namaad

ފިރިހެނުންނަށް ޟުޙާ ނަމާދު ގޭގައި ކުރެވިދާނެތޯއެވެ؟

އެންމެހައި ސުންނަތް ނަމާދުތަކެއް ކުރުން އަބަދުވެސް ހެޔޮކަން ބޮޑުވެގެންވަނީ ގޭގައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (أفضل صلاة المرء في بيته إلا المكتوبة) ” އެމީހެއްގެ ގޭގައި ކުރާ ނަމާދަކީ އެންމެ ހެޔޮވެގެންވާ ނަމާދެވެ. ފަރުޟު ނަމާދުތައް ފިޔަވައެވެ.”

ސުންނަތް ނަމާދުގެ ތެރެއިން މިސްކިތުގައި ކުރުން އެދެވިގެންވަނީ، ޖަމާޢަތުގައި ކުރުމަށް ސުންނަތް ވެގެންވާ ނަމާދުތައް ކަމުގައިވާ، ރަމަޟާން މަހުގައި ކުރެވޭ ރޭއަޅުކަމެވެ. މި ނަމާދު ހެޔޮކަން ބޮޑުވެގެންވަނީ މިސްކިތުގައި ކުރުމެވެ. ހަމައެފަދައިން ކޭތަ ނަމާދުވެސް ހެޔޮކަން ބޮޑުވެގެންވަނީ މިސްކިތުގައި ކުރުމެވެ.

މިކަމުގައި ދަންނަން ޖެހެނީ، ޖަމާޢަތުގައި ކުރުމަށް ސުންނަތް ވެގެންވާ ސުންނަތް ނަމާދުތައް ކުރުމަށް ހެޔޮކަން ބޮޑުވެގެންވަނީ މިސްކިތުގައެވެ. އަދި ޖަމާޢަތުގައި ނޫން ގޮތަށް ކުރުމަށް ކަނޑައެޅިފައިވާ ސުންނަތް ނަމާދުތައް ކުރުމަށް ހެޔޮކަން ބޮޑުވެގެންވަނީ ގޭގައެވެ. އެހެނަސް، އެމީހަކު މިސްކިތުގައި ނަމާދު ކުރުމަކީ އޭގައި މައްސަލައެއް އޮތްކަމެއްނޫނެވެ.

ޟުޙާ ނަމާދަކީ އެއްވެސް ދުވަހެއްގައި ނުވަތަ މައްސަރެއްގައިވެސް ޖަމާޢަތުގައި ކުރާ ނަމާދެއް ނޫނެވެ. ވުމުން ހެޔޮކަން ބޮޑުވެގެންވަނީ އަބަދުވެސް ގޭގައި ނުވަތަ ދިރިއުޅޭ ތަނެއްގައި ކުރުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply