|

ޙައްޖަށް ދިއުމަށްޓަކައި ދައްކާފައި ހުންނަ ފައިސާއިން ޒަކާތް ނެރެންޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އެމީހަކު ޙައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ރައްކާ ކުރާ ފައިސާއިން ޒަކާތް ނެރެން ޖެހޭނެ އެވެ.

ސަބަބަކީ، އެމީހެއްގެ އަމިއްލަ މުދާ ގޮތުގައި ނިޞާބަށްވުރެ އިތުރުވެ އެ ނަޤުދު ފައިސާއަށް ހިޖުރީ އަހަރެއް ހިނގައިގޮސްފިނަމަ އެއީ ޒަކާތް ނެރެންޖެހޭ މުދަލުގެ ތެރެއަށް ހިމެނިގެންވުމެވެ.

މިފަދައިން ޙައްޖަށް އެއްކޮށްފައިވާ ފައިސާގެ އެކި ސިފަތަކެއްވާކަން ބުނެވިދާނެ އެވެ.

އޭގެ ތެރޭގައި :

އެއީ އެއްގޮތަކީ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ޤަޞްތުގައި ރައްކާ ކުރަމުން ގެންދާ ފައިސާ އެވެ. ފަހެ، މިފަދައިން ރައްކާ ކުރާ ނަޤުދުފައިސާ، އެއީ ހައްޖުގެ އަޅުކަމަށް ކަމުގައިވީނަމަވެސް މި ނަޤުދު ފައިސާ އަކީ ޒަކާތުން އެ މުދަލެއް ބޭރުވާނެ ކަމެއް ނޫނެވެ.

ވަރަށް ގިނަ ބަޔަކަށް ވިސްނިފައިވާ ގޮތަކީ، ޙައްޖަށް ދިއުމަށްޓަކައި، އަޅުކަމަކަށްޓަކައި ދިއުމަށް އެއްކުރާ ފައިސާ ކަމުގައި ވުމުން އެއީ ޒަކާތް ދައްކަން ޖެހޭ ފައިސާ ތަކެއް ކަމުގައި ނުވުމެވެ.

އެހެނަސް އެއީ ޤަބޫލު ކުރެވިފައިވާ ކުށް ސިފައެކެވެ. ޞައްޙަ ގޮތެއް ނޫނެވެ.

ދެވަނަ ސިފައަކީ :

ޙައްޖަށް ފައިސާ ދައްކަމުންދަނީ، ކޮންމެ މަހެއްގެ މުސާރަ އޮޓެމެޓިކްއިން ކެނޑޭ ގޮތުގައި ކަމުގައި ވުމެވެ. އެބަހީ، ޙައްޖަށް ދިއުމަށްޓަކައި އޭގެ އަގު ހަމަކުރުމަށްޓަކައި މަހުން މަހަށް ބަހާލައިގެން އެފަދައިން ފައިސާ ދައްކަމުން ދިއުމެވެ.

މިފަދައިން ފައިސާ ދެއްކުމުގެ މައްޗަށް ޝަރުޢީ ޙުކުމެއް ކަނޑައަޅައި ބުނަން އެނގޭނީ އެ އެއްބަސްވުމުގައި ދެފަރާތުން އެއްބަސް ވެފައިވާ ގޮތުގެ މައްޗަށް ބިނާ ކޮށެވެ.

އެހެން ކަމުން، ޙައްޖަށް ގެންދާ ފަރާތާއި ޙަވާލުކޮށްފައިވާ ފައިސާ އެއްގޮތަކީ ފައިސާ ޙަވާލުކުރި ފަރާތުން ބޭނުން އިރަކު ނެގޭގޮތަށް އެއްބަސްވެ، އެފަދައިން އެއްބަސްވެފައިވާ ވަދީޢަ އެއް ކަމުގައި ވުމެވެ.

ސަބަބަކީ، މިފަދައިން ދައްކާ ފައިސާއަކީ ޝަރީޢަތުގައި ވަދީޢަ ގެ ގޮތުގައި ދީފައިވާ ފައިސާއެއް ކަމުގައިވާނަމަ، ފައިސާ ދިން މީހާގެ އިޛުނައާ އެކުގައި، އެ ފައިސާ ޙަވާލު ކުރެވިފައިވާ މީހާއަށް އެ ފައިސާ އިންވެސްޓްކޮށް ދެފަރާތުން އެއްބަސްވެ ސުލްހަވާގޮތަކަށް އެއަށް އިތުރުކޮށް އެއިން މަންފާ ލިބިގަތުންވެސް ހުއްދަވާނެ އެވެ.

އަދި ވަދީޢަ ގެ ގޮތުގައި ދީފައިވާ ފައިސާއެއް ކަމުގައިވާނަމަ، ފައިސާ ދިން މީހާގެ އިޛުނައާ އެކުގައި، އެ ފައިސާ ޙަވާލު ކުރެވިފައިވާ މީހާއަށް އެ ފައިސާ އިންވެސްޓްކޮށް އެއަށް އިތުރުކޮށް އެއިން މަންފާ ލިބިގަތުންވެސް ހުއްދަވާނެ އެވެ.

އެހެނަސް، ބުނަމެވެ. މިފަދައިން ދީފައިވާ ފައިސާ ފައިސާ ދެއްކި ފަރާތުން ޙައްޖު ދަތުރު ނުދިއުމަށް ނިންމައި، އޭނާ ފައިސާ އަނބުރައި އޭނާއަށް ދޭން ބުނެފިހިނދު އެ ފައިސާ އޭނާއަށް ދޭން ޖެހޭނެ އެވެ.

ވަދީއާގޮތުގައި އެވާ ފައިސާއަކީ، އޭނާ ބޭނުން އިރަކު އެނާ އަތައް އަރާނެ ފައިސާ ކަމުގައިވާ ޞޫރައިގައި އޮތުމުން، އެ ޙާލުގައި އޭނާ ބަރާބަރަށް މުދަލުގެ ޒަކާތް މުދަލުގެ ވެރި ފަރާތުން، އަހަރުން އަހަރަށް އެއިން ޒަކާތް ނެރެންވާނެ އެވެ.

ނުވަތަ މިފަދައިން ދައްކާފައިވާ ފައިސާގެ ޞޫރައަކީ، އެއްބަސްވުމުގައިވާ ގޮތުން، ޙަވާލުވާ ފަރާތުގެ ދަށުގައި ހުންނަ ފައިސާއެއް ކަމުގައި ވުމެވެ. މާނައަކީ، އެ އަނބުރާ އެ ފައިސާ ޙަވާލު ކުރާނީ ޙައްޖަށް ނުދެވޭގޮތް ވެއްޖެ ކަމުގައިވާނަމަ އެވެ.

އެހިނދު އެއީ ބަޔަކު ޙައްޖަށް ގެންދިއުމަށްޓަކައި އެ ކުންފުނި އެމީހުންނަށް ދަރަނިވެރި ވެފައިވާ ފައިސާތަކެކެވެ.

ވުމާއެކު، މި މުއްދަތުގެ ތެރޭގައި މިފަދައިން ދީފައިވާ ފައިސާއަށް، ފައިސާ ދިން ފަރާތުންވަނީ އެފައިސާއަށް ތަސައްރުފު ކުރުމުގެ ގުޅުން ކެނޑިފަ އެވެ.

އެބައި، ފައިސާވެ ވެރި ފަރާތް ކަމުގައި ޙައްޖަށް ދިއުމަށް ބޭނުންވާ ފަރާތް މިވަނީ އޭނާގެ ފައިސާ ހޭދަކޮށް، އެކިއެކި ކަންތައްތައް ކުރުމުގެ ޤާބިލްކަމުން ވަކިވެފަ އެވެ. އެފދަ ކުޅަދާނަކަމެއް އެފައިސާގެ މައްޗަށް އޭނާއަށް ނުވެ އެވެ.

ވުމުން، އެ ކުންފުންޏަށް ދަރަންޏެއް ފަދަ ގޮތުގައިވާ މިފައިސާ އެ ކުންފުނީގައި 3 އަހަރު ނުވަތަ 4 އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރު ހޭދަވި ކަމުގައިވީނަމަވެސް އެފައިސާއަށް ޒަކާތެއް ނެތެވެ.

އެހެނަސް، އެފައިސާއިން އޭނާއަށް ހައްޖަށް ނުދެވުނެވެ. އަދި ދިއުމުގެ ފުރުސަތު ނެތުނީ އެވެ. އަދި އެފަދައިސާ އޭނާއަށް އަނބުރައި ދިއުމަށް އޭނާ އެދުނީ އެވެ.

ނުވަތަ އޭނާގެ ފައިސާ އަނބުރައި ދެއްކުމަށް އޭނާ އެދުނީ އެވެ.

ދަންނަ އެވެ. ފައިސާއާ ޙަވާލުވި ފަރާތުން އެ ފައިސާއަކީ ވަކި ކަމެއް ކޮށްދިނުމުގެ ގޮތުގައި އޭނާގެ މައްޗަށް ދަރަންޏެއްގެ ގޮތުގައި ޙަވާލުވެފައިވާ ފައިސާތަކެއްކަން ދަންނަން ޖެހޭނެ އެވެ. އަދި ވެރި ފަރާތުން އެ ފައިސާ އަނބުރައި ދައްކައި ދިނުމަށް އެދުމުން އެ އަނބުރައި ދައްކައިދޭން ޖެހޭނެ އެވެ. އެހެނީ އެއީ ބައެއްގެ ޙައްޤެއް ކަމުގައި ވުމުން އެބައި މީހުންނަށް އެ ޙައްޤު އަދާކޮށްދޭން ޖެހޭނެ އެވެ.

މިގޮތަށް އޭނާ ފައިސާ ނަގައި އެފައިސާ ލިބުމުން، އެ ފައިސާއިން 1 އަހަރުގެ ޒަކަތާ ދައްކާނި އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts