ފާހާނާ ތެރޭގައި ހުރެ ވުޟޫ ދުޢާ ކިޔުމުގެ ޙުކުމަކީ ކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވުޟޫ ކުރުމަށް ފަހު ފާހާނާ ތެރޭގައި ހުރެ ވުޟޫ ދުޢާ ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ޤަޞާޙާޖަތް ކުރެވޭ ތަނުގައި ﷲ ހަނދުމަކުރުން ނުވަތަ ދުލުން ޛިކުރު ކިޔުން ކަރާހާތްތެރިވެގެންވާ ޢަމަލެއްގެ ގޮތުގައި ވިދާޅުވެ އެވެ. އެއީ، ﷲ މަތިވެރި އަދި މާތްވަންތަ ކުރުމަށްޓަކަ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
”އިސްލާމް ދީނުގެ އަދަބު ތަކުގެ ތެރޭގައި އިންސާނާ އޭނާ ޤަޞާހާޖަތް ކުރަން ވަންނަހިނދު، ފާހާނައަށް ވަންނަހިނދު (ވަނުމުގެ ކުރިން) އޭނާގެ ރައްބު ޛިކުރުކުރުން ހުއްޓެވެ. އެ ގޮތުން اللهم إني أعوذ بك من الخبث والخبائث ކިޔުންވެ އެވެ. އަދި ވަނުމަށްފަހުގައި ޛިކުރު ކުރުމެއް ނުވެ އެވެ. އަދި ކިޔެއްތަ! އޭނާއަށް އޮތީ އެތާނުގެ ތެރެއަށް ވަނުމާއކު ހަނު ހުރުމެވެ. (އެބަހީ ޛިކުރު ކުރުން އެއްކިބާވެ ހުރުމެވެ.) فتاوى اللجنة الدائمة 5-93
މިތަނުގައި ފާހާނާ ތެރޭގައި ދުޢާ ކިޔުމަށް ޙާޖަތް ޖެހިފައެއް ނުވެ އެވެ. ސަބަބަކީ ފާހާނާއިން ނިކުމެ ދުޢާ ކިޔުމުގެ ވަޤުތު އަދި ފުރުސަތު އޮތުމެވެ.
ވުމުން ނަޞޭޙަތްތެރިވަނީ އަދި އިރުޝާދު ދެނީ ފާހާނާއިން ނިކުމެ، އެއަށްފަހުގައި ވުޟޫ ދުޢާ ކިޔުމެވެ.
ވުޟޫ ދުޢާގެ މައްޗަށް ބުނަމެވެ. މި މަޤާމުގައި ކިޔުމަށް އެކި އެކި ލަފްޒުތަކަށް ވާރިދުވެގންވެ އެވެ. އެ ރިވާޔަތްތަކުގެ ތެރޭގައި :
1. أشْهَدُ أنْ لا إله إِلاَّ اللَّهُ وَحْدَهُ لا شَرِيك لَهُ ، وأشْهَدُ أنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ ، سُبْحانَكَ اللَّهُمَّ وبِحَمْدِكَ ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ ، أسْتَغْفِرُكَ وأتُوبُ إِلَيْكَ
2. އިމާމް مسلم ޞަޙާބީ عمر بن الخطاب رضي الله عنه ގެ އަރިއަހުން ރިވާކޮށްފައިވެ އެވެ. ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކޮށް، އެ ވުޟޫ ފުރހަމައަށްކޮށް -އަވަދި ވުމަށްފަހު- މި ދުޢާ ކިޔައިފިހިނދު أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ސުވަރުގޭގެ 8 ދޮރުކޮޅު އޭނާއަށްޓަކައި ހުޅިވިގެންދެ އެވެ. އަދި އޭނާ އެދޭ ދޮރަކުން ވަދެވޭނެތެވެ.“
މި ރިވާޔަތަށް އިމާމް الترمذي އިތުރު ލަފްޒެއް -ޖުމްލައެއް- ގެންނަވާފައިވެ އެވެ. އެއީ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ .
އެހެން ވުމުން މާނައީ މި ދުޢާ :أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ މިފަދައިން ކިޔައި ފުރިހަމަ ކުރުމެވެ
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.