|

ބޮލުގައި ކުލަ ޖެއްސުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބޮލުގައި ކުލަ ޖެއްސުމާއި މެދުގައި ބުނަމެވެ. މިއީ ދީނުގައި ޙަލާލްވެގެންވާ މުޢާމަލާތްތަކުގެ ތެރެއަށް ވަންނާނެ ކަމެކެވެ.

ދީނުގައި އަޞްލަކީ އަޅުކަންތައްތައް ނޫން އެހެނިހެން ކަންތައްތަކުގައި ޙަލާލު ހުކުމްގައި ވުމެވެ. ދަލީލެއް އައިސްފައިވާ ހިނދުގައި ފިޔަވަ އެވެ. ވުމުން ދަލީލުތަކުން ދެކަމެއް މިކަމުގައި ނަހީ ކުރެވިގެންވެ އެވެ.

1. ބޮލުގައިވާ ނުރަ އިސްތަށިތައް ކަޅުކޮށްގެން ނުވުމެވެ. ސަބަބަކީ މި ޢަމަލަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. ނަބިއްޔާ ﷺ ވަނީ އެކަން ނަހީ ކުރައްވާފަ އެވެ. ޙަދީޘްގައިވެ އެވެ. (حينَ جاءَ أبو بكرِ الصديقُ بأبيهِ أبي قُحافَةَ يومَ فتحِ مكةَ يحملِهُ حتى وضعَهُ بينَ يدَيْ رسولِ اللهِ ورأَى رأَسَهُ كأنَّها الثُّغامَةُ بياضًا قال : غيِّرُوا هذا أيِ الشيبَ وجنِّبوهُ السوادُ) ”މައްކާ ފަޠަޙަ ކުރެވުނު ދުވަހުގައި أبو بكرِ الصديقُ ބައްޕާފުޅު أبي قُحافَةَ ގޮވައިގެން رسولِ اللهِ އަރިއަހަށް ވަޑައިގެންނެވި އެވެ. ނަބިއްޔާއަށް (أبو بكرِ الصديقُ ބައްޕާފުޅު) އިސްތަށިފުޅު ޘުޣާމަ (ހުދުކުލަ ބަޔާންކޮށްދިނުމަށް ބޭނުން ކުރެވޭ ކަލިމައެއް) ފަދައިން ފެނިވަޑައިގެންނެވި އެވެ. ޙަދީޘް ކުރެއްވި އެވެ. އިސްތަށިފުޅުގެ ނުރައިގެ ކުލަ ބަދަލުކުރުން ހުއްޓެވެ. އަދި ކަޅުކުލައާ ދުރުވާށެވެ.“

غاية المرام الألباني، صحيح 105

ސަޢުދީ ޢަރަބިއްޔާގެ އެންނމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ފަހެ އަންހެނާ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުން : އިސްތަށިގަނޑު ނުރަވެފައި ވާ ހިނދުގައި، ކަޅު ނޫން ކުލައެއް ޖެއްސުން ހުއްޓެވެ. ސަބަބަކީ ޙަދީޘް ތަކުގައި ނަބިއްޔާ ﷺ އިސްތަށިތައް ކަޅުކުރުން ނަހީކުރައްވާފައި ވުމެވެ.“

تنبيهات على أحكام تختص بالمؤمنات ص 20

2. ކާފަރު އަންހެނެއް، ފާސިޤު އަންހެނެއް ފެނި އެފަދަ އަންހެނަކާ އެއްވަތްތަރު ވުމަށްޓަކައި، އެފަދަ ސިފައިން ސިފަޖެހުމަށްޓަކައި އެކަން ކުރުމެވެ. ފަހެ، އެހިނދު އެއީ ޙަރާމްވެގެންވާ ޢަމަލަކަށް އަރައިގަނެވުނީ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.

(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320

” ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ.

ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“

އަދި އެހެން ޙަދީޘެއްގައިވެ އެވެ. (من تشبَّه بقومٍ فهو منهم) أبي داود 4031. “ބަޔާކާއި އެއްވަތްތަރުވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ.”

ފަހެ، މިފަދަ އެއްވެސް ޤަޞްދެއް އަދި ސިފައެއް ނެތި ކުލަޖެއްސުން ކަމުގައިވާނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply