އަންހެނުން ގޭގައި ޤުރުއާން ކިޔަވާ އިރު ޢަޥްރަ ނިވާކުރަން ޖެހޭނެ ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަންހެނުން ގޭގައި ޤުރުއާން ކިޔަވާ އިރު ޢަޥްރަ ނިވާކުރަން ޖެހޭނެ ތޯ؟ އަދި އެ ކިޔަވާ ކިޔެވުމުގައި ތިލާވަތު ސަޖިދައެއް އައުމުން ޢަމަލު ކުރާނީ ކިހިނެއް؟

‎ މައްސަލަ ބޮޑަށް ސާފުކޮށްދިނުމަށްޓަކައި، ސުވާލުގެ ޖަވާބު ނުކުތާތަކެއްގެ މައްޗަށް ބަޔާން ކުރާނަމެވެ.

‎1. ޤުރުއާން ކިޔެވުމަށްޓަކައި އެންމެ ހެޔޮ އަދި ރިވެތި ފޭރާމުގައި ހުރުން ނުހަނު ހެޔޮވެގެންވެއެވެ.

‎އެހެނަސް އެއީ ވާޖިބެއް ނޫނެވެ. އަދި ޤުރުއާން ކިޔަވާ އަންހެނާއަށް ބޮލުގެ އިސްތަށިގަނޑާއި، މޫނާއި، ދެފައިތިލަ އަދި ހަށިގަނޑު އެކުއެކީގައި ނިވާކުރުން ޝަރުޠުވެގެން ވެސް ނުވެއެވެ. ‎އަންހެނަކު ގޭތެރޭގައި، މަޙްރަމުންނާއެކު އުޅޭއިރު ލައިގެން ހުންނަ ފޭރާން (މޫނު، ބޮލުގެ އިސްތަށިގަނޑު، ދެ ފައިތިލަ ފެންނަ ޙާލުގައިވާ ފޭރާން) އެއީ ޤުރުއާން ކިޔެވުމަށް އޮތް ފޭރާމެއް ކަމުގައިވެއެވެ. އަދި އެ ފޭރާމުގައި ހުރެ ޤުރުއާން ކިޔަވައިފި މީހާއަށް އެ ގޮތުގައި ހުރެ ތިލާވަތުގެ ސަޖިދަ ކުރެވޭނެއެވެ.

‎2. ނަމާދުގައި ޢަޥްރަ ނިވާކުރުމަށް އައިސްފައިވުމަކީ އެހެނިހެން އަޅުކަންތައް ކުރުމަށް ޢަވްރަ ނިވާކުރުން ކަނޑައެޅިފައިވާ ކަމެއް ނޫނެވެ.

‎އެގޮތުން، ރޯދަ ހިފައިގެން ހުންނަ އަންހެނާ ޢަވްރަ ނިވާކުރާކަށް ނުޖެހެއެވެ. މަޙްރަމުންގެ ތެރޭގައި ލުމަށް ކަނޑައެޅިފައިވާ ފޭރާން ލައިގެން ރޯދައަށް ހުރެވެއެވެ. ‎ފަހެ، އެނގިގަތުން އޮތީ، އަޅުކަންތަކުގެ ސިފަތަކާއި އަޅުކަން ކުރާ މީހާއަށް އޮތް ޙުކުމްތައް ކަނޑައެޅިފައި ވަނީ ޝަރީޢަތުގައެވެ. އަމިއްލަ ވިސްނުމާއި އަދި އަމިއްލަ ރައުޔުން ނޫނެވެ.

‎އެފަދަ ކަންކަމުގެ ތެރޭގައި، ޤުރުއާން ކިޔަވާ މީހާ ޤިބްލައަށް ކުރިމަތިލާ ނުޖެހުން ހިމެނެއެވެ. ނަމަވެސް ނަމާދުގައި ޤިބްލައަށް ކުރިމަތިލުން ޝަރުޠު ވެގެންވުމެވެ. އެހެންނަމަވެސް އެހެނިހެން އަޅުކަންތައް ކަމުގައިވާ ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ޤުރުއާން ކިޔެވުމުގައި ޤިބްލައަށް ކުރިމަތިލުމެއް ނޯވެއެވެ. ފަހެ، އެގޮތުން ތިލާވަތުގެ ސަޖިދަ ކުރާ މީހާ ވެސް ޤިބްލައަށް ކުރިމަތިލާކަށް ނުޖެހެއެވެ. ނަމަވެސް ޤިބްލައަށް ކުރިމަތިލުން އެދެވިގެންވެއެވެ.

‎3. ޤުރުއާން ކިޔަވާ މީހާ ވުޟޫ މަތީގައި ހުރުން އަޥްލާ ވެގެންވެއެވެ. ނަމަވެސް އެއީ ޤުރުއާން ކިޔަވާ މީހާއަށް ޝަރުޠުކުރެވިފައިވާ ކަމެއް ނޫނެވެ. ކަންމިހެން ހުރުމާއެކު، ތިލާވަތުގެ ސަޖިދައެއް ޖަހަންޖެހިއްޖެ މީހާއަށް އެ ޙާލުގައި ސަޖިދަ ކުރެވޭނެއެވެ…. މިފަދައިން މި މައްސަލަ ދެނެގަތުން ހުއްޓެވެ.

‎ނިންމާލުމުގެ ކުރީގައި އިތުރަށް ބުނަމެވެ. ނިދަން އޮށޯންނަ މީހާ ކީރިތި ޤުރުއާން ކިޔެވުމާއި އަދި ޤުރުއާނުގެ ސޫރަތްތައް ކިޔެވުންވެއެވެ. ފަހެ، ވިސްނައިލައިފި ކޮންމެ މީހަކަށް، މިފަދައިން މާތް ނަބިއްޔާ ﷺ ގެ އަނބިއަނބި ކަނބަލުން ޢަމަލުފުޅު ކުރައްވާނެކަން ބަޔާން ވެގެންދާނެކަން ކަށަވަރެވެ. ނަމާދަށް ހުންނަ ފަދައިން ޢަޥްރަ ނިވާކުރަންޖެހޭ ނަމަ، ރަސޫލާ ﷺ އެކަން ބަޔާން ނުކުރައްވާ ދޫކޮށެއް ނުލައްވާނެއެވެ. އެހެނީ، އެނގި ބަޔާންވާ ސިފައަކީ ނިދަން އޮށޯންނަ މީހާގެ ފޭރާމަކީ ނަމާދުގައި ހުންނަ ފޭރާމެއްފަދަ ފޭރާމެއް ކަމުގައި ނުވާނެ ކަމެވެ. މައްސަލަ ފުރިހަމައަށް ސާފުވެއްޖެކަމުގައި އުއްމީދު ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply