަ ލެއެވެ. މިއީ އޭގެ މިންވަރު މަދުވި ނަމަވެސް އަދި ގިނަވި ކަމުގައިވިނަމަވެސް ޠާހިރު ލެއެވެ.

ހަތަރުވަނައީ: ޝަހީދެއްގެ ގޮތުގައި މަރުވާ މީހާގެ ލެއެވެ. ފަހެ، އެގޮތުން ނަބިއްޔާ صلى الله عليه وسلم ޝަހީދުންގެ ހަށިގަނޑުގައިވާ ލޭ ދޮވެ ހިނެވުމަށް އަމުރުފުޅު ނުކުރައްވައެވެ. ފަހެ، އެއީ ނަޖިސް ކަމުގައިވާނަމަ ދޮވުމަށް ނަބިއްޔާ އަމުރުފުޅު ކުރެއްވިއެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply