لا إله إلا الله ގެ ޝަރުތުތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާއެވެ. ތިބާއަށް ﷲ އެ އިލާހަށް ކުއްތަންވުމުގެ މަގަށް މަގުދައްކަވައިފާނދޭވެ. އަދި އެ އިލާހުއަށް ލޯބިވުމުގެ ތަވްފީޤު ދެއްވާނދޭވެ. ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ كلمة އަދި އެންމެ ބޮޑުވެގެންވާ ފައިދާއެއް އަދި އެންމެ މާތްވެގެންވީ كلمة އަކީ كلمة التوحيد އެވެ. އެއީ ދީނުގެ އެންމެ ބޮޑުވެގެންވާ ރުކުނެވެ. އީމާންކަމުގެ ޝުޢަބު ތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ޝުޢަބެވެ. އެއީ ސުވަރުގެއަށް ވަނުމަށް އޮތް އެންމެ މަތިވެރި ސަބީލް އެވެ. އަދި ނަރަކައިން ސަލާމަތްވުމަށް އޮތް އެންމެ މަތިވެރި ސަބަބެވެ. އެ كلمة އަށްޓަކައި މެނުވީ ޚަލްޤުތަކުން ޚަލްޤެއް ނުކުރައްވަ އެވެ. ރަސޫލުން ރަސޫލުކަމާއިގެން ނުފޮނުއްވެ އެވެ. އެ كلمة އަކީ كلمة الشهادة އެވެ. مفتاح دار السعادة އެވެ. އެއީ ދީނުގެ أصل އެވެ. އަސާސެވެ. ﴿شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾ آل عمران 18 މި كلمة ގެ މާތްކަމާއި މުހިންމުކަމާއި މަތިވެރިކަން ޛިކުރު ކުރެވި كتاب އަދި سنة ގައި ވާރިދުވެގެންވާ ނައްޞުތައް ނުހަނު ގިނައެވެ.
شيخ الإسلام ابن تيميه رحمه الله ވިދާޅުވެފައި ވެއެވެ. ”މިކަލިމައިގެ މަތިވެރިކަމާއި، ހަޤީޤަތް އަދި ދީނުގައި ދެވިފައިވާ މަޤާމް ޞިފަކުރާ މީހުންގެ ޞިފަކުރުންތަކަށްވުރެ މާ މަތިވެރި އެވެ. މަޢުރިފާވެފައިވާ އަހުލުވެރިން ބަޔާންކޮށްދިނުމަށްވުރެންވެސް މާބޮޑެވެ. ފަހެ އެއީ ކަމުގެ އެންމެ މަތިވެރިވެގެންވާ ބައެވެ.“
އަޚާއެވެ. ދަނެގަތުން ހުއްޓެވެ. ތިބާއަށް ﷲ އަށް ކިޔަމަންގަތުމަށް ތައުފީޤު ދެއްވާށި އެވެ. ހަމަކަށަވަރުން لا إله إلا الله ދުލުން ބުނެލާ މީހާގެ ކިބައިން އޭގެ ޙައްޤުތައް ފަރުޟުތައް އަދި ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ އެންމެހައި ޝަރުޠެއް އަދާކޮށްފުމަށް ދާންދެން މެނުވީ ފައިދާއެއް ނުކުރާނެ އެވެ.
އެއީ މުހިއްމުވެގެންވާ ހަތް ޝަރުޠެކެވެ. ފަހެ ކޮންމެ މުސްލިމަކު މި ހަތް ޝަރުތު އުނގެނި އަދި عمل ކުރުން ވާޖިބުވެގެން ވެއެވެ. ފަހެ، އެކަލިމައިގެ މުރާދަކީ ހަމައެކަނި ލަފްޛު ކިޔައި ހިތުދަސްކުރުމެއް ނޫނެވެ. ދަންނަހުއްޓެވެ. ޢާންމު ކިތައް މީހުން ކައިރީގައި އެ ޝަރުތު ބަޔާންކުރުމަށް ސުވާލުކޮށްފި ހިނދު އެކަމަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ އަދި މި ޝަރުޠުތައް ދަސްކޮށްފައިވެ އެއާއި ފުށުއަރާ އިދިކޮޅުވާ އެ ޝަރުޠުތައް ނަފީކޮށްލާ ކަންތައްތަކަށް އަރައިގަނެފައިވޭ ހެއްޔެވެ؟
ފަހެ، ވުމުން އެދެވިގެންވަނީ علم އަދި عمل އެކުގައި ޖަމަޢަކުރުމެވެ. ތެދުވެރިކަމާއެކު لا إله إلا الله ކިޔުމެވެ. ހައްޤު ގޮތުގައި ތަޥްޙީދުގެ ކަލިމަ ޤާއިމްކުރާ ފަރާތެއްގެ ގޮތުގައި ވުމެވެ. ފަހެ ތަވްފީޤު ދެއްވުންވަނީ އެއްކައުވަންތަ ﷲ ގެ އަތްޕުޅުން ނެވެ. އިސްވެދިޔަ އަހަރެމެންގެ ޞަލަފުއް ޞާލިހުން لا إله إلا الله ގެ މި ޝަރުޠުތަކުގެ މުހިންމުކަމާއި އޭގައި ލާޒިމްވެ ދެމިހުރުން ވާޖިބުވެގެންވާކަން ބަޔާންކުރައްވާފައި ވެއެވެ.
އޭގެ ތެރޭގައި؛
الحسن البصري رحمه الله އަރިހުގައި ދެންނެވުނެވެ. ”ހަމަކަށަވަރުން މީސްތަކުން ބުނެ އެވެ. لا إله إلا الله ކިޔާ މީހާ ސުވަރުގެ ވަދެއްޖެ އެވެ. އެހިނދު ވިދާޅުވި އެވެ. لا إله إلا الله ކިޔައި އޭގެ ހައްޤުތައް އަދާކޮށް އޭގެ ފަރުޟު އަދާކޮށްފި މީހާ ސުވަރުގެ ވަންނާނެ އެވެ.“
فَرَزْدَق އެ ބޭފުޅާގެ އަނބިކަބަލުން ޤަބުރަށްލައި ވަޅުލަނިކޮށް الحسن ވިދާޅުވި އެވެ. ”މިދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން އެއްޗެއް ހެޔެވެ؟“ ދެންނެވި އެވެ. ހަތްދިހަ އަހަރުވަންދެން މެދުނުކެނޑި لا إله إلا الله އެވެ. ފަހެ الحسن ވިދާޅުވި އެވެ. ”ތައްޔާރުކުރި އެތީގެ ހެޔޮކަމާ އެވެ. އެހެނަސް لا إله إلا الله ގެ ޝަރުޠު ތަކެއް ވެއެވެ.
ސުވަރުގެއަށް ވަންނަން އޮތް ތަޅުދަނޑިއަކީ لا إله إلا الله ނޫންތޯ ބުނެ وهب بن منبه އަރިއަހުގައި ސުވާލު ދެންނެވި މީހަކަށް ޖަވާބުގައި ވިދާޅުވި އެވެ. ”އާދޭހެވެ. ތަޅުދަނޑިއެއް ކަމުގައި ވެއްޖެ ހިނދު އޭގައި ދަތްތަކެއް ވާނެ އެވެ. ފަހެ ތިބާ ދަތްތަކެއްވާ ތަޅުދަނޑި އަކާއިގެން އައިސްފި ހިނދު ހުޅުވޭނެ އެވެ. އެހެން ނޫންނަމަ ތިބާއަށްޓަކައި ނުހުޅުވޭނެ އެވެ.
لا إله إلا الله ޝަރުޠުތައް 7 ކެވެ.
العلم : لا إله إلا الله ގެ އެކުލެވިގެންވާ ނަފީކުރުމާއި ޘާބިތުކުރުމުގެ މާނަ އެނގިގެންވުމެވެ. އެއީ، ޖާހިލުކަން ނަފީކޮށްދޭ ޢިލްމެވެ.
اليقين : ޝައްކު ނަފީކޮށްދޭ ޔަޤީން ކަމެވެ.
الإخلاص: އެއީ ޝިރުކު އަދި ރިޔާ ނަފީކޮށްދޭ އިޚްލާސް ތެރިކަމެވެ.
الانقياد : އެއީ ނުކިޔަމަންތެރިކަން ނަފީކުރުވާ ކިޔަމަންތެރި ކަމެވެ.
الصدق : އެއީ ދޮގުކުރުން ނަފީކޮށްދޭ ތެދުވެރި ކަމެވެ.
المحبة : އެއީ ރުޅިވެރިކަމާއި ނުރުހުންތެރިކަން ނަފީކޮށްދޭ ލޯބިކުރުމެވެ.
القبول : އެއީ ރައްދުކުރުން ނަފީކުރުވާ ޤަބޫލް ކުރުމެވެ.
شُرُوط އަކީ ޝަރުޠުގެ ޖަމްޢު އެވެ. ލުޣަވީ ގޮތުން އޭގެ މާނައަކީ ޢަލާމާތެވެ. މިތަނުގައި އޭގެ މާނައަކީ ތަކުލީފު ޖެހިގެންވާ އަހުލުވެރިޔާގެ މައްޗަށް މަޢުރިފާވުން އަދި ޢަމަލުކުރުމަށް ވާޖިބު ވެ ލާޒިމްވެ ޢުޛުރުވެރި ނުވާނެ ކަންކަމެވެ. އެއީ އެގޮތުގައި ބޭރުފުށުންނާއި އެތެރެފުށުން މުޥައްޙިދެއް (ތަޥްޙީދުގެ އަހުލުވެރިއެއްގެ) ގޮތުގައިވުމަށެވެ.
شَرْط الأول : ފުރަތަމަ ޝަރުޠު
العلم : އެއީ لا إله إلا الله ގެ އެކުލެވިގެންވާ ނަފީކުރުމާއި ޘާބިތުކުރުމުގެ މާނަ އެނގިގެންވުމެވެ.
العلم ގެ ދަލީލަކީ ﷲ تعلى ގެ ވަޙީ ބަސްފުޅެވެ. ﴿فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ﴾ محمد 19. ފަހެ، اللَّه މެނުވީ ޙައްޤުވެގެން އަޅުކަން ކުއްތަންކުރެވޭ އިލާހަކު ނުވާކަމަށް ދެނެވަޑައިގަންނަވާށެވެ! އަދި އިބަ ނަބިއްޔާ ކުށަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ނަބިއްޔާ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!“ އަދިވެސް ވަޙީކުރެއްވި އެވެ. ﴿إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ ﴾ الزخرف 86. ”އެބައިމީހުން ދެނެތިބެ ހައްޤަށް ހެކިދިން މީހުން މެނުވީ އެވެ.“
އެބައިމީހުން ދުލުން ބުނި ބަސް އެބައިމީހުންގެ ހިތުގެ އަޑިން ދަންނަ ކަމެވެ.
ޞަޙީހުގައި ބަޔާންވެގެން ވެއެވެ. قَالَ رَسُولُ اللَّهِ ﷺ (مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لا إِلَهَ إِلا اللَّهُ دَخَلَ الْجَنَّةَ) ”އެމީހަކު މަރުވިހިނދު، ހަމަކަށަވަރުން ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ކުއްތަން ކުރެވޭ ފަރާތެއް ނުވާކަމުގެ ޢިލްމު ލިބިގެންވާމީހާއަށް ސުވަރުގެ ވަނުން މެނުވީ ނުވެ އެވެ.“
މި ޝަރުތުގައިވާ علم އާއި މެދު ބުނެވެ އެވެ. އޭގެ މާނަ އަކީ ނަފީކުރުމާއި ޘާބިތު ކުރުމުގެ ޢިލްމެވެ. މި ޝަރުޠުގައިވާ ފުރަތަމަ ބައި ނަފީގެ މާނައަކީ: ﷲ عزوجل ފިޔަވައި އެހެން އެންމެހައި ފަރާތްތަކުގެ ކިބައިން العبادة ނަފީކުރުމެވެ. ޘާބިތު ކުރުމުގެ މާނައަކީ ﷲ عزوجل އަށް އެކަނި އަޅުކަން ޘާބިތު ކުރުމެވެ.
ފަހެ ﷲ تعالى އެ އިލާހުގެ ملك ގައި އަދި خلق ކުރެއްވުމުގައި އެއްވެސް ބައިވެރިއެއް ލިބިވޮޑިގެންފައިވާ ނުވާފަދައިން، ﷲ އަށް އަޅުކަން ކުއްތަން ކުރުމުގައިވެސް އެއްވެސް ބައިވެރިއެއް شريك އެއް ނުވެ އެވެ.
މިއީ އެންމެހައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވުނު ދަޢުވަތުގެ މަޤްޞަދެވެ. އެ އެންމެހައި ރަސޫލުން عليه السلام ގެ ދަޢުވަތް މި ކަމުގެ މައްޗަށް އިއްތިފާޤުވެ ވަޑައިގެންފައި ވެއެވެ. ﷲ ވަޙީ ކުރެއްވި އެވެ. ﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾ الأنبياء25 ”ހަމަކަށަވަރުން ތިމަން އިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އިލާހަކު ނުވާކަމަށް، އެ ފަރާތަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، އިބަ ނަބިއްޔާގެ ކުރިންވެސް ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި ތިމަން އިލާހުއަށް އަޅުކަން އަޅުކަން ކުރާށެވެ.“
ﷲ އެ އިލާހުގެ ޚަލީލް ބަޔާންކުރައްވައި ވަޙީކުރެއްވި އެވެ. ﴿وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴾ “ إِبْرَاهِيمُ عليه السلام އެނަބިއްޔާގެ ބައްޕަ އަދި ޤައުމުގެ މީހުންނަށް ވިދާޅުވީހިނދު ހަނދުމަ ކުރާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާވަނީ ތިޔަބައިމީހުން އަޅުކަން ކުރާ ތަކެތިން ބަރީއަވެގެންނެވެ.“
ފަހެ، މި އާޔަތްތަކާއި މިނޫން އާޔަތްތަކުން ޞަރީޙަކޮށް ބަޔާންވެގެންދަނީ އެންމެހައި ނަބިއްޔުންނާއި ރަސޫލުން އެ ބޭކަލުންގެ ޤައުމުތަކަށް ދެއްވާފައިވާ ދަޢުވަތަކީ لا إله إلا الله ގެ މާނައަށް ހައްޤު އަދާ ކުރުމެވެ. އަދި އެކަލިމައިގެ މާނަ އަކީ لا معبود بحق إلا الله އެވެ.
الامام ابن السعدي رحمه الله ވިދާޅުވެފައި ވެއެވެ. ”العلم ކޮންމެހެންވެސް ހިތުން އިޤްރާރުވުން ލާޒިމް ވެގެންވެ އެވެ. މާނަ އަކީ އެއިން ބަޔާންވެގެންވާ އެންމެހައި ޢިލްމު ތަކެވެ. އަދި އެ ފުރިހަމަކޮށްދެނީ އެއިން ބަޔާންވެގެންދާ އެންމެހައި ކަންކަމުގެ މައްޗަށް ޢަމަލު ކުރުމެވެ. ފަހެ، ﷲ އަމުރުކޮށްފައިވާ މި ޢިލްމަކީ އެއީ ﷲ ގެ توحيد ގެ ޢިލްމެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ވެގެންވާ ޢިލްމެ ކެވެ. ކޮންމެފަދަ މީހެއް ކަމުގައިވިޔަސް އެމީހެއްގެ ކިބައިން މި ޢިލްމު ނުވެއްޓޭނެ އެވެ. އަދި ކިއެއްތަ! ކޮންމެ މީހަކުވަނީ އެއަށް ބޭނުން ޖެހިގެން ނެވެ. لا إله إلا الله ގެ ޢިލްމުގެ މައްޗަށް ވާޞިލްވުމަށް ކަންތައްތަކެއް ވެއެވެ.
ފުރަތަމައީ : އޭގެ އެންމެ މަތިވެރި ބައެވެ. ﷲ ގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުގެ މައްޗަށް ތަދައްބުރު ކުުރުމެވެ. އަދި އެ އިލާހުގެ ފުރިހަމަވަންތަކަން ދަލީލުކުރުވާ އެންމެހައި ޢަމަލުފުޅުތަކާއި މާތްވަންތަކަމާއި جلال ވަންތަ ކަމުގެ މައްޗަށް ތަދައްބުރު ކުރުމެވެ. ފަހެ ހަމަކަށަވަރުން މިކަންތައްތަކަކީ އެ އިލާހުއަށް ކުއްތަންވެ ދެމިހުރުމަށް ގަދައަޅާ ބާރު އަޅުވާނެ ކަންތައްތަކެވެ. އެންމެހައި ޙަމްދެއް އަދި މަތިވެރިކަން ލިބިވޮޑިގެންވާ ފަރާތަށް ފުރިހަމައަށް ލިބިވޮޑިގެންވާ ރައްބަށް އަޅުވެތިވެ އަޅުކަންކުރުން ހިމެނެ އެވެ.
ދެވަނައީ : ﷲ އީ خَلقُ ކުރެއްވުމުގައި އަދި ތަދުބީރު ކުރެއްވުމުގައި المُنفَرد (އެއްކައުވަންތަ) ފާރާތެއް ކަމުގެ ޢިލްމު އެނގިގަތުމެވެ. ފަހެ، އެހިނދު އެ އިލާހުއީ ހަމަކަށަވަރުން الأُلُوهية ގައި އެއްކައުވަންތަ ފަރާތެއް ކަމުގައި ދަންނަހުއްޓެވެ.
ތިންވަނައީ : އެ އިލާހުއީ ظاهر ނިޢުމަތްތަކާއި بَاطن ނިޢުމަތްތަކާއި ديني އަދި دنيوي އެންމެހައި ނިޢުމަތްތަކެއް ދެއްވުމުގައި المُنفَرد ފަރާތްކަމުގެ ޢިލްމު ދެނެގަތުމެވެ. ފަހެ، ހަމަކަށަވަރުން މިކަމަކީ އޭގެ ސަބަބުން ހިތް ﷲގެ ޙަޟުރަތަށް ހުޅުވާލެވޭ އަދި ﷲ އަށް ލޯބިވެވޭ، އެއްކައުވަންތަ ފަރާތަށް އަޅުވެތިވެވޭ ސަބަބެވެ.
ހަތަރުވަނައީ : އަހަރެމެންގެ ލޯމަށްޗަށް ފެނިފައިވި އަދި ޚަބަރުތަކުން އަޑުއިވިފައިވާ، ﷲ އެއްކައުވަންތަ ކުރުމާއި ތަޥްޙީދުގައި ޤާއިމްވެ ދެމިތިއްބެވި އަހުލުވެރިންނަށް ދުނިޔެމަތީގައި އަވަސްވެގެންވި ނަޞްރާއި، ދުނިޔެމަތީގައި ލިބިވަޑައިގެންނެވި ނިޢުމަތާއި، އެ އަހުލުވެރިންނާ ދެކޮޅުވި، ޢަދާވާތްތެރިވި ފަރާތްތަކަށް ލިބުނު ޢުޤޫބާތް ދެނެގަތުމެވެ. ފަހެ، ހަމަކަށަވަރުން މިކަންތައްތައް އެ ޢިލްމަށް ދަޢުވަތުދެ އެވެ. އެއީ، ހަމަކަށަވަރުން ﷲ تَعالى އީ އެއްކައުވަންތަ ކަމުގައިވުމާއި، އެންމެހައި އަޅުކަމެއް ކުއްތަންކުރުން ޙައްޤުވެގެންވަނީ އެފަރާތަށް ކަމެވެ.“
ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ ﴾ ”އެ އިލާހު ފިޔަވައި އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ޝަފާޢަތްތެރިކަމެއް މިލްކުވެގެނެއްނުވެ އެވެ. އެބައިމީހުން ދެނެތިބެ، ޙައްޤަށް ހެކިދިން މީހުން މެނުވީ އެވެ.“
ابن كَثِير ވިދާޅުވެފައިވެ އެވެ. ”މިތަނުގައި އިސްތިސްނާ ކުރެވިފައިވެ އެވެ. އެއީ ޢިލްމާއި ދަލީލުތަކުން ޙަޢްޤަށް ހެކިވި މީހާ ފިޔަވަ އެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށް ﷲ ގެ އިޛުނަފުޅާއެކު ޝަފާޢަތުން ފައިދާ ކުރާނެ އެވެ.“
اليقين : ޝައްކު ނަފީކޮށްދޭ ޔަޤީން ކަމެވެ. މީގެ މާނައަކީ އެމީހެއްގެ ނަފްސުގައި لاَإله إلا الله ކަލިމައިގެ މައްޗަށް ޔަޤީންކަން އޮތުމެވެ. އަދި އެ ޔަޤީންކަމަކީ އެއްވެސް ޝައްކެތްނުވާގޮތުގައި، އޮޅުމެއްނުވާގޮތުގައި ޔަޤީންކަން އޮތުމެވެ. އަދި އެއީ މުއުމިނު އަޅުތަކުން ﷲ ސިފަކޮށްފައިވާ ފަދައިންނެވެ. ﴿ إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ أُولَئِكَ هُمُ الصَّادِقُونَ ﴾ الحجرات:15 ”މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ ދެން އެ އީމާންކަމާމެދު ޝައްކު ނުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މުދާތަކާއި ނަފްސުތަކުން ﷲގެ މަގުގައި ޖިހާދު ކުރި މީހުންނެވެ. އެބައިމީހުންނީ ހަމަ ތެދުވެރިންނެވެ.“ މިތަނުގައިވާ ލަފްޟު لَمْ يَرْتَابُوا ގެ މާނައީ لَمْ يَشكُّوا އެވެ.
އަދިވެސް صحيح مسلم ގައި أبو هريرة h ގެ އަރިއަހުން ވާރިދުވެގެންވެ އެވެ. رسول الله r ޙަދީޘް ކުރެއްވި އެވެ. (أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَنِّي رَسُولُ اللهِ، لَا يَلْقَى اللهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلَّا دَخَلَ الْجَنَّةَ) “ لَا إِلَهَ إِلَّا اللهُ (ﷲމެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަންކުރޭވެނެ ފަރާތެއް ނުވާކަމަށް) ހެކިވުމާއި އަދި ހަމަކަށަވަރުން ތިމަން ނަބިއްޔާއަކީ ﷲގެ ރަސޫލާކަމަށް ހެކިވެ، އެ ގޮތުގައި ޝައްކެތް ކުރުމެއްނެތިހުރެ ﷲއާއި އަޅަކު ބައްދަލުކޮށްފި ހިނދުގައި، އެއަޅާއަށް ސުވަރުގެ ވަނުން ނޫނީ ނުވެ އެވެ.“
އަދިވެސް صحيح مسلم ގައި أبو هريرة رضي الله عنه ގެ އަރިއަހުން ވާރިދުވެގެންވެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطِ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ مُسْتَيْقِنًا بِهَا قَلْبُهُ فَبَشِّرْهُ بِالْجَنَّةِ) ”لَا إِلَهَ إِلَّا اللهُ ގެ މައްޗަށް ހިތުން ޔަޤީން ކަށަވަރުކޮށްފައިވާ ފަރާތަކާ މި حَائِطގެ ފުރަގަހުން ތިބާއާ ބައްދަލުވެއްޖެ ހިނދުގައި، އެމީހަކަށް އޭނާ ސުވަރުގެ ވަންނާނެކަމުގެ އުފާވެރި ޚަބަރު ދޭށެވެ.“
الإخلاص: އެއީ ޝިރުކު އަދި ރިޔާ ނަފީކޮށްދޭ އިޚްލާސް ތެރިކަމެވެ. މާނައަކީ، އޭނާގެ އެންމެހައި ޢަމަލުތަކެއް، އެންމެހައި ޝިރުކުގެ ޢަމަލުތައް، ބޭރުފުށަށް ފެންނަ ޝިރުކު އަދި ލޯމައްޗަށް ވަންހަނާވެގެންވާ ޝިރުކުތަކުން އެކަހެރިކޮށް، ﷲ އަށް އެންމެހައި ޢަމަލުތަކެއް ޚާލިޞް ކުރުމެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ أَلَا لِلَّهِ الدِّينُ الْخَالِصُ﴾ الزمر:3 ”ދަންނާށެވެ! ޚާލިޞްވެގެންވާ ދީން ވަނީ ﷲ އަށެވެ.“ އަދިވެސް ވަޙީކުރެއްވި އެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ﴾ البينة:5
صحيح ގައި أبو هريرة رضي الله عنه ގެ އަރިއަހުން ވާރިދުވެގެންވެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ) ”ހަމަކަށަވަރުން ތިމަންނަބިއްޔާގެ ޝަފާޢަތް ޤިޔާމަތް ދުވަހުގައި ޙާޞިލް ކުރުމަށް އެންމެ ގާތްވެގެންވީ (ކުރިއަރައިދާނެ) ފަރާތަކީ އެމީހެއްގެ ހިތުން ޚާލިޞް ކަމާއެކު لاَ إِلَهَ إِلَّا اللَّهُ ކިޔައިފި މީހާ އެވެ.“
الصدق : އެއީ ދޮގުކުރުން ނަފީކޮށްދޭ ތެދުވެރި ކަމެވެ. އެއީ، އޭނާ ހިތުގެ އަޑިން މިކަލިމަ ތެދުކުރުމާއެކު ކިޔުމެވެ. އޭނާގެ ދުލުން ކަލިމަ ކިޔާހިނދު ހަމައެފަދައިން އެގޮތުގައި ހިތުން ކަލިމައާ މެދުގައި ދެކިގެން ހުރުމެވެ. ﷲ ތަޢާލާ، މުނާފިޤުންގެ ނުބައި މުޑުދާރުކަން ބަޔާންކުރައްވާ ވަޙީކުރެއެްވި އެވެ. ﴿إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ﴾ المنافقون:1 ”ނަބިއްޔާގެ އަރިހަށް މުނާފިޤުން އަތުވެއްޖެހިނދު، އެބައިމީހުން ބުނެތެވެ. ހަމަކަށަވަރުން ނަބިއްޔާއަކީ ﷲގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމު އެވެ. ހަމަކަށަވަރުން އިބަނަބިއްޔާއަކީ އެކަލާނގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެ އެވެ. އަދި ހަމަކަށަވަރުން މުނާފިޤުންނީ ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެ އެވެ.“ އެބައިމީހުން ދުލުން މިކަލިމަ ކިޔަ އެވެ. އެހެނަސް އެއީ އެބައިމީހުން އެކަން ތެދުކޮށް ކިޔާފައިވުމެއް ނޫނެވެ. އަދިވެސް ﷲ ވަޙީކުރެއްވި އެވެ. ﴿الم أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ﴾ العنكبوت:1-3 ”މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެބައިމީހުން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން ތިމަން ﷲ އިމްތިޙާނު ކުރެއްވީމެވެ. ފަހެ، ތެދުވެރިވި މީހުން ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.“ الصحيحين ގައި معاذ بن جبل رضي الله عنه ގެ އަރިއަހުން ވާރިދުވެގެންވެ އެވެ. النبي ﷺ ޙަދީޘް ކުރެއްވި އެވެ. (مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ) ”އެއްވެސް މީހަކު لاَ إِلَهَ إِلَّا اللَّهُ އަދި مُحَمَّدًا رَسُولُ اللَّهِ ކިޔައި އޭގެމައްޗަށް ހެކިވެ ހިތުގެ އަޑިން ތެދުކޮށްފި ހިނދު، އެމީހެއްގެ މައްޗަށް ﷲ ނަރަކަ ޙަރާމް ނުކުރައްވައި މެނުވީ ނުވާނެ އެވެ.“
المحبة : އެއީ ރުޅިވެރިކަމާއި ނުރުހުންތެރިކަން ނަފީކޮށްދޭ ލޯބިކުރުމެވެ. މާނައަކީ، އެކަލިމަ ކިޔުމުގައިވާ ފާރަތަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އަދި އިސްލާމްދީނަށާއި ﷲ ގެ ޙުދޫދުތަކުގެ މަތީގައި ޤާއިމްވެ އަމުރުފުޅުތަކުގެ މަތީގައި ދެމިތިބޭ މުސްލިމުންދެކެ ލޯބިވާ ފާރަތެއް ކަމުގައިވާންޖެހުމެވެ. އަދި لاَ إِلَهَ إِلَّا اللَّهُ ކަލިމައާ ޚިލާފްވާ މީހުންދެކެ ރުޅިވުމެވެ. އަދި ހަމައެފަދައިން އެ ކަލިމަ ގެއްލުވާލާނެ، ނެތިކޮށްލާނެ ޝިރުކު ނުވަތަ ފުރިހަމަކަން ގެއްލުވާ ފާފަތަކާއި ބިދުޢަތަކުގެ އަހުލުވެރިންދެކެ ރުޅިވުމެވެ. ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ މައްޗަށް ޢަމަލު ކުރުމަށްޓަކަ އެވެ. ޙަދީޘް ކުރެއްވި އެވެ. (أوثق عرى الإيمان الحب في الله والبغض في الله) ”އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ ﷲއަށްޓަކައި ލޯބިވުމާއި އަދި ﷲއަށްޓަކައި ރުޅިވުމެވެ.“ ފަހެ، އީމާންކަމުގެ މައްޗަށް المحبة ޝަރުޠު ކުރެވިފައިވާކަން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި ﷲ ވަޙީ ކުރެއްވި އެވެ. ﴿وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ﴾ البقرة:165 ”އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު މީސްތަކުންގެ ތެރޭގައިވެ އެވެ. ﷲދެކެ ލޯބިވާ ފަދައިން އެބައިމީހުން އެ ޝަރީކުންދެކެ ލޯބިވެތެވެ. އަދި އީމާންވި މީހުން ﷲދެކެ ލޯބިވުން މާބޮޑެވެ.“ الصحيحين ގައި رضي الله عنه ގެ އަރިއަހުން ވާރިދުވެގެންވެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ حَلَاوَةَ الْإِيمَانِ : أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا ، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلَّهِ ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ) ”އީމާންކަމުގެ ފޮނި ރަހަ ޙާޞިލްވެގެނެދާނެ ތިން މީހަކުވެ އެވެ. އެހެން އެންމެހައި މީސްތަކުންގެ މައްޗަށް ﷲ އާއި ރަސޫލާ ދެކެ ލޯބިވާ މީހާ އެވެ. އެއްވެސް މީހަކުދެކެ ﷲ އަށްޓަކައި މެނުވީ ލޯތްބެއް ނުވުމެވެ. ނަރަކައިގެ ތެރެއަށް ވެއްޓިދިއުމުގެ މައްޗަށް ނަފްރަތު ކުރާ ފަދައިން އޭނާ ކުފުރުގެ ތެރެއަށް ގޮސްދާނެކަމުގެ މައްޗަށް ނަފްރަތު ކުރުމެވެ.“
الانقياد : އެއީ ނުކިޔަމަންތެރިކަން ނަފީކުރުވާ ކިޔަމަންތެރި ކަމެވެ. لاَ إِلَهَ إِلَّا اللَّهُ ކަލިމަ ދުލުން ކިޔާމިހާ ކޮންމެހެންވެސް ﷲ ގެ ޝަރީޢަތަށް ކިޔަމަންގަންނަން ޖެހޭނެ އެވެ. އަދި އެ ޝަރީޢަތުގެ ޙުކުމްތަކަށް ބޯލަނބަން ޖެހޭނެ އެވެ. އަދި ޝަރީޢަތް ފުރިހަމަވެގެންވާ ޤަބޫލުކުރުމަކުން ޤަބޫލުކުރަން ޖެހޭނެ އެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ ﴾ الزمر:54 ”އަދި ތިޔަބައިމީހުން ﷲއަށް ތަޥްބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ.“ އަދިވެސް ވަޙީކުރެއްވި އެވެ. ﴿وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ﴾ النساء:125 ”ހެޔޮކަންތައްކުރާ މީހަކު ކަމުގައިވާ ޙާލު، އެމީހެއްގެ އެންމެހައި ކަންތައް ﷲ އަށް ކިޔަމަންކޮށް އަދި ބާޠިލްމަގުން އެއްކިބާވެއްޖެ މީހާއަށްވުރެ ދީނުގެ ގޮތުން ހެޔޮކަންބޮޑީ ކާކު ހެއްޔެވެ؟“
މި ދެއާޔަތުގައިވާ أَسْلِمُوا އަދި أَسْلَمَ އަކީ ކިޔަމަންތެރިކަމާ އެކު ބޯލެނބުމެވެ.
القَبُول : އެއީ ރައްދުކުރުން ނަފީކުރުވާ ޤަބޫލުކުރުމެވެ. ފަހެ، ކޮންމެހެންވެސް މި ކަލިމަ އޭނާގެ ހިތާއި ދުލުން ޙައްޤުގޮތުގައި ޤަބޫލުކުރުން ލާޒިމްވެގެންވެ އެވެ. ހަމަކަށަވަރުން އަހަރުމެންނަށްވުރެ ކުރިން މި ކަލިމަ ފުރިހަމައަށް، ޙައްޤުގޮތުގައި ޤަބޫލުކުރެއްވި ﷲ ގެ ނަބިއްޔުން، އެ ބޭކަލުން އެ ޤަބޫލުކުރުމުގެ ސަބަބުން ސަލާމަތްކުރެއްވިކަން ﷲ ބަޔާންކުރައްވާފައިވެ އެވެ. ވަޙީ ކުރެއްވި އެވެ. ﴿ثُمَّ نُنَجِّي رُسُلَنَا وَالَّذِينَ آمَنُوا كَذَلِكَ حَقًّا عَلَيْنَا نُنْجِ الْمُؤْمِنِينَ﴾ يونس:103 ”ދެން ތިމަން ﷲ ރަސޫލުންނާއި އީމާންވި މީހުން ސަލާމަތް ކުރައްވަމެވެ. އަދި ހަމައެފަދައިން މުއުމިނުން ސަލާމަތް ކުރެއްވުމަކީ ތިމަން އިލާހުއަށްއޮތް ޙައްޤެކެވެ.“ ތަޥްބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ.“ އަދިވެސް ވަޙީކުރެއްވި އެވެ. ﴿إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ﴾ الصافات:35-36 ”ހަމަކަށަވަރުން އެބައިމީހުންގެ ގާތުގައި ﷲމެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަންކުރުން ޙައްޤުވެގެންވާ އިލާހެއް ނުވާކަމުގައި ބުނެފިހިނދު އެބައިމީހުން ބޮޑާވެގަންނަ ބަޔަކު ކަމުގައިވެ އެވެ. އަދި އެބައިމީހުން ބުނެތެވެ. ހަމަކަށަވަރުން މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނަން ހެއްޔެވެ؟“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.