މުޞްޙަފް ބިންމައްޗަށް ވެއްޓުމުން ސުންނަތުގައި ކަންތައް ކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

މި ސުވާލުގައި ވަކި ކަމެއް ކުރުން ޘާބިތުވެގެންވޭ ތޯ ޛިކުރު ކޮށްފައި ނެތުމުން ބޮޑަށް ބުރަވެވެނީ އެއީ މުޞްޙަފްގައި ބޮސް ދިނުމާއި މެދުގައިކަން ވަރަށްބޮޑަށް ބުރަވެ އެވެ. އަޚާ އެވެ! މުޞްޙަފް، ﷲ ގެ ކަލާމްފުޅު ލިޔެފައިވާ ފޮތަކީ އަދަބު އިޚްތިރާމް ކުރުން އަހަރެމެންގެ މައްޗަށް ލާޒިމްވެގެންވެ އެވެ. ފަހެ، އެފޮތަށް އެއްވެސް ކަހަލަ ދެރަ، އިހާނެތިކަމެއް ފޯރުވެގެން ނުވާނެ އެވެ.

އެހެނަސް އެފަދައިން އިޚްތިރާމް ކުރުމުގައި ވަނިކޮށް ވެއްޓުނީ އެވެ. ފަހެ، ފޮތް ނަގައި އުފުލަން ޖެހެ އެވެ.

އެހެނަސް ބޮސް ދިނުމަށް ޝަރުޢުވެގެންވާކަމަށް އެއްވެސް ދަލީލެއް ސުންނަތުން ބަޔާންވެގެން ނުވެ އެވެ.

އަދި މުޞްޙަފް ވެއްޓިއްޖެހިނދު މާތްކޮށް ހިތުމަށް އަދި އަދަބު އިޚްތިރާމްގެ ގޮތުން ބޮސްދިނުން މައްސަލައެއް ނޫންކަމުގައި ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާފައިވެ އެވެ . އެހެނަސް ދަންނަންޖެހެ އެވެ. އެއީ ޝަރުޢީ ގޮތުން ދަލީލެއް ވާރިދުވެ ކުރާ ޢަމަލެއް ފަދައިންނެއް ނޫނެވެ.  އަދި މިތަނުގައި ދެނެގަންނަންޖެހޭ މުހިންމު ނުކުތާއެއްވެ އެވެ.

އެއްޗަކަށް ބޮސްދީގެން ﷲ އަށް ކުއްތަންވާނަމަ އެކަމަށް ޝަރުޢީ ދަލީލެއް އޮންނަން ޖެހޭނެ އެވެ. ބޮސް ދީގެން ކުއްތަން ވެވޭނީ ﷲ އެކަމަށް އަމުރުފުޅު ކުރައްވާފައި ވުމުންނެވެ. އެހެން ވުމުން މުޞްފަހް ކިޔެވުމުގެ ކުރިން އަދި މުޞްޙަފްއިން ކިޔެވުމަށްފަހު ބޮސް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަބިއްޔާ ޙަޔާތްޕުޅުގައި މުޞްޙަފް އެކުއެކީގައި ލިޔެފައިނެތް ކަމުގައި ވީނަމަވެސް މުޞްޙަފް އެކިއެކި ތަކެތީގައި ލިޔެވިފައިވެ އެވެ. އެހެނަސް ޤުރުއާން ލިޔެފައިވާ އެފަދަ އެއްޗަކަށް ބޮސްދެއްވާފަނުވެ އެވެ.

މި މައުޟޫގައި الإمام ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”މުޞްޙަފުގައި ބޮސް ދިނުމަކީ ބިދުޢަ އެކެވެ. ސަބަބަކީ މުޞްޙަފްގައި ބޮސްދޭމީހާ ބޮސްދެނީ، އެޢަމަލުން ﷲ އަށް ކުއްތަން ވުމަށްޓަކަ އެވެ. ފަހެ، އަހަރެމެންނަށް ދީނުގައި ބަޔާންވެންވާ އެއްޗަކީ، ﷲ ގެ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ޢަމަލަކުން މެނުވީ ﷲ އަށް ކުއްތަން ނުވެވޭނެ އެވެ. ﷲ ގެ ބަސްފުޅު (ކަލާމްފުޅު) ލިޔެފައިވާ އެއްޗެއްގައި ބޮސްދިނުމަކީ ޝަރުޢު ކޮށްފައިވާ ކަމެއް ނޫނެވެ.“ فتاوى نور على الدرب الشريط رقم 373

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply