ނަބިއްޔާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، މިފަދައިން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
މާތް ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅު އިތުރުވެގެންވާ ޞަލަވާތަކީ އިބްރާހީމީ ޞަލަވާތް ނުވަތަ “ޞަލާތް އިބްރާހީމިއްޔާ” ގެ ގޮތުގައި ނަން ދެވިފައިވާ ޞަލަވާތެވެ.
މަދީނާގައި މިއަދު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ގޮތުގައިވާ އެއް ޢިލްމުވެރިޔާ الشيخ عَبد المُحسِن العبَّاد )حفظه الله( ވިދާޅުވެފައިވެއެވެ.
“ނަބިއްޔާ ﷺ އަށް ކިޔޭ އެންމެ ހެޔޮ ޞަލަވާތަކީ އިބްރާހީމީ ޞަލަވާތެވެ. އެ ޞަލަވާތަކީ އެނަބިއްޔާގެ ޞަޙާބީން ނަބިއްޔާ ﷺ ގެ އަރިއަހުން ނަބިއްޔާއަށް ޞަލަވާތް ކިޔެވުންއޮތީ ކިހިނެތްތޯ ސުވާލު ދެންނެވުމުން އެބައިމީހުންނަށް އުގަންނައި ދެއްވި ޞަލަވާތެވެ. މި ޞަލަވާތް އެތަކެއް ލަފްޒުތަކަކުން ޞަޙާބީންގެ ޖަމާޢަތެއްގެ ފަރާތުން ވާރިދުވެގެން އައިސްފައިވެއެވެ.
ހުރިހައި ގޮތަކުން އެންމެ ހެޔޮ ޞަލަވާތަކީ އެ ޞަލަވާތުގައި ނަބިއްޔާ ﷺ އަދި ނަބިއްޔާ ﷺ ގެ އާލުން އަދި އިބްރާހީމް عليه السلام އަދި އިބްރާހީމް عليه السلام ގެ އާލުން އެ ޞަލަވާތެއްގައި ޖަމަޢަ ކުރެވިފައިވާ ޞަލަވާތެވެ. صحيح البخاري (3370) އައިސްފައިވާ ގޮތުގައި عبد الرحمن ابن أبي ليلى ވިދާޅުވެފައިވެއެވެ. “އަހަރެންނާއި كعب بن عجرة ) رضي الله عنه( ބައްދަލުވިއެވެ. އަދި ވިދާޅުވިއެވެ. ނަބިއްޔާ ﷺ ގެ އަރިއަހުން އަހަރެން އަޑުއެހި ހަދިޔާއެއް ދެންތޯއެވެ. އަހަރެން ދެންނެވީމެވެ. އާދޭހެވެ. ހަދިޔާ އަޅުގަނޑަށް ދެއްވާށެވެ. އެހިނދު ވިދާޅުވިއެވެ. އަހަރުމެން ނަބިއްޔާ ﷺ އަރިއަހުން ސުވާލު ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ތިޔަ އަހުލުބައިތުންނަށް ޞަލަވާތް ކިޔުންއޮތީ ކިހިނަކުންތޯއެވެ.
އެހެނީ الله އަހަރެމެންނަށް ސަލާމް ގޮވަންވީ ގޮތް އުގަންނަވައި ދެއްވިއެވެ. ރަސޫލާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. ތިޔަބައިމީހުން މިފަދައިން ކިޔާށެވެ.
اللهم صلّ على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إنك حميد مجيد، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد “.
الله ވަޙީކުރެއްވިއެވެ. {إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً} [الأحزاب:56] “ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާ ގެ މައްޗަށް ސަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިބައިމީހުން ނަބިއްޔާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާ ކުރާށެވެ”. ނަބިއްޔާ ﷺ ޞާޙާބީންނަށް އުގަންނައި ދެއްވާފައިވާ ތަޝައްހުދުން އެބައިމީހުންވަނީ ނަބިއްޔާ ﷺ އަށް ސަލާމް ދަންނަވާން ވީގޮތް އުނގެނިވަޑައިގެންފައެވެ. އެ ތަޝައްހުދުގައި “السلام عليك أيها النبي ورحمة الله وبركاته” ވެއެވެ. ވީމާ ޞަޙާބީން ޞަލަވާތްކިޔަން އޮތް ގޮތާމެދު ސުވާލު ދެންނެވިއެވެ. އެހިނދު ނަބިއްޔާ ﷺ އިބްރާހީމީ ޞަލަވާތް އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ. މިއާޔަތުގެ ތަފްސީރުގައި ابن كثير ވިދާޅުވެފައިވެއެވެ. އެބައިމީހުން ވިދާޅުވެފައިވާ ބަސް، “އަޅުގަނޑުމެންނަށް އިބަ ނަބިއްޔާއަށް ސަލާމް ދަންނަވާނެ ގޮތް އެނގެއެވެ”. އެއީ އެބައިމީހުންނަށް ނަބިއްޔާ ﷺ ޤުރުއާންގެ ސޫރަތެއް ފަދައިން އުގަންނައި ދެއްވާފައިވާ ތަޝައްހުދުންނެވެ.
أبي مسعود الأنصاري ރިވާކުރައްވާފައިވެއެވެ. “އަހަރެމެން ނަބިއްޔާ ﷺ އަރިހުގައި ތިއްބާ އެތަނަށް މިހަކު އައެވެ. އަދި ނަބިއްޔާ ﷺ ގެ ކުރިމަތިފުޅުގައި އައިސް އިށީނެވެ. އަދި ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. އިބަނަބިއްޔާ އަށް ސަލާމް ދަންނަވާންވީ ގޮތް އަޅުގަނޑުމެންނަށް އިނގެއެވެ. ޞަލަވާތް ކިޔަންވީ ކިހިނަކުންތޯއެވެ. އިބަނަބިއްޔާއަށް އަޅުގަނޑުމެން ނަމާދުގައި ދުޢާކުރާ ހިނދުގައި الله އިބަ ނަބިއްޔާއަށް ޞަލަވާތްލައްވަވައެވެ”. الإمام أحمد (17072) އަދި مستدرك الحاكم (1/268)
ޝެއިޚް ވިދާޅުވެފައިވާ ބަސްފުޅުގައިވާ ފަދައިން ރިވާޔަތްތަކުގައި ވަނީ މިފަދައިން، ނަބިއްޔާ ﷺ އަރިހުގައި ސުވާލު ދެންނެވުމުން ޖަވާބުގައި އެބޭކަލުންނަށް ވިދާޅުވެ، ޙަދީޘްފުޅު ކުރައްވާފައިވަނީ އިބްރާހީމީ ޞަލަވާތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.