rulhi control

ރުޅިވެރިކަމުގެ ނުބައިކަމާއި ޙިލްމުވެރިކަމުގެ މާތް މަތިވެރިކަން

ޞަޙާބީ أبي سعيد الخدري رضي الله عنه ނަބިއްޔާ ﷺ އަރިއަހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. (ވިދާޅުވި އެވެ.) أشجِّ عبد القيس އަށް ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ. (إنَّ فيك لخصلتين يحبُّهما الله : الحِلْم والأَنَاة) ”ތިބާގެ ހަށިގަނޑުގައި ﷲ ލޯބިވެވޮޑިގަންނަވާ ދެ ސިފައެއްވެ އެވެ. الحِلْم އަދި الأَنَاة އެވެ.“ إمام مسلم ١٨ ޞަޙީޙުގައި މި ޙަދީޘް ރިވާކުރެއްވި އެވެ.

އަދި أبي هريرة رضي الله عنه ގެ އަރިއަހުން صحيح البخَاري އަދި مسلم ގައި ރިވާކުރެވިގެންވެ އެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (ليس الشَّديد بالصُّرَعَة، إنَّما الشَّديد الذي يملك نفسه عند الغضب) ”ބާރުގަދަ ގަދަފަދަ މީހަކީ ބަނޑުމުސާރައަށް ހިފައި އަނެކާގެ މައްޗަށް ގަދަވެގަންނަ މީހާއެއް ނޫނެވެ. އެހެނަސް ބާރުގަދަ ގަދަފަދަ މީހާއަކީ ރުޅިއަންނަހިނދު އޭނާގެ ނަފްސު ހިފަހައްޓާ މީހާ އެވެ.“

ابن بطَّال رحمه الله ވިދާޅުވެފައިވެ އެވެ. ”ރުޅިވެރިކަމުގައި މީސްތަކުންނަށް މަޢާފުދޭ އަހުލުވެރިންނަށް ﷲ ވަނީ މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފަ އެވެ. އަދި އެބައިމީހުންނަށް ޘަނާގެ ބަސްފުޅު ބާވައިލެއްވި އެވެ. އަދި އެ އިލާހުގެ ޙަޟުރަތުގައިވާ ތަކެތި އެބައިމީހުންނަށް މި ދުނިޔޭގެ އުފަލާއި ޒީނަތަށްވުރެ ހެޔޮކަންބޮޑުވެގެންވާ ކަމުގައި ވަޙީކުރެއްވި އެވެ. އަދި ރުޅި މަތަކޮށް، މީސްތަކުންނަށް ޢަފޫކޮށްދޭ އަހުލުވެރިންނަށް ﷲ ޘަނާގެ ބަސްފުޅު ބާވައިލެއްވި އެވެ. އަދި އެބައިމީހުން އެގޮތުގައި ޤާއިމްވެދެމިތިބުމުގެ ސަބަބުން އެބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާ ކަމުގައި ޚަބަރުދެއްވާފައިވެ އެވެ.“ شرح صحيح البخاري  ٩/ ٢٩٦

ابن عبد البر رحمه الله ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘްގައި ފިޤުހީ ގިނަ ކަންތައްތަކެއް އެކުލެވިގެންވެ އެވެ. (އޭގެ ތެރޭގައި) ޙިލްމުވެރިކަމުގެ މާތް މަތިވެރިކަމެވެ. އަދި މި ޙަދީޘްގައި ޙިލްމުވެރިކަމަކީ އެއީ ރުޅި މައިތިރިކުރުން ކަމުގައި ދަލީލު ކުރެވެ އެވެ. އަދި ބުއްދިވެރިއަކީ ރުޅިއަންނަހިނދު އޭނާގެ ނަފްސު ކޮންޓްރޯލް ކޮށްގަންނަ މީހާ އެވެ.“ التمهيد ٦/٣٢٢

Similar Posts

Leave a Reply