އިހްރާމް ލުމުގެ ކުރިން ހަށިގަނޑުގައި ހުވަދު ލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އިހްރާމް ލުމުގެ ކުރިން ހަށިގަނޑުގައި ހުވަދު ލުމާއި މެދުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ޙައްޖަށް އަދި ޢުމުރާއަށް އިޙްރާމް ބަންނަ މީހާ، އިޙްރާމުގެ ޙާލަތަށް ވަނުމުގެ ކުރިން ހަށިގަނޑުގައި ހުވަދުލުމަކީ މާތް ނަބިއްޔާ ﷺ  ގެ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ.

އިޙްރާމް ގެ ޙާލަތަށް ވަނުމަށް ތައްޔާރުވާ މީހާ، ހަށިގަނޑުގައި ހުވަދުލުން، އެބަހީ، އިޙްރާމްގެ ގޮތުގައި ބޭނުން ކުރާ ފޮށާގައި ނޫންގޮތުގައި ހަށިގަނޑުގައި ހުވަދު ބޭނުން ސުންނަތް ވެގެންވާ ކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. މިއީ الحَنَفيَّةِ، الشَّافِعِيَّة، الحَنابِلَة ދެކެވަޑައިގަންނަވާ ގޮތެވެ.

މިކަމަށް ދަލީލު ކުރެވޭ ގިނަ ދަލީލުތަކެއްވެ އެވެ.

އޭގެ ތެރޭގައި އިމާމް البخاري (1539) އަދި مسلم (2841) ނަބިއްޔާ ﷺ  ގެ އަނބިކނބަލުން އުއްމުލް މުއުމިނީން عائشة -رضي الله عنها- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ. އެކަމަނާ ވިދާޅުވި އެވެ. (كُنْتُ أُطَيِّب رَسُوْلَ الله لِإِحْرَامِهِ حِيْنَ يُحْرِم، وَلِحِلِّهِ قَبْلَ أَنْ يَطُوْفَ بِالبَيْتِ)

”إحرام ބެންނެވުމުގެ ކުރިން، رسول الله صلى الله عليه وسلم ގެ ހަށިކޮޅުގައި ތިމަންކަމަނާ ހުވަނދު އުނގުޅުއްވީމެވެ. އަދި ތަޙައްލުލުވެވަޑައިގަތުމަށްފަހު ގެފުޅު ވަށައި ޠަވާފް ކުރެއްވުމުގެ ކުރިން ހުވަނދު އުނގުޅެއްވީމެވެ.“

ޙަދީޘްއިން ބަޔާންވެގެންވަނީ، ނަބިއްޔާ ﷺ  އިޙްރާމްގެ ޙާލަތަށް ވެދެވަޑައިގެންނެވުމުގެ ކުރިން ހަށިކޮޅުގައި އަނބިކަނބަލުން ހުވަދު އުނގުޅުއްވި ކަމެވެ. ވުމުން، އިހްރާމްގެ ޙާލަތަށް އައުމުގެ ކުރިން ހަށިގަނޑުގައި މިފަދައިން ހުވަދުލުން ސުންނަތް ވެގެންވެ އެވެ.

މީގެ އިތުރަށް، ނަބިއްޔާ ﷺ ގެ ހަށިކޮޅުގައި ބޭނުންކުރެއްވި ހުވަދުގެ ގިނަކަންވެސް ބަޔާންވެގެންވެ އެވެ. އެއީ އެކަނަމާ ވިދާޅުވެފައިވާ ބަސްފުޅުންނެވެ.

(كَأَنِّيْ أَنْظُر إِلَى وَبِيْص الطِّيْب فِيْ مَفْرَق النَّبِي صلى الله عليه وسلم وَهُوَ مُحْرِم) ”ނަބިއްޔާ صلى الله عليه وسلم އިޙްރާމުގައި ހުންނެވި ހިނދު އިސްތަށިފުޅުގައި ހުރި އަތަރުގެ އަޘަރު ތިމަންކަމަނާއަށް ދެކެވަޑައިގެންނެވީމެވެ.“ މިޙަދީޘް البخاري (271) އަދި مسلم (2832) ރިވާކުރެއްވި އެވެ.

ވުމުން، ދަލީލު ކުރެވެނީ، ރަސޫލާ ﷺ  ގެ ހަށިކޮޅުގައި އެ ހުވަދު ނުވަތަ އަތަރު ބޭނުންފުޅު ކުރައްވާފައިވާ ފުރިހަމަ ކަމާއި އަދި ހުވަދު ބޭނުންފުޅު ކުރައްވާފައިވާ މިންވަރެވެ.

އިޙްރާމް ތުރުކުރެއްވުމަށްފަހުގައިވެސް، ނަބިއްޔާގެ ހަށިކޮޅުގައި އޭގެ އަޘަރު، އެބަހީ، ހުވަދު އަދި އަތަރުގެ އަޘަރު ފާޅުވެގެންވާކަމެވެ.

ވުމުން، އިޙްރާމްގެ ޙާލަތަށް އައުމުގެ ކުރިން، އިޙްރާމް ގެ ޙާލަތުގައިވާ މީހެއްގެ ގޮތުގައި ވުމުގެ ކުރިން ހަށިގަނޑުގައި މިފަދައިން ފިރިހެނުން އަތަރު ބޭނުންކުރުންވެ އެވެ.

ދަންނަ އެވެ. އިޚްރާމްގެ ޙާލަތަށް އައުމުގެ ކުރިން ހަށިގަނޑުގައި ބޭނުންކޮށްފައިވާ ހުވަދު ނުވަތަ އަތަރުގެ އަޘަރު އިޙްރާމް ލުމަށް ފަހުގައި ހަށިގަނޑުގައި ދެމިހުރި ކަމުގައިވީނަމަވެސް އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއްވެސް ކުށެއް އޭގައި ނުވެ އެވެ.

ދަންނަ އެވެ. އަންހެނުން އިޙްރާމުގެ ކުރިން، އިޙްރާމް ލުމަށްޓަކައި ތައްޔާރު ވުމުގެ ގޮތުން ބޭނުންކުރާ ހުވަދަކީ އެއީ އޭގެ ވަސް ފާޅުވެގެން ނުވާ، ހަމައެކަނި އަންހެން މީހާއަށް ނުވަތަ އަންހެން މީހާ ގާތުގައި ގައިގޯޅިވާހާ ކައިރީގައިވާ ފަރާތްތަކަށް އެކަނި ދުވާ މީރުވަހެއްގެ މިންވަރު ހުވަދު ބޭނުން ކުރާނީ އެވެ. ފިރިހެނުންނަށް އަދި މިސްތަކުން އޭގެ ވަސް ހާމަވެގެންވާ ފާޅުވެގެންވާ ގަދަވަސްތައް ބޭނުން ކޮށްގެން ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply