ރަން ކިޔުމުން އެއްވެސް ކަމެއް ޙަލާލުވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަންހެނަކަށް ކައިވެންޏަށް ރަން ކިޔުމަކީ އެއްވެސް ކަމެއް ހަލާލުވާނެ ސަބަބެއް ނޫނެވެ.

ކައިވެނި ކޮށްފުމަށް ދާންދެން އެ ދެމީހުންނަކީ ހިލޭ އަންހެނަކާއި ހިލޭ ފިރިހެނެކެވެ. އަންހެން މީހާއަކި ފިރިހެން މީހާއަށް ހަރާމް އަދި ފިރިހެން މީހާއަކީ އަންހެން މީހާއަށް ޙަރާމްވެގެންވާ ފިރިހެނެކެވެ.

އެކަކު އަނެކަކުގެ ކިބައިން އުފަލާއި އަރާމް ލިބިގަތުމަކީ ﷲ ތަޢާލާ ލައްވާފައިވާ ހައްދުފަހަނައަޅައި ދިއުމުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.

ރަން ކިޔުމަށްފަހު، ދެމީހުން ވަކިން ޗެޓް ކުރުމާއި މެސެޖް ފޮނުވައި ފޯނުކޮށް ގުޅައި ހެދުމަކީ، މިއަދު ޢާންމުވެފައިވާ މި ޢަމަލަކީ ﷲ އަށް އުރެދިގެންދާ އުރެދުންތަކެވެ. ފާފަ އުފުލާނެ ޢަމަލުތަކެވެ.

ދަންނަ އެވެ! ރަންކިޔަފައިވައި ބުނެ، އަންހެން މީހާ އާއި ފިރިހން މީހާ ވަކިން ބައްދަލުކޮށް އެހެން މީހުންގެ ކިބައިން ވަކިވެ ގަތުމަކީ ބޮޑުވެގެންވާ ހަރާމް އަދި ފާޙިޝް ޢަމަލެކެވެ.

ހަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(من كان يؤمن بالله واليوم الآخر فلا يخلون بامرأة ليس معها ذو محرم منها، فإن ثالثهما الشيطان)

” ﷲ އާއި އާޚިރަތްދުވަހަށް އީމާންވެގެން ހުރި މީހާ (ދަންނާށެވެ.). ފަހެ، އެމީހަކު އެ އަންހެނެއްގެ މަޙްމަރެއް އެ އަންހެނަކާއި ނުވާ ޙާލު، އެއަންހެނަކާ އެކަރިނުވާށެވެ. ހަމަކަށަވަރުން އެ ދެމީހުންގެ ތިންވަނަ ފަރާތެއްގެ ގޮތުގައިވަނީ ޝައިޠާނާ އެވެ.“ الألباني في غاية المرام، صحيح 180

ކަނޑައެޅިގެން ޝައިތާނާ އެ ދެމީހުންނާ އެކުގައި ވާނެ ކަމުގައި ޙަދީޘްގައިވެ އެވެ. ފަހެ، ކައިވެނީގެ ކުރިން މިފަދައިން ލައްޒަތް ހޯދައި އަރާމާއި އުފާ ލިބިގަތުމުން، ކައިވެނީގެ ބަރަކާތާއި ގުޅުމާއި ހެޔޮ ޙަޔާތެއްގެ ޙާޞިލްވުމާއި މެދުގައި އެއަށްފަހު ބުނާނީ ކީކޭ ތޯ އެވެ؟

މިތަނުގައި ބައެއް މީހުންނަށް ވިސްނިފައިވާ ކުށް ހީހެއް ޛިކުރު ކުރަމެވެ. ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު ޑރ. الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ .

”އަދި އެކަހެރިވެވޭ (ޚަލްވާވުން) ވަޤުތުގައި އެތަނުގައި ޢުމުރުގެ ގޮތުން ބޮޑު މީހަކު ހުރުން ލާޒިމްވެގެނެވެ އެވެ. ކުޑަކުއްޖަކު ހުރުމަކުން ނުފުދޭނެ އެވެ. ބައެއް އަންހެނުންނަށް ވިސްނިފައިވާ ގޮތުން އަންހެންމީހާ އެކީގައި ކުޑަކުއްޖެއް ހުރުމުން ޚަލްވާ ވުން ކަމުގައި ނުވާނެ ކަމަށް ދެކުމަކީ، ކުށްހީ އެކެވެ.“

ކައިވެނި ކޮށްފުމަށް ދާންދެން ދެމީހުންގެ މައްޗަށް އޮތީ މި ޙުކުމެވެ. އެއީ ހިލޭ ދެމީހުންގެ ގޮތުގައިވުމެވެ.

ބުއްދިއަށް ވިސްނައިފިހިނދު އެބައެއްގެ ހެޔޮ ކަމާ އެވެ! ވަކިން މެސެޖް ކުރުމުގެ ނަތީއްޖާއަކީ ކޮބައި ހެއްޔެވެ؟ ބައްދަ ކުރުމެވެ. ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެކަކު އަނެކަކުގެ ފަރާތުން ޙަރާމްވެގެންވާ އަރާމް ހޯދުމެވެ. އެ ގެންގޮސްދެނީ ހަށިގަނޑުގައި އަތްލުމާއި ހަށިގަނޑުން ފާޙިޝް ޢަމަލުގެ ތެރެއަށް ދިއުމެވެ. ކިތައް ފަރާތް މިފަދައިން ޢަމަލުތައް ހިންގައި ކައިވެނީގެ ކުރިން މާބަނޑުވެފައިވޭ ހެއްޔެވެ؟ އޭގެ އިތުރަށް އެ އެންމެހައި ފާފަވެރި ޢަމަލުގެ ކޮށް އެއަށްފަހު ޝައިތާނާ މަގުދައްކައިދޭނީ ބަނޑުގައިވާ ދަރި ވައްޓާލުމަށެވެ. އެއްފާފައިން އަނެއް ފާފައަށް ގެންގޮސް ޝައިޠާނާއި ކަސްތޮޅުގައި އަޅުވައި އިންސާނާ އެތައް ނުބައި ޢަމަލުތަކަށް ގެންގޮސްދޭނެ ކަމީ ބުއްދިވެރިންނަށް އިނގޭނެ ކަމެކެވެ.

ދަރި ވެއްޓުމުގެ ވަސްވާހުން ކުރިއަށް ނުދިޔަހިނދު، އަންހެން މީހާއާ އަވަހަށް ކައިވެނި ކުރުމެވެ. އެހިނދު ކައިވެނި ކޮށްފައިވަނީ އޮޅުވާލުމާއި މަކާރާއި ޒިނޭގެ ދަރިއަށް ބަޑުގައި އޮއްވަ އެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކުން ދަލީލުތަކުގެ މައްޗަށް ޞައްޙަ ނޫން ކައިވެޏްގެ މައްޗަށް ކަމުގައި އެއަށްފަހުގައި ޝައިޠާނާ ވިސްނުވައިދޭނެ އެވެ. ދެން އެމީހަކަށް އެއިން ސަލާމާތްވާނެ ގޮތެއް ނޭނގި އެތަކެއް ނުރައްކަލެއްގެ ތެރެއަށް ޝައިތާނާ އޭނާ ގެންގޮސްދޭނެ އެވެ.

އަޚާ އެވެ! މި ފަދަ ގުޅުންތައް އަދި ކައިވެނީގެ ކުރިން ހިންގާ މިފަދަ ޢަމަލުތަކާއި މިއަދު ކާފަރުން އަންހެނެއް ހޯދައި އެންގޭޖް ކޮށްފައޭ ބުނެ ކުރާ ޢަމަލުތަކާއި ހިންގާ ގުޅުންތަކާއި ތަފާތަކީ ކޮބައި ހެއްޔެވެ؟

އެންގޭޖް ވުމަށްފަހު، ގުޅުން ހިންގައި، ދަރިން ހޯދައި އެތައް ދުވަސްތަކަށްފަހުގައި މެނުވީ ކައިވެންޏެއް ނުކުރެ އެވެ.

ވުމުން މި ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ.

ފަހަރެއްގައި މީހަކު ސުވާލުކޮށްފާނެ އެވެ.

ކައިވެންޏާ އެހެނިހެން ކަންތަކާއި މެދުގައި ވާހަކަ ދައްކާނީ ކިހިނެތް ހެއްޔެވެ؟

ބުނަމެވެ. ފިރިހެން ކުއްޖާގެ ޢާއިލާ އަދި އަންހެން ކުއްޖާގެ ޢާއިލާ އެއްތަންވެ، ކައިވެންޏާ ގުޅޭ ކަންކަމުގައި މަޝްވަރާ ކުރުމުގެ ދޮރެއް ބަންދެން ނުވެ އެވެ. މަޙްރަމުންނާ އެކުގައި ވާހަކަ ދެއްކޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply