ފަރުޟު ނަމާދަށްފަހުގައި ކިޔުމަށް ވާރިދުވެގެންވާ ޛިކުރުތަކަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފަރުޟު ނަމާދަށްފަހުގައި ކިޔުމަށް ވާރިދުވެގެންވާ ޛިކުރުތަކަކީ ކޮބައިތޯ އެވެ؟
ސުވާލުގެ މައްޗަށް ބަޔާންކޮށް ޖަވާބު ބިނާ ކުރަމެވެ.
ފަރުޟު ނަމާދުތައް : الظهر އާ العصر އާ المغرب އާ العشاء އަދި الفجر ނަމާދުން ސަލާމް ދިނުމަށްފަހުގައި އެންމެ ފުރަތަމަ :
أستغفر الله أستغفر الله أستغفر الله، اللهم أنت السلام ومنك السلام تباركت يا ذا الجلال والإكرام ކިޔާނީ އެވެ.
(އިމާމްވެސް އަދި މައުމޫމީންވެސް، އެކަނި ނަމާދު ކުރާ މީހާވެސް) މިފަދައިން ކިޔުން ހުއްޓެވެ. އެއަށްފަހު، އިމާމް މިސްތަކުންނާ ދިމާލަށް އެނބުރިގަންނާނީ އެވެ. (މާނައީ : މި ހާ ހަމައަށް ކިޔުމަށްފަހުގައި، ޤިބްލައަށް ފުރަގަސްދީ މައުމޫމީންނާ ދިމާލަށް ކުރިމަތި ލާނީ އެވެ.)
އެއަށްފަހުގައި ކިޔުން ވާރިދުވެފައިވަނީ : لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير،،
لا حول ولا قوة إلا بالله، لا إله إلا الله ولا نعبد إلا إياه، له النعمة وله الفضل وله الثناء الحسن،
لا إله إلا الله مخلصين له الدين ولوو كره الكافرون، اللهم لا مانع لما أعطيت ولا معطي لما منعت ولا ينفع ذا الجد منك الجد މި ހިސާބަށް ކިޔުން ހުއްޓެވެ.
މިއީ ސުންނަތެކެވެ.
އަދި . سبحان الله އަދި الحمد لله އަދި الله أكبر ކޮންމެ ކަލިމައެއް 33 ފަހަރަށް ކިޔުން ހުއްޓެވެ.
(މިއީ ވާރިދުވެގެންވާ އެއް ސިފަ އެވެ. މި ޢަދަދު ނޫން ޢަދަދުވެސް ވާރިދުވެގެންވެ އެވެ. އެހެނަސް މިއީ ގިނަ މީސްތަކުން އަދި ޢާންމުކޮށް ކިޔާ ޢަދަދު ވުމުން ބަޔާން ކުރީ އެވެ.)
ފަހެ، އެހިދނު އެއީ 99 ފަހަރު ހަމަވީ އެވެ.
ސަތޭކަ ވަނަ ފަހަރު ހަމަކުރަން ކިޔާނީ :لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير މި ޛިކުރެވެ.
ދަންނަ އެވެ! އިސްވެ ޛިކުރު ކުރި އެންމެހައި ޛިކުރު ތަކަކީ ފަރުޟު ނަމާދަށް ފަހުގައި އެންމެހައި ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައި ބަޔާންވެގެންވާ ސުންނަތުގެ ޢަމަލެކެވެ.
އަދި މީސްތަކުންގެ ތެރޭގައި މި ޢަމަލު ކުރުމުގައި ހަނދާން ނައްތާލައިފައިވާ ސުންނަތެއް ބަޔާން ކުރަމެވެ. الرسول الله -صلى الله عليه وسلم- ގެ އަރިހުން ވާރިދުވެގެންވަނީ މި ޛިކުރު ކިޔުމުގައި ކައިރީގައިވާ މީހުންނަށް ކިޔާ އަޑު އިވޭވަރަށް ކުޑަކޮށް އަޑު އުފުލައިގެން ކިޔުމެވެ. މިފަދައިން ޞަޙާބީ ابن عباس -رضي الله عنهما- ގެ އަރިހުން صحيح البخاري 841 ގައި ޙަދީޘް ވާރިދުވެގެންވެ އެވެ.
(އިސްވެ ބަޔާންކުރި ފަދައިން މިއީ ފަރުޟު 5 ނަމާދުގައިވެސް ކިޔުން ވާރިދުވެގެންވާ ޢަމަލެވެ.)
އަދި މީގެ އިތުރަށް المغرب އަދި الفجر ނަމާދުގެ ފަހުގައި لا إله إلا الله وحده لا شريك له، له الملك وله الحمد يحيي ويميت وهو على كل شيء قدير މި ޛިކުރު 10 ފަހަރު ވިދާޅުވާ ކަމުގައި ވާރިދުވެގެންވެ އެވެ.
އަދި އެންމެހައި ފަރުޟު ނަމާދުތަކުގައި އިސްވެ ބަޔާން ކުރެވުނު ޛިކުރުތަކަށްފަހުގައި : اللَّهمَّ أعنِّي على ذِكرِكَ، وشُكرِكَ، وحسنِ عبادتِكَ
އަދި ކޮންމެ ފަރުޟު ނަމާދަކަށް ފަހުގައި : اللَّهُ لا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ.. (އާޔަތުލް ކުރްސި) 1 ފަހަރު ކިޔުން ހުއްޓެވެ.
އަދި قل هو الله أحد، وقل أعوذ برب الفلق، قل أعوذ برب الناس މި ތިން ސޫރަތް 1 ފަހަރު ކިޔުން ހުއްޓެވެ.
އަދި المغرب އަދި الفجر ނަމާދުގައި 3 ފަހަރު ކިޔުން ހުއްޓެވެ. މިއީ ވާރިދުވެގެންވާ ޛިކުރުތަކެވެ.
އަދި ފަތިސް ނަމާދަށް ފަހުގައި ޚާއްޞަ އިތުރު ޛިކުރެއްވެ އެވެ. އެއީ : اللَّهمَّ إنِّي أسأَلُكَ عِلمًا نافعًا، ورِزْقًا طيِّبًا، وعمَلًا مُتقَبَّلًا.
އިސްވެ ބަޔާންކޮށްފައިވާ އެންމެހައި ޛިކުރުތަކާއި ތަސްބީޙަތަކާއި އަދި ވިރުދު ތަކަކީ، ޘާބިތުވެގެންވާ އޭގައި އެކަމުގައި ޝައްކެތްނެތް ދުޢާތަކާއި ވިރުދުތަކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.