ރާފިޟީ ޝީޢީންގެ ނުބައިވެގެންވާ ޢަޤީދާ، އެމީހުންގެ ބޮޑެތި ފޮތްތަކުގެ އަލީގައި

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޝީޢީން ގެ އެންމެ މުޤައްދަސް އެއް ފޮތްކަމުގައިވާ ކުލައިނީ ލިޔެފައިވާ ފޮތް الكافي، މި ފޮތަކީ އަހުލުއް ސުންނަތް صحيح البخاري ބަލައިގަނެފައިވާ ފަދައިން، ޝީޢީން ބަލައިގަނެފައިވާ އެމީހުންގެ އެންމެ މުޤައްދަސް އެއް ފޮތެވެ.

މިފޮތުގައި އެކުލެވިގެން ބާބުތަކުގެ ތެރޭގައި :

ބާބު : ހަމަކަށަވަރުން އިމާމުންނަށް (ޝީޢީން އެބައިމީހުންގެ ދީނުގައި ކޮންމެހެންވެސް އެބަޔަކީ އިމާމުން ކަމުގައި އީމާންވާންޖެހޭ އިމާމުން) އެބައިމީހުން މަރުވާނެ ވަޤުތު އެނގިގެންވެ އެވެ. އަދި އެބައިމީހުންގެ އިޚްތިޔާރުގައި ނޫނީ އެބައިމީހުން މަރެއް ނުހިއްޕެވޭނެ އެވެ. (1- 258)

ބާބު : ހަމަކަށަވަރުން އިމާމުންނަށް ވެ ނިމިފައިވާ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އަދި ވާނޭ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އެބައިމީހުންނަށް صلوات الله عليهم ވަންހަނާވެފައިވާ އެއްވެސް ކަމެއް ނުވާނެ އެވެ. (1- 260)

ބާބު : ހަމަކަށަވަރުން އިމާމުންނަކީ ﷲ ގެ ނޫރެވެ. (1- 194)

މިބައިމީހުން އިމާމުން ކަމުގައި ބުނެފައިވާ ފަރާތްތައް އެބައިމީހުންވަނީ ނަބިއްޔުންނާއި ރަސޫލުންނަށް ވުރެ މައްޗަށް ގެންގޮއްސަ އެވެ. މި މިީސްތަކުންގެ ތެރެއަށް މިޒަމާނުގައި ފާޅުވެފައިވާ ޝީޢީއެއް ބުނެފައިވެ އެވެ.

”އަހަރެމެންނަކީ ޝީޢީން ނެވެ. މަޢުޞޫމް ފަރާތްތަކަށް ފަހުގައި، الله ﷻ ގެ ވަލީވެރިން ކަމުގައި އަހަރެމެން އަޤީދާގައި ޤަބޫލުކުރަނީ 14 އިމާމެކެވެ. އެއީ، ސައްޔިދުނާ އިބްރާހީމް އަލް-ޚަލީލު صلوات الله عليه އެވެ. ޢިލްމުވެރިންގެ ތަޙްޤީޤުތަކުން ހޯދަފައިވާ މިންވަރުން (އިނގޭ ގޮތުގައި) އެންމެހެޔޮވެގެންވާ ޚަލްޤަކީ އަހަރެމެންގެ ނަބިއްޔާ صلى الله عليه އަދި އާލުންނެވެ. އެއަށްފަހުގައި އަމީރުލް މުއްމިނީން (ޢަލީ ބިން އަބީ ޠާލިބް رضي الله عنه) އަދި ޒަހްރާ صلوات الله و سلامه عليهما މި ދެފަރާތްވެސް ވަނީ އެއް ދަރަޖައެއްގަ އެވެ. އެއަށްފަހުގައި އަލް-ޙަސަން އެއަށްފަހު އަލް-ޙުސައިން އެވެ. އެއަށްފަހުގައި އަހަރެމެންގެ މައުލާނާ އަލްއިމާމް އަލްމަހްދީ صلوات الله عليه އެވެ. އެއަށްފަހުގައި އަލް-ޙަސަންގެ ދަރިފަސްކޮޅުގެ އިމާމުންނެވެ. އެއީ އަލް-ސައްޖާދް އިން ފަށައިގެން އަލް-ޢަސްކަރީ އާ ހަމައަށެވެ. މި އެންމެންވަނީ އެއްދަރަޖަ އެއްގަ އެވެ. އެއަށްފަހުގައި އިބްރާހިމް އަލް-ޚަލީލު صلوات الله عليه އެވެ.“ أغلو في بعض القرابة ص 10

ﷲ ފޮނުއްވި ނަބިއްޔުންނާއި ރަސޫލުން އަދި ޞިއްދީޤުންނާއި ޞާލިޙް އަޅުތަކުންނަށް ލިބިދިޔަ މަޤާމަކީ ކޮބާ؟

الشيخ عبد المحسن العباد حفظه الله ވިދާޅުވެފައިވެ އެވެ. ”މީނާ ދައްކާފައިވާ މިބަސްތައް އެއްމެ ވައްތަރީ މި ޒަމާނުގައި ފާޅުވި އެބައިމީހުންގެ ޒަޢީމް، އަލް-ޚުމައިނީގެ ބަސްތަކާއެވެ.“ أغلو في بعض القرابة ص 10

ސަބަބަކީ އަލް-ޚުމައިނީ، މިބަސްތަކާއި ނުބައްދަލު، ޞަރީޙަ ކުފުރުވާނެ ފަދަ ބަސްތައް އޭނާ ލިޔެފައިވާ ފޮތް الحكومة الإسلامية ގައި ބުނެފައިވެ އެވެ.

ޚުމައިނީގެ ބައެއް އަޤީދާ :

1. ޚުމައިނީ ދަޢުވާކުރާގޮތުގައި، ހަމަކަށަވަރުން ނަބިއްޔުންނާއި ރަސޫލުން ސަމާވީ ރިސާލަތް ފުރިހަމަ ނުކުރެ އެވެ.

2. ޚުމައިނީ ބުނެފައިވެ އެވެ. ”އަހަރެމެންގެ މަޛްހަބުގެ ޟަރޫރީ ކަންތައްތަކުގެ ތެރޭގައި ހިމެނިގެންވެ އެވެ. އަހަރެމެންގެ އިމާމުންނަށް ލިބިފައިވާ (އުފިލިގެންވާ) މަޤާމަކީ، ﷲ އާ ކުށްތަންވެގެންވީ މަލާއިކަތަކަށްވެސް އަދި ﷲ ފޮނުއްވި ރަސޫލަކަށްވެސް ލިބިގެން ނުވާފަދަ މަޤާމެކެވެ. (އެއިން އެއްވެސް ފަރާތަކަށް އެ މަޤާމަކާއި ހިސާބަކަށް ނުފޯރަ އެވެ.)“

سيحان الله ! މިއީ ﷲ އަށް ކުފުރުވުން ނޫންހެއްޔެވެ؟ މީގެ ފަހަތުގައި އިތުރު ކުފުރެއްވޭ ތޯ އެވެ؟

3. ޚުމައިނީ ބުނެފައިވެ އެވެ. ނަބިއްޔާ ﷺ ގެ ޞާޙާބީންގެ ތެރެއިން އިނގިލިން ގުނާލެވޭހާ މަދު ޞަޙާބީން ނޫނީ އެހެން އެންމެހައި ޞަޙާބީންނަކީ ކާފަރުން ކަމުގަ އެވެ. އަދި އަބޫބަކުރު رضي الله عنه ޢުމަރު رضي الله عنه އެއީ ކާފަރުން ކަމުގައި ދެކެން ޖެހޭނެ އެވެ.

4. ޚުމައިނީ ލިޔެފައިވާ ފޮތް تحرير الوسيلة މި ފޮތުގައި ޝީޢީންނަށް ޚާއްޞަވެގެންވާ ކަންތައްތައް ގޮތުގައި، ޚުމައިނީ ބުނެފައިވެ އެވެ.

އަނބިމީހާގެ ފުރަގަސްފަރާތް ބޭނުން ކުރުން ހުއްދަވުން، އަނބިމީހާ އަދި އަނބިމީހާގެ ބޮޑުދައިތައާ އެއްފަހަރާ ކައިވެނިކުރުން ހުއްދަވުން. ނަމާދުގައި އެއްއަތްމަތީ އަނެއް އަތް ބާއްވައިފި މީހާގެ ނަމާދު ބާޠިލްވާނެކަން.

(ބަޔާންވެދިޔަ އެންމެހައި ނުކުތާތައް ނެގިފައިވަނީ الموسوعة الميسرة ص 437،438)

الشيخ صالح الفوزان حفظه الله (ޞަޙާބީންނަށް މިފަދައިން ބުނެ، ރާފިޟީ، ޝީޢީން ކާފަރު ކުރުމާއި) މެދުގައި ވިދާޅުވެފައިވެ އެވެ. ”ތިޔަފަދަ މީހާވަނީ އިސްލާމްދީނުން ބޭރުވާނެ ކަންތައްތަކުގެ ތެރެއިން ކަމަކަށް އަރައިގެންފަ އެވެ. (އެބަޔަކު) ﷲ ގެ ބަސްފުޅު ދޮގުކޮށް، (ނަބިއްޔާގެ އަނބިކަނބަލުން) عائشة، އެކަލާނގެ އެބައިމީހުންގެ ބަސްތަކުން ބަރީޢަ ނުކުރާކަމުގައި ބުނެފި މީހާއަކީ ކާފަރެކެވެ. ސަބަބަކީ، އެބައިމީހުން ﷲގެ ބަސްފުޅު ދޮގުކުރެ އެވެ. އަދި އެބައިމީހުން ރަސޫލާގެ ބަސްފުޅުތައް ދޮގު ކުރެ އެވެ. އަދި މުސްލިމުން އިޖްމާޢުވެފައިވާ ޢިޖްމާޢު އެބައިމީހުން ދޮގުކުރެ އެވެ. އެއީ عائشة رضي الله عنها ގެ މައްޗަށް މުނާފިޤުން (އެބައިމީހުން ބުނެފައިވާ ނުބައިވެގެންވާ) ބަސްތަކުން ބަރީއަ ވެގެންވާ ކަމެކެވެ. އެފަދައިން އެ ކަމަނާ އެކަންތަކުން ބަރީއަ ނުކުރާ މީހާއަކީ ކާފަރެކެވެ. ފަހެ އެފަދަ އިންސާނާއަކީ ﷲ، އަދި ރަސޫލާ، އަދި މުސްލިމުން އެކަމަށް އިޖްމާޢުވެގެންވާ ކަންތައް ދޮގުކޮށްފައިވާ މީހެކެވެ. ޤުރުއާނަކީ ފުރިހަމަ ވެގެންވާ އެއްޗެއް ނޫންކަމުގައި، ނުވަތަ ބާވައިލެއްވިފައިވާ މި ޤުރުއާނަކީ، މިއީ محمد ﷺ މައްޗަށް ބާވައިލެއްވުނު ޤުރުއާނެއް ނޫންކަމާއި، ނުވަތަ (އަޞްލު) ނަބީކަން ލިބިފައިވަނީ علي رضي الله عنه އަށް އެހެނަސް ޖިބްރީލްއަށް އޮޅިވަޑައިގެން، محمد ﷺ އަށް ނަބީކަން ދެއްވި ކަމާއި، ނުވަތަ علي رضي الله عنه އަކީ އެއީ އިލާހެއް ކަމުގައި ބުނުމާއި، ފަހެ، އެއްވެސް ޝައްކެތް ނުވާ ގޮތުގައި މިމީހުންނަކީ ކާފަރުވެފައިވާ ބައެކެވެ. އަދި ކިޔެއްތޯ އެވެ. ޞަޙާބީން އާންމުގޮތެއްގައި ކާފަރުކުރާ މީހާއަކީ ކާފަރެކެވެ. އާންމުކޮށް ޞަޙާބީން ކާފަރު ކުރާމީހާއަކީ ކާފަރެކެވެ. ހަމަކަށަވަރުން އޭނާއަކީ ﷲ އަދި ރަސޫލާ ދޮގުކޮށްފައިވާ މީހެކެވެ. ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ. ﴿لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ﴾ [الفتح: 18] ”ހަމަކަށަވަރުން ގަސްދޮށުގައި އެބައިމީހުން، އިބަނަބިއްޔާއަށް ބައިޢަތު ހިފާ ހިނދު، އެ މުއުމިން ތަކުންނާއިމެދު ﷲ ރުހިވޮޑިގެންފި އެވެ.“ އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ لَقَدْ تَابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنْصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ ﴾ [التوبة: 117] ”ހަމަކަށަވަރުން ނަބިއްޔާގެ މައްޗަށާއި، މުހާޖިރުންނާއި އަންޞާރުންގެ މައްޗަށް ﷲ ތަޥްބާ ލެއްވި އެވެ. އެބައިމީހުންނީ، ދަތިކަމުގެ ވަޤުތުގައި އެނަބިއްޔާއަށް ތަބަޢަވީ މީހުންނެވެ.“ އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ﴾ [التوبة: 100] ”މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި އަހުލުވެރިންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބަޢަވި މީހުން ދަންނާށެވެ. ﷲ އެބައިމީހުންނަށް ރުހިވޮޑިގެންފި އެވެ. އަދި އެބައިމީހުންވަނީ އެކަލާނގެއަށް ރުހިގެންފަ އެވެ.“ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުން ތިމަންނަބިއްޔާގެ ޞަޙާބީންނަށް އެއްޗެހި ނުކިޔާށެވެ.“

ފަހެ ޞަޙާބީން ޢާންމުކޮށް ކާފަރު ކުރާމީހާއަކީ އަކީ ކާފަރެއްކަމުގައި އެއްވެސް ޝައްކެތް ނެތެވެ. ސަބަބަކީ، އޭނާ އެވަނީ ﷲ އާއި ރަސޫލާ އަދި މުސްލިމުންގެ އިޖްމާޢު ދޮގުކޮށްފަ އެވެ.“ http://goo.gl/iTy5MF

އަލް-ޚުމައިނީ ބުނެފައިވެ އެވެ. ”ޞަޙާބީން ނަބިއްޔާ އަރިހުގައި ތިބީ އެއްވެސް ޙާލެއްގައި ދީން ހޯދުމަށާއި ދީން ފަތުރާކަށެއް ނޫނެވެ. އެހެނަސް އެބައިމީހުން ތިބީ ދުނިޔެ ހޯދުމަށެވެ.“ التعادل والترجيح ص 26

އަލް-ޚުމައިނީ ބުނެފައިވެ އެވެ. ”އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައިފައިވާ ނުބައި ވެރިން މިޘާލަކަށް ޔަޒީދް، މުޢާވިޔާ، ޢުޘްމާނު ފޮނުއްވި އިލާހަކީ އެއީ އިލާހެއް ނޫނެވެ.“ كشف الأسرار ص 107

އަލް-ޚުމައިނީ ބުނެފައިވެ އެވެ. ”ﷲ އެކަލާނގެ ފޮތުގައި ޒަކާތްބެހިގެންދާ 8 ބައި، ބަޔާންކުރެއްވި އެވެ. އަދި އެއަށްފަހުގައި أبو بكر އެތަނުން އެއްބައި ވައްޓާލިއެވެ. އެކަން ކުރެއްވީ عمر އެކަމަށް ނަޞޭޙަތްތެރި ވެގެންނެވެ.“ كشف الأسرار ص 135

އަލް-ޚުމައިނީ ބުނެފައިވެ އެވެ. “ عمر ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަނިޔާ ދިނެވެ. عمر ގެ މި ކަންތައްތަކަކީ ޢުމަރު ގެ ހިތުގެ އަޑީގައިވާ މުރުތައްދުކަމާއި ކުފުރުގެ ނަތީއްޖާ އެވެ.“ كشف الأسرار ص 119

އަލް-ޚުމައިނީ ބުނެފައިވެ އެވެ. “ عمر ގެ ނުބައި ނުލަފާކަން އަދަދު ނުކުރެވޭހާ ގިނަގުނަ އެވެ. އޭނާ ވަނީ ﷲ ގެ ޝަރީޢަތް ބަދަލުކޮށްފަ އެވެ.“ كشف الأسرار ص 172

މިއީ ޚުމައިނީގެ ބަސްތަކުގެ ތެރެއިން އޮށްޓަރެއްހާ މަދު މިންވަރެކެވެ. މިފަދަ ބަޔަކު ސުންނީންނަށް ހެޔޮކޮށް ހިތާނެ ހެއްޔެވެ!

ޝީޢީ، ރާފިޟީން ވަނީ އިސްލާމްދީނުގައި އެންމެ ފުރަތަމަ ތިން ޚަލީފާއިންގެ ކިބައިން ބަރީޢަވެގެންނެވެ. އަދި އެ ތިން ޚަލީފާއަށް ނިސްބަތްކޮށް އެންމެ ހަޑިހުތު ބަސްތައް މުޚާޠަބު ކުރެ އެވެ. އެބައިމީހުން ދެކެނީ، ތިން ޚަލީފާއިންނަކީ علي ގެ ކިބައިން ޚިލާފަތް ފޭރިގެންފައިވާ ބައެއް ކަމުގަ އެވެ. އަދި އެބައިމީހުން އަބޫބަކްރު އަދި ޢުމަރު އެއީ ﷲ ގެ ލަޢުނަތް ލިބިގެންވާ ބައެއްކަމުގައި ބުނެ އެވެ. އަދި ނުހަނު ގިނަ ޞަޙާބީން އެއީ ﷲ ލަޢުނަތް ލެއްވި ބައެއްކަމުގައި ބުނެ އެވެ. الموسوعة الميسرة ص 55

މިއީ މުސްލިމުން ހެއްޔެވެ؟!!!

ޝީޢީ، ރާފިޟީންނަކީ މި އުއްމަތުގެ މާތް ނަބިއްޔާ ﷺ ގެ ޤަދަރު ކުޑަކޮށް، އަދި ނަބިއްޔާ ﷺ ގެ އަނބިކަބަލުންގެ މައްޗަށް އެންމެ ބޮޑެތި ފާޙިޝް ޢަމަލު ކޮށްފައިވާ ކަމުގައި ބުނަމުންދާ ބަޔަކަށްވީއިރު، އަދި މި ފަހުގެ ދުވަސްތަކުގައި މި ގޮތްތަކުގައި އެންމެ ބޮޑަށް މި ކަންތައް ދިރުވާ މަސައްކަތްކުރި ނުބައި ނުލަފާ ކަމުގައި ދެވަނައެއް ނުވާ ޚުމައިނީއަށް އިސްލާމް ދީން ދަންނަ އެކަކުވެސް، އެބައިމީހުންނަށް އިޚްތިރާމް އަދި ޤަދަރު ކުރާނެ ތޯ އެވެ.

ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. ”އަހަރެމެންނަށް (އިމާމުންނަށް) ﷲ ގެ ޙަޟުރަތުގައި ޙާލާތްތަކެއް ލިބިގެންވެ އެވެ. އެ (ޙާލާތްތަކަކީ) ނަބިއްޔަކަށްވެސް ރަސޫލަކަށްވެސް ލިބިގެންދާނެ ޙާލާތްތަކެއް ނޫނެވެ.“

ޚުމައިނީ މިފަދައިން ބުނާއިރު، ނަބިއްޔުންނާއި ރަސޫލުން ކޮބައިހެއްޔެވެ؟ ﷲ ދީނުގައި ޞިއްދީޤުން އަދި ޞާލިޙުންނަށް ލިބިދިޔަ މަޤާމެއް ނެތުނީ ހެއްޔެވެ؟

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ފަހެ، އެ ޞަހާބީންނަށް އެއްޗެހި ކިޔައިފި މީހާ، އެޞަޙާބީންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރި މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ. ފަހެ، އެފަދަ މީހާއަކީ މުނާފިގެއްކަމުގައިވެ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހެއްކަމުގައިވާނެ އެވެ.“ الصارم المسلول 571

ޝީޢީންގެ އެންމެ މުޤައްދަސް ފޮތް الكافي ގައި ބަޔާންވެގެންވެ އެވެ. ”އަދި އަހަރެމެންގެ އަތުގައި މުސްޙަފް ފާޠިމާ ވެ އެވެ. (ސުންނީ މުސްލިމް އަތުގައިވާ ޙަތިމް ނޫން އެހެން ޙަތިމެއް އެ ޙަތިމަށް އެމީހުން ކިޔަނީ މުސްޙަފް ފާޠިމާ) އެ މުސްޙަފްގައިވަނީ ކޯންޗެއްތޯ އެވެ؟ އެއަށްފަހު ބުނެފައިވެ އެވެ. ތިޔަބައިމީހުންގެ އަތުގައިވާ ޤުރުއާނަށްވުރެ ތިންގުނަ އޭގައި އިތުރުވެގެންވެ އެވެ. ﷲ ޤަންދީ ބުނަމެވެ. ތިޔަބައިމީހުންގެ އަތުގައިވާ ޤުރުއާނުގެ އެންމެ އަކުރެއްވެސް އެ ޤުރުއާނުގައި ނުވެ އެވެ.“ الموسوعة الميسرة ص 55

މި ނުބައި ފާޖިރު އަހުލުވެރިންނަށް ތަބަޢަވުމުގައިވާ ޖަމާޢާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެ އެވެ.

الإمام البغوي رحمه الله ތަފްސީރުގައި ގެންނަވާފައިވެ އެވެ. ”مالك بن مغول ވިދާޅުވި އެވެ. عامر بن شراحيل الشعبي ވިދާޅުވި އެވެ. އޭ مالك އެވެ. ޔަހޫދީންނާއި ނަޞާރާއިން، ރާފިޟީންނަށްވުރެ އެންމެކަމެއްގައި މަތިވެރިވެގެންވެ އެވެ. ޔަހޫދީން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ހެޔޮމީހުންނަކީ ކޮބައިތޯ އެވެ. އެބައިމީހުން ބުންޏެވެ. موسى عليه الصلاة والسلام ގެ އަޞްޙާބުންނެވެ. ނަޞާރާއިން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ހެޔޮ މީސްތަކުންނަކީ ކޮބައިތޯ އެވެ. އެބައިމީހުން ބުންޏެވެ. عيسى عليه الصلاة والسلام ގެ ޙަވާރީންނެވެ. ރާފިޟީން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ނުބައިވެގެންވާ މީސްތަކުންނަކީ ކޮބައިތޯ އެވެ؟ ފަހެ، އެހިނދުގައި އެބައިމީހުން ބުންޏެވެ. ނަބިއްޔާ ﷺ ގެ އަޞްޙާބުންނެވެ. އެ ޞަޙާބީންނަށް އިސްތިޣްފާރު ކޮށްދިނުމަށް އަމުރުކުރެވުނު ހިނދުގައި އެބައިމީހުން ހަޑިމުޑުދާރު އެއްޗެހި އެ ޞަޙާބީންނަށްކިޔަ އެވެ.“

الإمام الشيخ العثيمين ވިދާޅުވެފައިވެ އެވެ. ”އެންމެހައި ބިދުޢަތަކުގެ، އަޞްލު އައިސްފައިވަނީ ރާފިޟީންގެ ތެރެއިންނެވެ. އިސްލާމްދީނުގެ މައްޗަށް އޮތް އެންމެހައި ވަބާތަކުގެ އަޞްލަކީ އެއީ އެވެ.“ القول المفيد 416/1

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply