ރާފިޟީން ޝީޢީން ގެނުބައިކަން – ޙަޤީޤަތް ތާރީޚުން އެނގިގަތުން ހުއްޓެވެ.
1. ސުވާލު : ޝާމްކަރަ، ޢިރާޤް އަދި ފާރިސްކަރަ ފަޠަޙަ ކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟
ޖަވާބު : މުސްލިމުންގެ ދެވަނަ ޚަލީފާ عمر بن الخطاب رضي الله عنه އެވެ. (ސުންނީ އެކެވެ.)
2. ސުވާލު : ސިންދުކަރަ ފަޠަޙަ ކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެބޭކަލަކީ محمد بن القاسم އެވެ. (ސުންނީ އެކެވެ.)
3. ސުވާލު : އެފްރިކާގެ އުތުރު ފަޠަޙަ ކުރެއްވީ ކޮންބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލަކީ عقبة بن نافع بن عبد القيس الفهرى އެވެ. (ސުންނީ އެކެވެ.)
4. ސުވާލު : އަންދަލުސް ފަޠަޙަ ކުރެއްވީ ކޮންބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލުންނަކީ طارق بن زياد އަދި موسى بن نصير އެވެ. (ދެ ބޭކަލުންނަކީވެސް ސުންނީ ދެ ބޭކަލުންނެވެ.)
5. ސުވާލު : ޤުސްޠަންޠީނިއްޔަ ފަޠަޙަ ކުރެއްވީ ކޮންބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލަކީ محمد الفاتح އެވެ. (ސުންނީ އެކެވެ.)
6. ސުވާލު : ޞަޤްލިއްޔަ ފަޠަޙަ ކުރެއްވީ ކޮންބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލަކީ أسد بن الفرات އެވެ. (ސުންނީ އެކެވެ.)
7. ސުވާލު : އަންދަލުސް ފަޠަޙަ ކުރުމަށްފަހު، އެތަނުގައި މުސްލިމުންގެ ބޮޑު ޙަޟާރަތެއް ފާޅުކޮށް އެއީ ޢިލްމީ ދަންމަރެއްގެ ގޮތުގައި ހެއްދެވީ ކޮން ބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ޢަމަލު ފެއްޓެވީ އުމަވީ ދަޥްލަތުގެ ޚަލީފާއިންނެވެ. (ސުންނީ މަޛްހަބުގައިވާ ބޭކަލުންތަކެވެ.)
8. ސުވާލު : ފަލަސްޠީނުގެ އަވަށެއް ކަމުގައިވާ ޙަޠީން- ޞަލީބީންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ޤާއިދްގެ ގޮތުގައި ހުންނެވީ ކޮން ބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލަކީ صلاح الدين الأيوبي އެވެ. (ސުންނީ އެކެވެ.)
9. ސުވާލު : ޢައިނު ޖާލޫތު އަދި ތަތާރުންނާ ދެކޮޅަށް ހަނގުރާކުރައްވައި އެ ތަތާރުން ބަލިކުރެއްވީ ކޮން ބޭކަލެއްތޯ އެވެ؟
ޖަވާބު : އެ ބޭކަލަކީ سيف الدين قطز އަދި ركن الدين بيبرس އެވެ. (ސުންނީ މަޛްހަބުގައިވާ ބޭކަލުންތަކެވެ.)
10. ސުވާލު : ރޫސީން ޝީޝާނުން ނެރެލުމާއި އަދި ޣުރޫޒްނީ ފަޠަޙަ ކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟
ޖަވާބު : އެ ބޭކަލަކީ خطاب އެވެ. (ސުންނީ އެކެވެ.)
މިއީ ތާރީޚުން ފެންނަންއޮތް، ސުންނީން ކޮށްފައިވާ ޢަމަލުތަކުގެ ވަރަށްވެސް ކުޑަ މިންވަރެކެވެ. އިސްލާމް ދީނަށާއި މުސްލިމުންނަށް ހޯދައި ދީފައިވާ ކާމިޔާބީ އާއި ފަޠަޙަ އެވެ.
މިކަންތަކުގެ މުޤާބިލްގައި ޝީޢީ ރާފިޟީން ކޮށްފައިވާ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟
1. ސުވާލު : ނަބިއްޔާގެ ކާފަ ދަރިކަލުންނަށް ޚިޔާނަތްތެރިވެ ޣައްދާރުވެ ޙިޖާޒް ކަރައިން ނެރެ، ކަރުބަލާއަށް ގެނެސް ޝަހީދުކޮށްލުމަށް ދޫކޮށްލައި ޣައްދާރުވެ ބޭވަފާތެރިވީ ކޮންބައެއް ހެއްޔެވެ؟
ޖަވާބު : މި ޣައްދާރުވީ المختار الثقفي އާއި އޭނާގެ އަޞްޙާބުންނެވެ. (ރާފިޟީ ޝީޢީންނެވެ.)
2. ސުވާލު : ޢައްބާސީ ދަޥްލަތުގެ މަޝްހޫރު ޚަލީފާ، الراضي بالله އަށް ޣައްދާރުވެ ބޭވަފާތެރިވީ ކޮންބައެއް ހެއްޔެވެ؟
ޖަވާބު : މި ޣައްދާރުވީ البويهيون އެވެ. (ރާފިޟީ ޝީޢީ އެކެވެ.)
3. ސުވާލު : މުސްލިމުންގެ އެތައް އެތައް ހާސް ބައެއްގެ ލޭ އޮހުރުވައި ޤަތުލުޢާންމު ހިންގުމަށް، ބަޣްދާދަށް ތަތާރުން ވަނުމަށް ކުޅަދާނަކަން ދިނީ ކާކު ހެއްޔެވެ؟
ޖަވާބު : މުސްލިމުންނަށް މި އަނިޔާވެރި ޢަމަލު ހިންގުމަށް ތަތާރުންނަށް ކުޅަދާނަކަން ދިނީ ابن العلقمي އެވެ. (ރާފިޟީ ޝީޢީ އެކެވެ.)
4. ސުވާލު : ހުލާކޯ -މަޣޯލުންގެ ވެރިޔާ، ޖިންކީޒް ޚާންގެ ޢާއިލީ ބައިވެރިޔާ- އަށް، އޭނާގެ އަނިޔާވެރި ނުބައި ޢަމަލުތައް ހިންގުމަށް އެކަން ޒީނަތްތެރި ކޮށްދިނީ ކާކު ހެއްޔެވެ؟ އެތައް މިލިޔަން މުސްލިމުން ޤަތުލުކޮށްފައިވެ އެވެ.
ޖަވާބު : މުސްލިމުންނަށް މި އަނިޔާވެރި ޢަމަލު ހިންގުމަށް މި އަނިޔާވެރިޔާއަށް އެހީތެރިވީ نصيرالدين الطوسي އެވެ. (ރާފިޟީ ޝީޢީ އެކެވެ.)
5. ސުވާލު : ޝާމް ކަރައަށް ތަތާރުން ވައްދައި، އެތައް މިލިޔަން މުސްލިމުންގެ މައްޗަށް ލޭ އޮހޮރުވުން ހިންގައި، ލާއިންސާނީ އެތައް އަނިޔާއެއް މުސްލިމުންގެ ޢާންމުންނަށް އަދި ޢިލްމުވެރިންނަށާއި އިސްލާމީ އެތައް ޝަރީޢަތުގެ މަޞްދަރުތަކާއި ފޮތްތައް ނެތިކޮށްލުމަށް ތަތާރުންނާ ބައިވެރިވީ ކޮންބައެއް ހެއްޔެވެ؟
ޖަވާބު : މުސްލިމުންނާ ދެކޮޅަށް، އިސްލާމް ދީނާއި ދެކޮޅަށް މި އަނިޔާވެރި ޢަމަލު ހިންގުމަށް މި އަނިޔާވެރިންނަށް އެހީތެރިވީ ރާފިޟީ ޝީޢީންނެވެ.
6. ސުވާލު : އިންބްރަޠޯރް ފަރަންޖަ އިންނަށް މުސްލިމުންނާ ދެކޮޅަށް ޢަމަލުތައް ހިންގުމަށް ބައިވެރިވީ ކޮންބައެއް ތޯ އެވެ؟
ޖަވާބު : މުސްލިމުންނާ ދެކޮޅަށް މި އަނިޔާވެރި ޢަމަލު ހިންގުމަށް ބައިވެރިވީ الفاطميون ނުވަތަ العبيديون އެވެ. (ރާފިޟީ ޝީޢީންނެވެ.)
7. ސުވާލު : ސަލްޖޫޤިއްޔާ ދަޥްލަތުގެ ވެރިޔާއަށް ޣައްދާރުވެ އެތައް ލާއިންސާނީ ޢަމަލުތަކެއް ހިންގި ބަޔަކީ ކޮބައިތޯ އެވެ؟
ޖަވާބު : މި ޣައްދާރުވީ طغرل بك البساسيري (ރާފިޟީ ޝީޢީ އެކެވެ.)
8. ސުވާލު : ބައިޠުލް މަޤްދިސްގެ މައްޗަށް އަތްގަދަ ކުރުމަށް ޞަލީބީންނަށް ވާގިވެރިވީ ކޮންބައެއް ހެއްޔެވެ؟
ޖަވާބު : މި ނުބައިވެގެންވާ މުޑުދާރު ޢަމަލު ހިންގުމަށް އެހީވީ، أحمد بن عطاء (ރާފިޟީ ޝީޢީ އެކެވެ.) -އެއަށްފަހު، ފަލަސްޠީނާއި ޤުދުސް މިނިވަން ކުރުމަށް މިބައިގަނޑު މި ގޮވައިލާ ގޮވައިލުމުގެ ފަހަތުގައިވާ ކަންތައްތަކާއިމެދު ވިސްނާލަން ޖެހެ އެވެ.-
9. ސުވާލު : صلاح الدين އަވަހާރަކޮށްލުމަށް، އެ ޢަމަލުގެ ފުަރަގަހުގައިވީ ބަޔަކީ ކޮބައި ހެއްޔެވެ؟
ޖަވާބު : މުސްލިމުންގެ މި ކޮމާންޑަރުން، ފަހުލަވާނު ނެތިކޮށްލުމަށް އުޅުނުބަޔަކީ كنز الدولة (ރާފިޟީ ޝީޢީން ނެވެ.)
10. ސުވާލު : އެތައް މިލިޔަން މުސްލިމުން ޤަތުލުކޮށްފައިވާ ހުލާކޯ، ޝާމުގައި އިސްތިޤްބާލު ކުރީ ކޮންބައެއް ހެއްޔެވެ؟
ޖަވާބު : كمال الدين بن بدر التفليسي (ރާފިޟީ ޝީޢީ އެކެވެ.) އެތައް މިލިޔަނުން މުސްލިމުން ޤަތުލުކޮށް އަނިޔާވެރި ލާއިންސާނީ ޢަމަލު ހިންގި މި ފަރާތަށް ހެޔޮކޮށް ހިތައި، އިސްތިޤްބާލު ކުރުމުން، ޝީރީ ރާފިޟީންގެ ނަފްސުގެ އެތެރޭގައި އޮތް މުޑުދާރު ޢަމަލު ފާޅުވެ އެވެ. ސުންނީންގެ މައްޗަށް އޮތް ޢަދާވާތްތެރިކަމާއި ނަފްރަތު ފާޅުވެ އެވެ. މުސްލިމުންގެ މައްޗަށް ކަނޑައެޅިގެންވާ އަނިޔާވެރިންތަކެވެ.
11. ސުވާލު : ޙަޖަރުލް އަސްވަދު ވަގަށް ނަގައި ޙަޖަރުލް އަސްވަދު ކަޢުބާއިން ބޭރުކޮށް، ﷲ ތަޢާލާ ޙުރުމަތްތެރި ކުރެއްވި ޙަރަމްފުޅުގައި އެތައް ޙައްޖުވެރިންނެއް ލާއިންސާނީ އަނިޔާދީ ޤަތުލު ކުރީ ކާކު އަދި ކޮން ބައެއް ހެއްޔެވެ؟
ޖަވާބު : أبو طاهر القرمطي (ރާފިޟީ ޝީޢީ އެކެވެ.)
މިއީ ރާފިޟީންގެ ދީނާއި ޤަބޫލުކުރާ ޢަޤީދާ ބަޔާންވެގެންވާ ޙަޤީޤަތް ނޫން ހެއްޔެވެ؟
މުސްލިމުންނޭ ކިޔައި، ފޭރާންލައި ބޮލުގައި ފަގުޑި އަޅާފައިވީ ކަމުގައިވީނަމަވެސް މިއީ އިސްލާމް ދީނާއި ޤުރުއާނާއި ސުންނަތުން އެއްކިބާވެގެންވާ ކުފުރާއި ޝިރުކާއި މުރުތައްދުގައިވާ އިމާމުންނެވެ.
ޔަހޫދީންނަށްވުރެ މުސްލިމުންނަށް އަނިޔާވެރި ލާއިންސާނީ އެތައް ޢަމަލެއް ނެރެފައިވާ ބައެކެވެ.
الإِمَام ابن تَيمِيَّة –رحمه الله ވިދާޅުވެފައިވެ އެވެ. “ ރާފިޟާ (ޝީޢީން) …. ގެ އެންމެ (މަތިވެރި) ބޮޑުވެގެންވާ އަޅުކަމަކީ މުސްލިމުންގެ ތެރެއިން އިސްވެ ގޮސްފައިވާ އަދި ފަހުގެ ދުވަސްތަކުގައިވާ ﷲ ގެ ވަލީވެރިންނަށް ލަޢުނަތް ދިނުމެވެ.“ الفتاوى٢٨/ ٤٨٨
الإِمَام ابن تَيمِيَّة –رحمه الله ވިދާޅުވެފައިވެ އެވެ. ”އިސްލާމްދީނަށް، ބިދުޢަތަކާއި މަގުފުރެދުންތަކާއި އެކުގައި ނިސްބަތްވެފައިވާ ފިރުޤާތް ތަކުގެ ތެރޭގައި ރާފިޟީންނަށްވުރެ ނުބައި، ޖާހިލު، ދޮގުހަދާ، އަނިޔާވެރި، ފާސިޤު ކަމާއި ކުފުރާއި ގާތް އަދި ޙަޤީޤީ އީމާންކަމުން ދުރުވެފައިވާ ބަޔަކު ނުވެ އެވެ.“ منهاج السنة 1/160
شَيْخُ الإِسْلاَم ابن تَيْمِيَّة –رحمه الله ވިދާޅުވެފައިވެ އެވެ. “ ރާފިޟީން ދެރަ ނިކަމެތިކޮށްލުމަށް މުސްލިމުން މަސައްކަތް ކުރުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމުގެ ތެރެއިން އަދި ﷲ އަށް ކުށްތަންވެވޭ އެންމެ ހެޔޮކަންބޮޑު ޤުރުބާތެކެވެ.“ جامع المسائل: 7/437
الإِمَام ابن تَيمِيَّة –رحمه الله ވިދާޅުވެފައިވެ އެވެ. “ އިސްލާމްދީން ހަލާކުކޮށްލުން ފިޔަވައި އެހެން މަސައްކަތެއް ރާފިޟީންނަށް ނުވެ އެވެ. އަދި ދީނުގެ ރުކުންތަކާއި ޙުކުމްތައް ފުޑާލައި ދީނުގެ ޤަވާޢިދުތައް ފަސާދަކުރުމެވެ.“ منهاج السنة 7/415
الإِمَامُ مُقْبِل بن هَادِي –رحمه الله ވިދާޅުވެފައިވެ އެވެ. ”ޝީޢީ (ރާފިޟީން) ނަށް އަހަރެމެން ބަލައިފި ހިނދުގައި (ފެނިގެންދަނީ) އެމީހުންގެ އަޞްލު، އަސާސް އަދި ފެށުންވަނީ ޔަހޫދީއެއްގެ ފަރާތުންނެވެ.“ المصارعة : (347)
