|

ކައިވެނީގެ ޙަފްލާގައި ދެމަފިރިންނާއި އަދި ޢާއިލާގެ މީހުން، އެންމެން އެއްކުލައިގެ ހެދުން ލުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކައިވެނީގެ ޙަފްލާ (ވަލީމާ) ދެމަފިރިންނާއި އަދި ޢާއިލާގެ މީހުން، އެންމެން އެއްކުލައިގެ ހެދުން ލުމާއި މެދުގައި ބުނަމެވެ.

މި ޒަމާނުގައި މީސްތަކުންގެ ތެރޭގައި ފެތުރެމުންދާ މި ޢާދައަކީ ވަރަށްބޮޑަށް ކާފަރުންގެ ޢާދަތަކުގެ ތެރެއިން މުސްލިމުންގެ ތެރެއަށް ވަދެފައިވާ ޢާދައެއް ކަމުގައި ބިރުވެތިވަމެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320

”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“

މިއީ ކާފަރުންގެ ޢާދައެއް ކަމުގައިވެ، މުސްލިމުން އެފަދައިން ޢަމަލު ކުރުމަކީ ދީނުގައި ހުއްދަވެގެންވާނެ ޢަމަލެއް ނޫނެވެ. އަދި ކިޔެއްތަ ނުރައްކަލާއި އިންޒާރުގެ ބަސްފުޅު އެކަމަށް ވާރިދުވެގެންވެ އެވެ،

ފަހެ، ކާފަރުންނާ އެއްގޮތްވެ އެއްވަތްތަރު ވުމުގެ ނުބައިކަން ބަޔާން ކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. (من تَشبَّه بِقَوْمٍ فَهُو مِنهُم) ”ބަޔަކާއި ތަޝައްބުހު –އެއްވައްތަރު- ވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ.“

އަޚާ އެވެ! އުޚްތާއެވެ!

ކައިވެނީގެ ޙަފްލާއަށް މިފަދައިން އެންމެން އެއް ކުލައެއްގެ ފޭރާން ލުމުގައި އަދި އިތުރަށް ބުނަމެވެ. އެ ޙަފްލާގައި ލުމަށް އެ ފަހާ ޚާއްޞަ ކުލައިގެ ފޭރާމަކީ، ގިނަ ފަހަރު އެ ޙަފްލާ ނިންމާފައި ބޭނުން ކުރާ ހެދުމެއް ނުވަތަ ގަމީސްއެއް އެއް ކަމުގައި ނުވެ އެވެ. ސަބަބަކީ، އެއީ ޢާންމުކޮށް މީސްތަކުން ބޭނުންކުރުމަށް ފަހައި އުޅޭ ކުލަތަކެއްގެ ގޮތުގައި ނުވުމާއި އަދި އެފަދަ ޑިޒައިން ތަކެއް ގޮތުގައި ނުވުމެވެ. އަދި ފޮތިވެސް އެއީ ޢާންމުކޮށް ލައިގެން އުޅޭ ހެދުންފޮތީގެ ފޮތި ކަމުގައި ނުވެ އެވެ. އެހެންކަމުން، އެ ޙަފްލާއަށް އެކަނި މި ހެދުންލައި، އެއަށްފަހު އެއީ ބޭކާރު ހެދުމެއްކަމުގައިވެ އެވެ.

ވުމުން، މިއީ މުދަލާއި ފައިސާ އަގެއްނެތް ބޭކާރު ގޮތުގައި ހޭދަކޮށްލުން ނޫން ހެއްޔެވެ؟ ޞަޙީޙުގައި ވާރިދުވެގެންވާ ޙަދީޘެއްގައިވެ އެވެ. (إِنَّ اللَّهَ كَرِهَ لَكُمْ ثَلاثاً: قِيلَ وَقالَ، وَإضَاعَةَ المالِ، وَكَثْرَةَ السُّؤالِ) ”ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ތަޢާލާ 3 ކަމަކަށް ރުއްސަވާވޮޑި ނުގަންނަވަ އެވެ. (އޭގެ ތެރޭގައި) މުދާ ހަލާކުކޮށް ބޭކާރު ކޮށްލުންވެ އެވެ.“

ﷲ ވަޙީ ކުރެއްވި އެވެ. (وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ) الأعراف-31، ”ތިޔަބައިމީހުން ކާށެވެ. އަދި ބޯށެވެ. އިސްރާފް ނުކުރާށެވެ. ހަމަކަށަވަރުން އެ އިލާހު އިސްރާފް ކުރާ މީހުދެކެ އެ އިލާހު ލޯބިވެވޮޑިނުގަންނަވަ އެވެ.“

އަދިވެސް ﷲ ވަޙީކުރެއްވި އެވެ. (إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا) الأعراف-31، ”ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވެ އެވެ. އަދި ޝައިޠާނާ، އޭނާގެ ވެރި އިލާހުއަށް ވަރަށް ބޮޑަށް ކާފަރު ވާ ކަމުގައިވިއެވެ.“

ފަހެ، ހެދުމެއް ކަމުގައިވާނަމަ، އެ ބާވެ ހަލާކުވަންދެން އެ ބޭނުން ކުރުމަކީ އަސްލު ގޮތެވެ. އަގު ދީފައި އެންމެ ހަފްލާއަކަށް ހެދުމެއް ފަހައި އެއަށްފަހު އެއީ ބޭނުން ނުކުރާ އެއްޗެއް ގޮތުގައި ހެދުން އެއީ އިސްރާފު ކޮށްލުމެވެ.

ކާފަރުން ފަދަ ވަޤުތީ އުފަލަށް ދަހިވެތިވެފައިވާ، އަޅުކަން ކުއްތަން ކުރާ އިލާހެއް، ޙަރާމާއި ޙަލާލު ބަޔާންވެގެން ވާ ޝަރީޢަތެއް ނެތް ބަޔަކަށް މި ޢަމަލުތަކަކީ ނުބައި ޢަމަލުތަކެއް ގޮތުގައި ނުވާނެ އެވެ.

ފަހެ ނަޞޭހަތަކީ ކާފަރުންގެ މިފަދަ ޢާދަތަކުން އެއްކިބާވެ މުސްލިމުން އެބައިމީހުންގެ ޢަމަލުތަކުން ދުރުވުމެވެ.

އަދި މުދާތައް ހޭދަކުރުމުގައި އިސްރާފް ކުރުމުން ދުރުހެލިވެ ﷲ އަށް ބިރިވެތި ވުމެވެ.

ތިމާގެ އަތުގައި ކައިވެނީގެ ޙަފްލާގެ ކުރިންވެސް އަދި ފަހުންވެސް ބޭނުން ކުރެވޭ ގޮތުގައިވާ ފޭރާން ބޭނުންކޮށް އިސްރާފް ކުރުމުގައިވާނެ އެންމެހައި ދޮރުތަކެއް ބަންދުކުރުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts