މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅުގެ މައްޗަށް ފިޠުރު ޒަކާތް ނެރެންޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފިޠުރު ޒަކާތް އެބައެއްްގެ މައްޗަށް ވާޖިބުވެގެންވާ މީސްތަކުން ބަޔާން ކުރައްވާ މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވެ އެވެ.

الصحيحين އަދި އެނޫންވެސް ފޮތްތަކުގައި ވާރިދު ވެފައިވެއެވެ. (فرَض رسولُ اللهِ صلّى الله عليه وسلم زكاةَ الفطرِ صاعاً من تَمرٍ أو من شعيرٍ، على العبدِ والحرِّ، والذّكرِ والأُنثى، والصغيرِ والكبير، من المسلمين)

”މުސްލިމުންގެ ތެރެއިންވާ އެންމެހާ އަޅުންނާއި މިނިވަނުން އަދި ފިރިހެނުންނާއި އަންހެނުން އަދި ކުދި ބޮޑު އެންމެން، އެއިން ކޮންމެ މީހެއްގެ މަތިން ފިޠުރު ޒަކާތުގެ ގޮތުގައި ކަދުރު ނުވަތަ ޝައީރުން ޞާޢެއްގެ މިންވަރު ނެރުން ރަސޫލު ﷲ صلى الله عليه وسلم ފަރުޟު ކުރެއްވިއެވެ.“

ވުމުން، މުސްލިމުންގެ ތެރޭގައިވާ، އެންމެހައި ފިރިހެނުންނާއި އަންހެނުން، ކުޑަކުދިންނާއި ބޮޑެތި މީހުން، މިނިވަނުންނާއި އަޅުން މި އެންމެންގެ މައްޗަށް ވާޖިބުވެގެންވާ ހުކުމެއްގެ ގޮތުގައިވެ އެވެ. މި އެންމެންގެ މައްޗަށް މި ޒަކާތްވަނީ ވާޖިބުވެގެންނެވެ.

ދެންއޮތީ މި މީސްތަކުންގެ އިތުރަށް، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅުގެ މައްޗަށް ނެރުމާއި މެދުގަ އެވެ. މާތް ނަބިއްޔާ އަހަރެމެންނަށް ވަނީ އެ ނަބިއްޔާގެ 4 ޚަލީފާވެރި ބޭފުޅުންނަށް ތަބަޢަވުމަށް އަމުރުފުޅު ކުރައްވާފަ އެވެ.

ޙަދީޘް ކުރައްވާފައިވެ އެވެ. عَلَيْكُمْ بِسُنَّتِي وَسُنَّةِ خُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ، وَإَيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ  ”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި އައުކަންތައްތަކާ މެދު ސަމާލުވެ ތިބޭށެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

ފަހެ، އެގޮތުން 3ވަނަ ޚަލީފާ عُثمَان بن عفان -رضي الله- ވަނީ ބަނޑުގައިވާ ދަރިއަށް ޒަކާތް ނެރުމަށް ވިދާޅުވެފައެވެ. ފަހެ އެހެން ވުމުން ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދައިންނެވެ. ”އަދި މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅުގެ މައްޗަށް ފިޠުރު ޒަކާތް ނެރުން މުސްތަޙައްބު ވެގެންވެ އެވެ. މި ކަމަށް ދަލީލު ކޮށްދެނީ عثمان رضي الله عنه ގެ ޢަމަލުފުޅެވެ.“

ވުމާއެކު، އެއީ މުސްތަޙައްބުވެގެންވާ ޢަމަލެއްގެ ގޮތުގަ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts