ޢަރަފާތް ދުވަހުގައި ދުޢާކުރުން މޮޅުއިތުރު ވެގެންވާ ވަޤުތަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޢަރަފާތް ދުވަހަކީ، މުޅި ދުވަހަކީވެސް ދުޢާ ދެންނެވުމުގެ ވަޤުތެކެވެ. އަދި ކިޔެއްތަ! އެ ދުވަހުގައި ކުރެވޭ ދުޢާއަކީ އެންމެ ހެޔޮވެގެންވާ ދުޢަ އެވެ.

ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(خيرُ الدُّعاءِ يومُ عرفةَ، و خيرُ ما قلتُ أنا و النَّبيون من قبلي لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ)

”އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށްވުރެ ކުރިން އިސްވެދިޔަ ނަބިއްޔުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ އެވެ. މާނައީ : ﷲ ތަޢާލާ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އެހެން އިލާހެއް ނުވެއެވެ. އެ އިލާހުއީ އެއްކައުވަންތަ އިލާހެވެ. އެ އިލާހުއަށް އެއްވެސް ބައިވެރިޔަކު ލިބިވޮޑިގެންނުވެއެވެ. އެ އިލާހުއަށް އެންމެހައި ވެރިކަމެއް ލިބިވޮޑިގެންވެ އެވެ. އަދި އެ އިލާހުއަށް އެންމެހައި ޙަމްދެއް ހުއްޓެވެ. އަދި އެ އިލާހުއީ އެންމެހައި ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.“ صحيح الجامع 3274

 

ޢަރަފާތް ދުވަހަކީ ދުޢާ ކުރުމުގެ ދުވަހެއްގެ ގޮތުގައި ވުމުގެ އިތުރަށް އެދުވަހުގެ މެންދުރާއި އަދި ޢަޞްރު ފަހުން ދުޢާކުރުން ބޮޑަށް ހެޔޮވެގެންވެ އެވެ. އެއީ، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވެގެންވާ ގޮތެވެ.

އިމާމް الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެ މަތިވެރި، ހެޔޮ ވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ފަހެ، ހަމަކަށަވަރުން (އެ ދުވަހު ދުޢާ ކުރުމަށް މާތްވެގެންވާ ވަޤުތަކީ) މެންދުރާއި ޢަޞްރު ނަމާދުގެ ފަހުގެ ވަޤުތެވެ.“

الاستغاثة ٢٨٢.

 

ވުމާއެކު، މުޅި ދުވަހުގައި ދުޢާ ކުރުމުގައިވެސް ދެމިހުރުންވެ އެވެ. އަދި އަޞްރު ފަހުން ދުޢާކުރުން ބޮޑަށް ބާރުއެޅުންވެ އެވެ.

އަދި ޚާއްޞަކޮށް އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވާ ޛިކުރު ކިޔުމުގައިވުން މޮޅުއިތުރުވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply