ޙައިޟުވެރިޔާ މިސްކިތަށް ވަނުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚާ އެވެ! ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، މި މައްސަލަ ފުރިހަމައަށް ސާފުވެ ބަޔާންވެދިއުމަށްޓަކައި ނުކުތާތަކެއް ބަޔާން ކުރަމެވެ.

އެންމެ ފުރަތަމަ އެނގިގަތުމަށް އޮތް ނުކުތާއަކީ : މިސްކިތުގައި مُكثْ (މިސްކިތުގައި މަޑުކޮށްގެން އިނުން) މި ޢަމަލާއި عُبُور (މިސްކިތުގައި މަޑުކުރުމާއި، މިސްކިތުގައި ޤާއިމްވެ އިނުން ނޫން ގޮތުގައި މިސްކިތުގައި ވުން) ތަފާތު ދެ ޙުކުމެއް ކަމެވެ.

ފަހެ، ޙައިޟުވެރިޔާއަށް މަނާވެގެންވަނީ މިސްކިތުގައި މަޑު ކުރުމެވެ. މިސްކިޔުގައި ޤާއިމްވެ އިނުނެވެ.

މި މައްސަލަ އެއަށްފަހު ޛިކުރު ކުރަމެވެ.

ފިޤުހުވެރިންގެ ޤައުލުތައް ބަޔާން ކުރަމެވެ.

ދެންފަހެ، ޙާޖަތެއްޖެހި، ނުވަތަ މިސްކިތް ފޮޅާ ސާފުކުރުމުގެ ޤަޞްތުގައިވެ މިސްކިތަށް ވަންނަ އަންހެނާ އަކީ މިސްކިތުގައި ޤާއިމްވެ މިސްކިތުގައި މަޑުކޮށްގެން އިންނަ މީހާގެ ޙުކުމުގައިވާ ފަރާތެއްގެ ގޮތުގައި ނުވާނެ އެވެ.

އެ އަންހެން މީހާ ވަންނާނީ عُبُور ކުރާ މީހެއްގެ ދަށަށެވެ.

ޙައިޟުވެރިޔާ މިސްކިތުގައި ޤާއިމްވެ އިނުމާއި، މިސްކިތުގައި މަޑުކުރުން ހުއްދަވެގެންނުވާ ކަމުގެ މައްޗަށް ހަތަރު ފިޤުހީ މަޛްހަބުގައިވެސް الحنفيَّة، المالكيَّة، الشَّافعيَّة އަދި الحنابلة އިއްތިފާޤުވެގެންވެ އެވެ.

އެފަދައިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި :

ﷲ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا

މާނައީ : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލުގައި ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބު ވެރިވެގެންވާ ޙާލުގައިވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!)

އާޔަތުން ބަޔާންވެގެންވާ ދަލީލަކީ : ހަމަކަށަވަރުން ޖުނުބު ވެރިޔާއަށް ނަމާދު ކުރެވޭ މަޙައްލަށް ގާތްވުން (ކައިރިވުން) ހުއްދަވެގެން ނުވުމެވެ.

އެއީ ނަމާދު ކުރެވޭ މިސްކިތްތަކެވެ. ހަމައެކަނި ހުއްދަވަނީ މަގު ހުރަސްކޮށް ދިއުމުގައި ވާ ހާލުގައި އެކަންޏެވެ. ހަމައެފަދައިން ޙައިޟުވެރިޔާވެސް އެއަށް ވަނުމެވެ. ސަބަބަކީ ޙައުޟުވެރިޔާއަކީވެސް ޖުނުބުގެ މާނައިގައިވާ ފަތާތެއް ގޮތުގައި ވުމެވެ.

ސުންނަތުން ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައި: أم عطية -رضي الله عنها- ވިދާޅުވި އެވެ. (أُمرنا أن نَخرج، فنُخرج الحُيَّض والعواتق وذوات الخدور فأما الحُيَّض فيشهدن جماعة المسلمين ودعوتهم، ويعتزلن مصلاهم)

”އަހަރެމެންނަށް (ޢީދު ނަމާދަށް) ނުކުތުމަށް އަމުރު ކުރެވިގެންވެ އެވެ. ފަހެ، އެހިނދުގައި ޙައިޟުވެރި އަންހެނުންނާއި، ބިކުރުވެރި ލަދުވެތިކަމުގައިވާ އަންހެނުންވެސް (ޢީދު ނަމާދަށް) ނުކުމެ މުސްލިމުންގެ ޖަމާޢަތާއި ދަޢުވަތުގައި ބައިވެރިވެ އެވެ. (ޙައިޟުވެރި އަންހެނުން) ނަމާދުކުރާ މުޞައްލާއާ ދުރުގައި ދެމިތިބެ އެވެ.“

މި ޙަދީޘް البخاري އަދި مسلم

ފަހެ، ހައިޟުވެރިންނަށް ނަމާދުގެ މުޞައްލާ ދުރުގައި ވުމަށް އަމުރުވެވިފައި ވުމުން ބަޔާންވެގެންވަނީ އެ ކަނބަލުންނަށް މިސްކިތްތަކުގައި ޤާއިމްވެ ތިބޭ ގޮތުގައި މިސްކިތަށް ވަނުން ހުއްދައެއް ނުވާނެ އެވެ.

އެއަށްފަހު ދެވަނަ މައްސަލައިގެ ގޮތުގައި ބަޔާން މި ކުރަނީ މިސްކިތުގައި ޤާއިމްވެ އިންނަ ގޮތުގައި ނޫން ގޮތުގައި ޙައިޟުވެރިޔާ މިސްކިތަށް ވަނުމުގެ ޙުކުމެވެ.

އެ ގޮތުން މިސްކިތް ފޮޅާ ސާފު ކުރުމަށާއި، މިސްކިތުގައި އޮންނަ އެއްޗެއް ނެގުމަށް ވަނުން ފަދަ ކަންކަމެވެ.

ޙައިޟުވެރިޔާ މިސްކިތުން ޢުބޫރު (ޤާއިމްވެ އިންނަ ގޮތުގައި ނޫން ގޮތަށް) މިސްކިތަށް ވަނުން ހުއްދަވެގެންވެ އެވެ.

މިއީ މި މައްސަލައިގައި الشَّافعيَّة އަދި الحنابلة ދެކެވަޑައިގަންނަވާ ގޮތެވެ.

ސަލަފުއް ޞާލިޙުންގެ ތެރެއިން ގިނަ ބޭކަލުން މިފަދައިން ވިދާޅުވެފައިވެ އެވެ.

އުއްމަތަށް ފާޅުވި ޢިލްމުވެރިންގެ ތެރޭގައި ابنُ القيِّم ، (ابنُ كثيرٍ ، ابنُ باز އަދި ابنُ العثيمين މި ނޫން ޢިލްމުވެރިންވެސް ހުއްދަ ކުރައްވަ އެވެ.

ދަލީލަކީ : ފަހެ ދަލީލުތަކުން ބަޔާންވެގެންވަނީ، މަގުހުރަސްކޮށް ދާ މީހާގެ ޙާލުގައިވެ، ޖުނުބުވެރިޔާއަށް މިސްކިތައް ވަދެވޭނެ ކަމެވެ.

ފަހެ، އެއީ މިސްކިތުގައި ޤާއިމްވުމާއި، މިސްކިތުގައި ދެމިހުރުމުގެ ނިޔަތުގައި ނޫން ގޮތުގައި މިސްކިތައް ވަންނަ މީހާ އެވެ.

ﷲ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا

މާނައީ : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލުގައި ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބު ވެރިވެގެންވާ ޙާލުގައިވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!)

ސުންނަތުން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި: މިފަދައިން މިސްކިތުގައި އިށީނުމުގެ ނިޔަތެއްނެތި، ޤާއިމްވެ އިނުމުގެ ނިޔަތެއްނެތި، ޙައިޟުވެރިޔާއަށް މިސްކިތަށް ވަދެވޭނެކަމެވެ.

ބަޔާންވެގެންވާ ސުންނަތުގެ ދަލީލުތަކުގެ ތެރޭގައި:-

އުއްމުލް މުއުމިނީން عائشة -رضي الله عنها- ގެ އަރިހުން އިމާމް مسلم ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ.

عائشة -رضي الله عنها- ވިދާޅުވި އެވެ. ”ތިމަން ކަމަނާ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ދެންނެވި އެވެ. މިސްކިތުގައި އޮތް ޚުމްރަ ގެނެސްދޭށެވެ. ފަހެ، ތިމަން ކަމަނާ ދެންނެވީ އެވެ. ”ހަމަކަށަވަރުން ތިމަން ކަމަނާވަނީ ޙައިޟުގަ އެވެ.“

ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ހަމަކަށަވަރުން ޙައިޟުވަނީ ކަމަނާގެ އަތްޕުޅުގައެއް ނޫނެވެ.“

ވުމުން، މައްސަލައިގެ ޚުލާޞާއަކީ، މިސްކިތް ސާފުކުރަން، މިސްކިތުގައި މަޑު ކުރުމާއި އަދި ޤާއިމްވެ އިނުމުގެ ނިޔަތެއްނެތި، މިސްކިތަށް ވަންނަ މީހާއަށް އެކަމުގައި މަނާކަމެއް ނެތުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts