ޤުރުއާން ކިޔެވުމަށްފަހު ކިޔާ ދުޢާ ކިޔުމަށް ބަޔާންވެގެންވާ ދަލީލު ވިދާޅުވެ ދެއްވަފާނަންތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލު : سبحانك اللهم وبحمدك أشهد أن ل إله إلا أنت أستغفرك وأتوب إليك ގުރުއާން ކިޔެވުމަށްފަހު މިދުޢާ ކިޔުމަށް ބަޔާންވެގެންވާ ދަލީލު ވިދާޅުވެ ދެއްވަފާނަންތޯއެވެ؟
ޙައްޤުމަގަކީ އެއީ ޤުރުއާނާއި ސުންނަތް އަދި އެ ޤުރުއާނާއި ސުންނަތް ޞަހާބީންނަށް ފަހުމްވިގޮތުގައި ޤާއިމްވެފައިވާ ދަޢުވަތެވެ. ސަލަފީ ދަޢުވަތެވެ. އެއްވެސް އުނި އިތުރެއް ނުގެނެސް އެ ޒަމާނުގައި ޤާއިމްކުރި ދަޢުވަތެވެ. ސިޔާސީ އޮއިވަރުން ބަދަލު ނުވާނެ، ކުލަތަކާއި ޖަމާޢަތްތަކުން ބަދަލު ނުވާނެ، ދަޢުވަތެވެ. ޞަޙާބީންގެ ފަހުމްގެ މަތީގައި ދެމިތިބުމަށް ގޮވާލާ ދަޢުވަތެވެ.
މި ދަޢުވަތް އޭގެ ސާފުކަންމަތީ ހޯދައި ނިސްބަތްވުން ހުއްޓެވެ.
ޤުރުއާން ކިޔަވައި ނިމުމުން ކިޔުމަށް ވާރިދުވެގެންވާ ޛިކުރު ޙަދީޘްގައި ބަޔާންވެގެންވެ އެވެ. މިކަމުގެ ދަލީލަކީ : عائشةَ رضِيَ اللهُ عنها قالت : ما جلس رسولُ اللهِ صلَّى اللهُ عليهِ وسلَّمَ مجلسًا ولا تلا قرآنًا ولا صلَّى إلا ختمَ ذلك بكلماتٍ فقلتُ : يا رسولَ اللهِ ما أكثرَ ما تقولُ هذه الكلماتِ فقال صلَّى اللهُ عليهِ وسلَّمَ : نعم . من قال : خيرًا كنَّ طابعًا له على ذلك الخيرِ , ومَن قال شرًّا كانت كفارةً له سبحانَك اللهمَّ وبحمدِك لا إلهَ إلا أنتَ أستغفرُك وأتوبُ إليك
عائشةَ رضِيَ اللهُ عنها ވިދާޅުވެފައިވެ އެވެ. ރަސޫލާ صلَّى اللهُ عليهِ وسلَّمَ މަޖްލިސެއް އަދި ޤުރުއާން ތިލާވަތް ކުރެއްވުމެއް ނިންމާލައްވާ ހިނދުގައި މި ކަލިމަތަކުން މެނުވީ ނުނިންމަވަ އެވެ. ފަހެ، ތިމަން ކަމަނާ ވިދާޅުވީމެވެ. “ﷲ ގެ ރަސޫލާ އެވެ. މި ކަލިމަފުޅުތައް ނަބިއްޔާ صلَّى اللهُ عليهِ وسلَّمَ ވިދާޅުވާލެއް ކޮންފަދަ ގިނަ ކަމާ އެވެ.
” ރަސޫލާ صلَّى اللهُ عليهِ وسلَّمَ ޙަދީޘް ކުރެއްވި އެވެ. “އާއެކެވެ. ހެޔޮ ބަސްތަކަށްފަހުގައި މި ކަލިމަފުޅުތައް ކިޔަވައިފި މީހާއަށް އެ ހެޔޮކަމުގެ މައްޗަށް އޭނާއަށް ޚަތަމްކޮށްދޭ އެއްޗެއް ކަމުގައި ވެގެންވެ އެވެ. އަދި ނުބައި ބަސްތަކަކަށް ފަހުގައި މި ކަލިމަފުޅުތައް ކިޔައިފި މީހާއަށް މި ކަލިމަފުޅުތަކަކީ ކައްފާރާއެއް ކަމުގައިވެ އެވެ.” އެ ކަލިމަފުޅު ތަކަކީ سُبْحَانَكَ اللهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَ أَتُوْبُ إِلَيْكَ އެވެ.”
މި ޙަދީޘްގެ މައްޗަށް الإِمَام النَسَائِي ބާބެއް ބަންނަވާފައި ވިދާޅުވެފައިވެ އެވެ. ما تُختم به تلاوة القرآن “ޤުރުއާން ތިލާވަތް ކުރުމަށްފަހުގައި ޚަޠަމް ކުރާނީ (ތިލާވަތްކޮށް ނިމުމަށްފަހު) ޚަމަތް ކުރާނީ ކޮން ކަލިމަތަކުންކަން ނަންގަނެވޭ ބާބު”
މި ޙަދީޘަށް އިޝާރާތް ކުރައްވާ الحَافظ ابن حجر، (النكت 2-733) ގައި ވިދާޅުވެފައިވެ އެވެ. “މި ޙަދީޘްގެ ސަނަދު ޞައްޙަ އެވެ. މި ޙަދީޘްވަނީ مسلم ޝަރުޠު ތަކުގެ މަތީގަ އެވެ.”
މި ޙަދީޘަށް އިޝާރާތް ކުރައްވާ الشَّيخُ الألبَاني، (الصحيحة 7-495) ގައި ވިދާޅުވެފައިވެ އެވެ. “ޙަދީޘުގެ ސަނަދު ޞައްޙަ އެވެ.”
އަޚުންނޭވެ! މިއަދު މީސްތަކުން މި ސުންނަތް އެބައިމީހުންގެ ފުރަގަހަށް އެއްލާލުމަށް ފަހުގައި، އެއްވެސް ގޮތެއްގައި ސުންނަތުގައި ވާރިދުވެގެންނުވާ، އަދި ކިޔެއްތޯ، އެބައިމީހުން އަމިއްލައަށް ހަދައިފައިވާ ޖުމްލަ صَدَقَ اللهُ العَظِيم ކިޔުމުގައި ވެ އެވެ.
މިއަދު އުއްމަތުގައިވާ ސުންނަތުގެ، ސަލަފީ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެމްބަރ އަދި ހައިއަތު ކިބާރު ޢިލްމުވެރިޔާ ޑރ. الشيخ صالح الفوزَان – حفظه الله- ވިދާޅުވެފައިވެ އެވެ.
“ޤުރުއާން ކިޔަވައި ނިމުމުން، صَدَقَ اللهُ العَظِيْم ކިޔުމަށް ރަސޫލާ صلى الله عليه وسلم އަހަރެމެންނަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައެއް ނުވެ އެވެ. ރަސޫލާ صلى الله عليه وسلم އެކަމަށް އަމުރުފުޅު ކުރައްވާފައިވާކަމަށް އަހަރެމެންނަށް އެންމެ (1 ދަލީލު) ދަލީލެއް ތިޔަބައިމީހުން އަހަރެމެންނަށް ގެނެސްދޭށެވެ. ނުވަތަ ރަސޫލާ صلى الله عليه وسلم އެފަދައިން ޢަމަލުފުޅު ކުރެއްވިކަމަށް –އެންމެ ދަލީލެއް- އަހަރެމެންނަށް ގެނެސްދިނުން ހުއްޓެވެ. މިއީ އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. މިއީ ހަމައެކަނި މީސްތަކުން އެކަމެއްކޮށް އެއަށް ޢާދަވެފައިވާ ކަމެކެވެ. އާއެކެވެ.”
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم