ރޯދަ އަދި މުސްތަޙައްބުވެގެންވާ އަދަބުތައް
ރޯދަވެރިންނަށް ކަނޑައެޅިފައިވާ މުޞްތަޙައްބުވެގެންވާ އަދަބު ތަކަކީ، އެ ޢަމަލުތަކުގެ ސަބަބުން ރޯދަ އިތުރަށް ފުރިހަމަވެ، ރޯދައިގެ ޘަވާބާއި ދަރުމަ ގިނަގުނަވެ އަޖުރު އުފުލިގެންދާނެ ކަންތައްތަކެވެ. ފަހެ، ޝައްކެތްވެސް ނެތެވެ. މިއީ އެކަކު އަނެކަކަށް ކުރިއަރައި ދިއުމުގައިވާ ކަންކަމެވެ. ﷲ ވަޙީ ކުރެއްވި އެވެ.
(وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ)
“ވާދަކޮށް ކުރިއަރައިދާ މީހުން، އެއާއި މެދު ވާދަކޮށް ކުރިއަރައިދާހުށި ކަމެވެ.”
އެފަދަ އަދަބުތައް ގިނަ ގުނަ އެވެ.
ލޯބިވާ އަޚުންނޭވެ! ވަރަށްގިނަ ބަޔަކު “ސުންނަތެއް” ބުނުމުން އެއީ ކުރިޔަސް، ދޫކޮށްލިޔަސް، ޢައިބެއް އަދި ކުށްވާނެ ކަމެއް ކަމުގައި ނުދެކެވެ. އެހެނަސް މިއީ ސުންނަތުގެ މަޤާމް އެނގި ޤަދަރާއި އިޚްތިރާމްގެ ޙަޤީޤީ މާނަ ދަންނަ މީހަކު ދެކޭނެ އަދި ބުނާނެ ގޮތެއް ނޫނެވެ. ﷲގެ ރަސޫލާ ‘ ޙަދީޘްބަސްފުޅުކުރެއްވިއެވެ.
« فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي» މާނައީ ” ފަހެ،ތިމަން. ނަބިއްޔާގެ މަގުން މޫނު އަބުރާލައިފި މީހަކީ ތިމަންކަލޭގެފާނުގެ މަގުގައިވީ މީހެއްނޫނެވެ.” رواه البخاري (5063) و مسلم ( 1401 )
މި ޙަދީޘްގެ މާނައިން ބަޔާންވެގެންވަނީ އެކަމުގައި އޭނާގެ ފަރުވާ ކުޑަ ވުމާއި އިހުމާލުވެ އެ ސުންނަތް ދޫކޮށްލާ މީހާގެ މައްޗަށް ހިއްޕެވިގެން ދާނެ ކަމެވެ. މި މަޤާމަކީ މިކަމުގެ ތަފްޞީލު ބަޔާންކުރުމުގެ މަޤާމެއް ނުވުމުން މިއަދުގެ މައުޟޫގައި ކުރިއަށް ދަމެވެ.
1. ހާރު ކެއުމާއި އަދި ހާރު ކެއުން ލަސް ކުރުން. އުއްމަތަށް މި އަދު ނަޟަރު ހިންގައިފި މީހަކަށް މިކަންތަކުގެ އިހުމާލުގެ ބޮޑުކަން ފެންނާނެ އެވެ. ރޭގަނޑުގެ ފަހު ދަމުގެ އެންމެ ފަހު ވަޤުތު ހޭލައި، އޭނާގެ ރައްބަށް އަޅުކަން ކުރުމަށް އޭނާގެ އަރާމު ނިންޖާއި، ވަޤު ނަގާލަ އެވެ. ޝައްކެތްވެސް ނެތްކަމަކީ، މިއީ ނަފްސުގެ ޖިހާދެކެވެ.
މި ޖިހާދުން ގިނަ ބަޔަކުވަނީ ބަލިވެފަ އެވެ.
އެއްބަޔަކު ނިދާއިރު “ހާރު” ކައިގެން ނިދަނީ އެވެ. އަނެއް ބަޔަކު ރޭގަނޑުގެ ސިލްސިލާ ޕްރޮޤްރާމް ތަކާއި، ޝޯތައް ނިމުމުން އެއީ “ހާރު” ގެ ވަޤުތު ކަމުގައި ކަނޑައެޅި އެވެ. ފަހެ، މި އެންމެހައި މީސްތަކުން މިވަނީ މި މަތިވެރި ސުންނަތް ދޫކޮށް ފުރަގަސް ދީފަ އެވެ.
އަޚުންނޭވެ! ނަފްސަށް ހިތްހަމަޖެހިގަތުން ހުއްޓެވެ. ﷲ އަށް އަޅުކަމް ކުއްތަން ކުރުމަށްޓަކައި ﷲ ދުނިޔޭގެ އެންމެ ތިރީ އުޑަށް ފައިބާ ވޮޑިގަންނަވާ ގަޑީގައި ﷲ ލޯބިވެވޮޑިގަންނަވާ ޢަމަލަށް ކުރިމަތިލައި ކުއްތަންވާ މީހާގެ ޢަމަލާއި އޭނާގެ ވަޤުތުގެ މައްޗަށް ﷲގެ ޙަޟުރަތުގައި މާތްވެގެންވާނެ މިންވަރު އަޚުންގެ ނަފްސުގައި ވިސްނާލުން ހުއްޓެވެ.
ފަހެ، ޙާރު ކެއުމުގެ މަޤާމްގެ ބޮޑުކަން ދެނެގަތުން ހުއްޓެވެ. ޞަހާބީ أبو الدرداء -رضي الله عنه- ވިދާޅުވެފައިވެ އެވެ.
”އެންމެހައި ނަބިއްޔުންގެ ޚުލްޤުފުޅު (އަޚްލާޤު) ތެރެއިން ހިނެމެ އެވެ. ހާރުކެއުން ލަސްކުރުން. ފަހެ، މި ކަމުގެ ޤަދަރުގެ ބޮޑުކަން ފުދިގެން ނުވޭ ހެއްޔެވެ. އެހެން ޙަދީޘެއްްގައި ވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (فصلُ ما بين صيامِنا وصيامِ أهلِ الكتابِ ، أكْلةُ السَّحَرِ) ”އަހުލު ކިތާބީންގެ ރޯދަ އާއި އަހަރެމެން ހިފާ ރޯދައިގެ ދެމެދުގައި ވާ ތަފާތަކީ ހާރު ކެއުމެވެ.“ صحيح مسلم
އަދިވެސް ޙަދީޘްގައިވެ އެވެ. (تسحروا فإن في السحور بركة) “ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ، ހަމަކަށަވަރުން ހާރު ކެއުމުގައި ބަރަކާތްވެ އެވެ.”
އަޚުންނޭޥެ! ރިވާޔަތްތަކުގައިވާ ކޮންމެ މާނައެއް، ލަފްޒެއްގެ ތެރެއަށް ހާރު ކެއުމުގެ ޢަމަލުގައިވާ ފަރާތް ވަންނާނެކަމުގެ ޔަޤީންކަން ލިބިގަންނާށެވެ. ނަބިއްޔުންގެ ޢަމަލު ފުޅަށް ތަބަޢަވުމެވެ. ކާފަރުންގެ ރޯދައާއި ޚިލާފްވުމުގެ ޢަމަލުގައި ދެމިހުރުމެވެ. ގިނަގުނަ ބަރަކާތް ލިބޭނެ ފަރާތެއް ކަމުގައިވުމެވެ. ފަހެ، ބަރަކާތް އޮތުމުގެ މުރާދަކީ ކޮބައި ހެއްޔެވެ؟
الشيخ عرفات المحمدي حفظه الله ވިދާޅުވެފައިވެ އެވެ. ”ހާރުކެއުން:
1. ސުންނަތެކެވެ. އަދި ބަރަކާތް ލެވިގެންވާ ކެއުމެކެވެ.
2. ހާރުކެއުމުގައި ފޮތުގެ އަހުލުވެރިންނާއި ޚިލާފުވުންވެ އެވެ. 3. ހާރުކެއުމަކީ ރޯދަވެރިޔާއަށް އޭނާގެ ރޯދައަށް ވާގިވެރިވާ ކަމެކެވެ.
4. ހާރުކެއުމަކީ ފަތިސްނަމާދު ވާޤުތުގައި ޖަމާޢަތް ހޯދައިގަތުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ.
5. ހާރުކެއުމަކީ ރޭގަނޑުގެ ފަހު ބައިގައި ދުޢާ ކުރުމަށް ލިބޭނެ ފުރުސަތެއްގެ ގޮތުގައިވެ އެވެ.
2. ރޯދަ ވީއްލުން އަވަސް ކުރުން : ރޯދަ ވީއްލާ ވަޤުތަށް ތައްޔާރުވެ، އަވަހަށް އިރު އޮއްސުމާއެކު ރޯދަ ވިއްލުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ. އެކަމަށް މި ޝަރީޢާތުގައި ކަނޑައެޅިފައިވާ ބާރު އަޅުވާފައިވާ ޢަމަލެއް ކަމުގައިވެ އެވެ. ޞަހާބީ أبو الدرداء ވިދާޅުވެފައިވެ އެވެ.
”އެންމެހައި ނަބިއްޔުންގެ ޚުލްޤުފުޅު (އަޚްލާޤު) ތެރެއިން ހިނެމެ އެވެ. ރޯދަ ވީއްލުން އަވަސް ކުރުން.
ޙަދީޘްގައިވެ އެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ.
(لا يزال الناس بخير ما عجلوا الفطر) متفق عليه
أبو أنس المكتبة السلفية, [02.05.20 15:42]
ރޯދަވީއްލުން އަވަސްކުރުމުގައި ދެމިތިބިހާ ހިނދެއްގައި މީސްތަކުންވަނީ ހެޔޮކަމުގެ މަތީގަ އެވެ.
ފަހެ، އަވަސް ކުރުމުގެ މުރާދަކީ ކޮބައި ހެއްޔެވެ؟
العَلاَّمَة أَحْمَدُ بِن يَحْيَى النجْمِي رحمه الله ވިދާޅުވެފައިވެ އެވެ. ”ހާރުކެއުން ލަސްކުރުމަށާއި، ރޯދަ ވީއްލުން އަވަސް ކުރުމަށް (ވަޤުތު ވަނުމުން ވީހާވެސް އަވަހަށް ރޯދަ ވީއްލުމަށް) ޝަރީޢަތުގައި ބަޔާންކުރެވިގެންވެ އެވެ.“من أحكام الصيام ص 35
3. ރޯދަ ދޫކޮށްލުމުގައި ސުންނަތުގެ ޢަމަލުގެ މަތީގައި ރޯދަ ދޫކުރުން : أنس رضي الله عنه ވިދާޅުވެފައިވެ އެވެ. (كان رسول الله صلى الله عليه وسلم يفطر على رطبات قبل أن يصلي فإن لم تكن رطبات فعلى تمرات فإن لم تكن حسا حسوات من ماء)
“ނަބިއްޔާ صلى الله عليه وسلم ނަމާދު (މަޣްރިބް ނަމާދު) ކުރެއްވުމުގެ ކުރީގައި ރުޠަބް (ދޮންވެ ފައްކާވެފައިވާ ކަދުރު) ކަދުރުން ރޯދަ ވީއްލަވަ އެވެ. ރުޠަބް ނެތިއްޔާ ކަދުރުން (ހިކި ކަދުރު) ރޯދަ ވީއްލަވަ އެވެ. ކަދުރު ނެތިއްޔާ ފެނުން ރޯދަ ވީއްލަވަ އެވެ.” الألباني، إرواء الغليل 922 (حسن)
އަޚުންނޭވެ! މިތަނުގައި ގިނަ ބަޔަކަށް އެކަމަކަށް ސަމާލުކަން ނުދެވިފައިވާ ކަމެއްވެ އެވެ.
އެއީ ނަމާދުގެ ކުރިން ނުހަނު ލުއިކޮށް ރޯދަ ވިއްލެވުމާއި އެކު، ނަމާދު ކުރައްވާ ކަމެވެ. ފަހެ، ކެއުމާއި ބުއިން އޮތީ އޭގެ ފަހުގައި ކަމެވެ.
العلامة أحمد بن يحيى النجمي -رحمه الله- ވިދާޅުވެފައިވެ އެވެ. “އެދެވިގެންވަނީ، އޭނާގެ ރޯދަވީއްލުމުގައި އެ ވަޤުތަށް ފުދޭމިންވަރަށް ރުޠަބް (ދޮންވެ ފައްކާވެފައިވާ ކަދުރު) ނުވަތަ ކަދުރު ނުވަތަ ފެން ބޭނުންކޮށް ރޯދަވީއްލުމެވެ. އަދި އެއްށްފަހު ނަމާދެވެ. ފަހެ، ރޭގަނޑުގެ ކެއުން އޮންނާނީ ނަމާދުކޮށް ނިމުމަށްފަހުގަ އެވެ. އެހެނަސް ނަމާދުގެ ވަޤުތުގައި ރޯދަ ވީއްލުމާއި ރޭގަނޑު ކެއުން އެއްކޮށް ގެންދިއުން އެއީ ކުށެކެވެ.” ބަސްތައް ނަގާފައިވަނީ : تعليق على زاد المَعَاد
الإِمَامُ العَلاَّمَة ابن العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ބައެއް މީހުން ރޯދަ ވީއްލުމާއެކު، ރޭގަނޑު ކެއުމާއިގެން (އެ ވަޤުތުގައި ގިނައިން ކެއުމަކީ) ޑޮކްޓަރީގޮތުންވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި ކިޔެއްތަ! ޑޮކްޓަރީގޮތުން ބަޔާންވެގެންވަނީ ވަރަށް މަދު އެއްޗެއް މަޢިދާތެރެއަށް ފޮނުވައިލުމެވެ. ސަބަބަކީ މަޢިދާ ހުސްކޮށް އޮތުމުގެ ސަބަބުންނެވެ.“ شرح رياض الصالحين 5-289
އަދިވެސް ނަފްސުތައް ހަނދުމަކުރަންޖެހެ އެވެ.
ރޯއްދަވީއްލުން ކަމުގައިވާނީ، އޭނާގެ މައިދާ ތެރެއަށް ކާއްޗެއް ދިއުމުންނެވެ. ފަހެ އަނގައިގައި ކަދުރުއޮވެ، އޭނާ ފެން ބޮއެފިހިނދު، ރޯދަ ވިއްލުނީ ފެނުންނެވެ.
ސަބަބަކީ މައިދާތެރެއަށް ގޮސްފައިވަނީ ފެން ކަމުގައި ވުމެވެ. ފަހެ، ކަދުރުގެ ކުޑަ މިންވަރެއް ކަމުގައިވީނަމަވެސް އޭނާގެ ހަށިގަނޑަށް ދިއުމަށްފަހުގައި މެނުވީ އެހެން އެއްޗެއް ނުފޮނުވުން ހުއްޓެވެ. އަދި ރޯދަ ވީއްލައި ނިމުމުން ދުޢާ ކުރުން ހުއްޓެވެ. (ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوْقُ وَثَبَتَ الأَجْرُ إِنْ شَاءَ اللهُ)
4. ރޯދަވެރިންނަށް ރޯވައިގެ ވަޤުތުތަކުގައި، ޤުރުއާން ކިޔެވުން ގިނަ ކުރުމާއި، ޛިކުރު ކުރުން ގިނަ ކުރުމާއި، ދުޢާ ކުރުމާއި، ހެޔޮބަސްތައް ބުނުމާއި، މި އެންމެހައި ޢަމަލުތަކެއްގައި ވަޤުތު ހޭދަކުރުން ބާރު އެޅުވިގެންވެ އެވެ. މިއީ މުސްތަޙައްބުވެގެންވާ ޢަމަލުތަކެވެ.
އަޅުކަމުގައި ކުރިއަރައިދާށެވެ. އެކަކު އަނެކަކަށް އާޚިރަތް ހޯދުމުގައި ވާދަވެރި ބައެއްގެ ގޮތުގައި ވާށެވެ.
ނަފްސުތައް ހެޔޮކަންތަކުގައި ހާނުވައި، އަހުލުވެރި ކުރުމަށް މަސައްކަތް ކުރުން ހުއްޓެވެ.
ހެޔޮ ކަމުގެ މޫސުންތަކުގައި އޭގެ ފައިދާ ޙާޞިލް ކުރުމަށް މަސައްކަތް ކުރުން ހުއްޓެވެ.
وفقنا الله الجميع لما فيه رضاه.