ފުޓްބޯޅަ މުބާރާތްތައް ބެލުމަށް ރޭގަނޑު ހޭލައިތިބުމާއި އަދި ހޭލައި ހުރުމުގެ ސަބަބުން ފަތިސް ނަމާދު ދޫކޮށްލުމުގެ ހުކުމަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފުޓްބޯޅަ މުބާރާތްތައް ބެލުމަށް ރޭގަނޑު ހޭލައިތިބުމާއި އަދި ހޭލައި ހުރުމުގެ ސަބަބުން ފަތިސް ނަމާދު ދޫކޮށްލުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.
ޖަވާބުގައި ބުނަމެވެ.
لاحول ولا قوة إلا بالله
މިއީ މިއަދު މުސްލިމް ދަރިންގެ ޙާލަތު ކަމުގައި ބަޔާންކޮށްފައިވުމުން އެކަމުގެ ހުރި ހިތާމައެއްގެ ބޮޑު ކަމާ އެވެ.
މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرَفَات المحمدِي – حفظه الله- ވިދާޅުވެފައިވެ އެވެ.
“ ސުވާލު : ކާފަރުންގެ ފުޓްބޯޅަ މުބާރާތްތައް، ބެލުމުގައިވާ ފަރާތްތަކަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟
ޝެއިޚް ވިދާޅުވި އެވެ. ”ތިޔައީ ކުށެކެވެ. ކުށެކެވެ. (ކޮށްގެންވާނެ ކަމެއް ނޫނެވެ.) އަހަރެމެން ޒުވާނުންނަށް ނަޞޭޙަތްތެރިވެ ބުނަމެވެ. ތިޔަބައިމީހުންގެ ވަޤުތުތައް އަގެއްނެތް ފަދައިން ތިފަދަ ބޭކާރު ކަންތަކުގެ މައްޗަށް ހޭދަ ނުކުރާށެވެ. (މީގެ ކުރިން) އަހަރެމެންވަނީ ފުޓްބޯޅައިގައިވާ ފަސާދަތައް ބަޔާންކޮށްފަ އެވެ.
އެއަށްފަހު (ދަންނަ އެވެ.) އެއީ ކާފަރުންނެވެ. އެއިން ކާފަރުންގެ ޓީމެއް އެހެން ކާފަރުންގެ ޓީމެއްގެ މައްޗަށް މޮޅުވުމުން ތިބާ އުފާކުރަނީ ހެއްޔެވެ؟
ތިބާ، ވިސްނާލުން ހުއްޓެވެ. މުސްލިމުން އެމީހުންގެ ދަލުގައި ޖައްސާފައިވާ ގޮތެވެ. މުސްލިމުން މިވަނީ އެ ފުޓްބޯޅައިގައި ޖެހިފަ އެވެ. އެއަށް ގެއްލިފަ އެވެ. ފުޓްބޯޅަ އާއި މިއުޒިކާއި ސިނެމާ ތަކުގަ އެވެ. އެއަށްވުރެ މުހިންމުކަން ދޭން ޖެހިފައިވާ އެބައިމީހުންގެ ދީން، ދަރިން ތަރުބިއްޔަތު ކުރުން އެބައިމީހުންވަނި އެބައިމީހުންގެ ފުރަގަހަށް އެއްލާލާފަ އެވެ.
ޒުވާނުންނަށް ދޭ ނަޞޭހަތަކީ، އެބައިމީހުންނަށް މަންފާކުރާ ކަންތަކުގައި މަޝްޣޫލުވުމެވެ. މި މިނިޓްތަކަކީ ޙަޔާތުގެ ވަޤުތުތަކެވެ. މި ގަޑިތަކަކީ ޙަޔާތުގެ ވަޤުތުތަކެވެ. މި މިނިޓްތަކާއި ގަޑިތަކާއި މެދުގައި ޤިޔާމަތް ދުވަހުގައި ސުވާލު ކުރެވޭނެ އެވެ.
އިސްނާއަށް ލިބިގެންވާ ހުސްވަޤުތުތަކަކީ މަތިވެރި ނިޢުމަތެކެވެ. މީސްތަކުންވަނީ އޭގެ ހެޔޮކަމުން އެއްކިބާވެފަ (މަޙްރޫމުވެފަ) އެވެ. ފަހެ، ގިޔާމަތް ދުވަސް އައުމުން އޭނާ ބުނާނެ އެވެ. ”އެހެން ނުވީ ނަމަ އެވެ. އެފަދައިން ނުވީ ނަމަ އެވެ.“
ތިބާއަކީ މިއަދު ޒުވާނެކެވެ. ޤުރުއާން ދަސްކުރުން ހުއްޓެވެ. ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކާތެރިވުން ހުއްޓެވެ. ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން ހުއްޓެވެ. ނަބިއްޔާ ﷺ ހަދީޘް ކުރެއްވި ފަދައިން ތިބާއަށް ފައިދާހުރި ކަންކަމުގެ މައްޗަށް ރައްކާތެރިވުން ހުއްޓެވެ. ކަންނެތްކަމުން ދުރުވާށެވެ.
ޒުވާނުންނަށް ދޭ ނަޞޭޙަތަކީ، މި އަގެއްނެތް ބޭކާރު ކަންތަކުން ދުރުވުމެވެ. މިއީ ބޭކާރު ގޮތުގައި ވަޤުތު ހޭދަކުރުމެކެވެ.
ޤުރުއާނުގެ އެންމެ އާޔަތެއް ނުވަތަ ދެ އާޔަތް ކިޔަވައި ދަސްކުރުން ދުނިޔެ އާއި ދުނިޔޭގައި ވާހައިތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ.
އެހެނަސް ހިތާމައަކީ، މިސްތަކުންވަނީ ފިތުނަވެރިވެފަ އެވެ. އެމީހުންގެ ސިފައަކީ އެޑިކްޓް ވެފައިވާ ބައެއް ފަދައެވެ.
މި މުބާރާތްތަކަށް އޭނާ ދެހަފްތާ ކުރިން ނުވަތަ ހަފްތާތަކެއް ކުރިން އޭނާ ތައްޔާރުވެ އެވެ. އެވެނި މިވަނި ދުވަހަކު، މުބާރާތް އެބަ އޮތެވެ. އެއަށް ތައްޔާރުވެ ހުރެ އެވެ. މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.“
(ޝެއިޚްގެ ބަސްފުޅު ނިމުނީ)
މި އަގެއްނެތް، ބޭކާރު، އެއްވެސް ފައިދާއެއްނެތި، އަދި ކިޔެއްތަ އޭގެ ނަތީއްޖާ ކަމުގައިވާހުށީ ތިމާ ފާފަވެރިވުން ނުވަތަ ފާފަތަކުގައި ބައިވެރިވުން ކަމުގައިވާ ޢަމަލެއްގައި ކުރުން ކަމުގައިވެ އެވެ. އޭގެ މިޘާލަކީ ސުވާލުގައި ބުނެފައިވާ ފަދައިން އޭގެ ސަބަބުން ﷲ ފަރުޟު ކުރެއްވި ނަމާދު އެޅުން އެ ހޭލާ ހުރުމުގެ ސަބަބެއް ކަމުގައިވެއްޖަނަމަ، لا إله إلا الله! އެމީހެއްގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟
މުސްލިމުންގެ ވިސްނުމާއި، ބުއްދިއާއި އެމީހުންގެ ދީނަށް އޮންނަންޖެހޭ ޤަދަރާއި މާތްކަން ކޮބައި ހެއްޔެވެ؟
ދެވަނައީ، އެ މުބާރާތްތައް ބެލުމަށް ހުރުމުގެ ސަބަބުން މުންކަރާތްތަކަށް އަރައި ނުގަނެވޭނަމަ، އޭނާވަނި އެ ވަޤުތުތައް ބޭކާރުކޮށްލާފަ އެވެ.
ތިމާއަށް، އެކަން އެބަ އިނގެ އެވެ. ހޭލާ ހުރުމުގެ ސަބަބުން މިއީ ނަމާދު އެޅުމަށް މެދުވެރިވާ ސަބަބެވެ. ﷲ ގެ ޙައްޤު އަދާ ކުރުމަށް މިއީ ހުރަސް އަޅާ ސަބަބެވެ. އެހެނަސް އެއަށް ފަރުވާލެއް ނުދީ ތިމާގެ ވަޤުތު ބޭކާރުކޮށް އަގެއްނެތް ކަންތަކުގައި ހޭދަކުރުން ތިމާއަށް ވިސްނެނީ ކިހިނަކުން ހެއްޔެވެ؟
عُمر بن الخَطَّاب رضي الله عنه ވިދާޅުވެފައިވެ އެވެ. ”ޢުޛުރެއް ނެތި ދެ ނަމާދު ޖަމްޢު ކުރުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. ފަހެ، މިއީ ޢުޛުރެއްނެތި ދެ ނަމާދު ޖަމްޢު ކުރުމުގެ ޙުކުމް ކަމުގައި ވެއްޖެ ހިނދު، އެއްވެސް ޣުޛުރެއްނެތި ނަމާދު އެޅުން (ނަމާދު އޭގެ ވަޤުތުން ބޭރުކޮށްލުން) ކޮންފަދައަކުން ވާނެ ހެއްޔެވެ؟“ منهاج السنة 5-231
އަދިވެސް ނަމާދު ވަޤުތުން ބޭރުކޮށް ދޫކޮށްލުމުގެ ނުރައްކަލާމެދު އެނގިގަތުން ހުއްޓެވެ.
އެއީ އެންމެހައި ނުބައިވެގެންވާ ފާފަތަކަށްވުރެ ބޮޑު ނުބައިކަމެއްކަން އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ފާފަ އެކެވެ.
الإمام ابن القيم -رحمه الله-ވިދާޅުވެފައިވެ އެވެ. ”ޤަސްތުގައި ފަރުޟު ނަމާދު އެޅުމަކީ އެންމެ ނުބައިކަން ބޮޑު ފާފައިގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމާއި އަދި އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމާއި މެދު މުސްލިމުން ޚިލާފެއްނުވެ އެވެ. އަދި ﷲ ގެ ޙަޟުރަތުގައި އެއީ، ނަފްސެއް ޤަތުލު ކޮށްލުމަށްވުރެ، މުދާ ފޭރުމަށްވުރެ، ވައްކަން ކުރުމާއި ޒިނޭ ކުރުމަށްވުރެ އަދި ބަނގުރާ ބުއިމަށްވުރެ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އަދި ހަމަކަށަވަރުން އެމީހަކުވަނީ ﷲގެ ޢުޤޫބާތަށް ހުށަހެޅިގެންނެވެ. އަދި އެމީހަކުވަނީ ދުނިޔެއާއި އާޚިރަތުގައި ﷲގެ ކޯފާއަށް ހުށަހެޅިގެންންނެވެ.“ كتاب الصلاة ص 5
الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.“ جامع المسائل 4-142
ސަޢުދީ ޢަރަބިއްޔާއަށް މި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ الشيخ العلامة عبيد الجابري – رحمه الله – ދެއްވާފައިވާ ފަތުވާގައިވެ އެވެ.
ސުވާލު : ފުޓްބޯޅަ މުބާރާތް ޓީވީން ބެލުން ހުއްދަވާނެތޯއެވެ؟ جزاكم الله خيرا
ޖަވާބު : ޓީވީން ފުޓްބޯޅަ ބެލުމުގައި ދީނުގައި އެއްވެސް މަނާކަމެއް ކުރިމަތި ނުވާކަމުގައި ވާނަމަ، މިޘާލަކަށް ނަމާދު އެޅުން، ނުވަތަ ނަމާދަށް ކަނޑައެޅިފައިވާ ވަޤުޠު ފާއިތުވެ ދިއުން، ނުވަތަ ކާފިރު ބޮޑެތި މީހުން މަތިވެރިކުރުމާއި، އެމީހުންނަށްގެ ފަރާތަށް އިންސާނާ ލެނބުން (މަތިވެރި ކުރުން) ފަދަ ކަންތައް ދިމާވުމެވެ.
މިނޫން ގޮތުގައި ވާނަމަ އަހަރެން ދެކެނީ އެއީ މައްސަލައެއް ނެތްކަމުގައެވެ. އެހެނަސް އެ ބެލުން ދޫކޮށްލުން ހެޔޮކަން ބޮޑުވެގެންވެއެވެ.“
(ފަތުވާ ނިމުނީ)
ނަމާދު އަޅާކަން ޔަޤީނެވެ. ނަމާދަށް ނުހޭލެވޭކަން ޔަޤީންނެވެ. އެކަން އެއްދުވަހު ދެ ދުވަހަކު ނޫނެވެ. ފަހެ، އަމިއްލަ ނަފްސާއި މެދުގައި އެފަދަ މީހަކު ދެކޭނީ ކިހިނަކުން ހެއްޔެވެ؟
ޝަރުޢީ ޢުޛުރެއްނެތި ނަމާދު އަޅައިފިމީހާގެ މައްޗަށް އޮތް ޙުކުމް ބަޔާންކޮށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެތީން ނެރެފައިވާ ފަތުވާގައިވެ އެވެ.
ސުވާލު : ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ވަޤުތުތައް ފާއިތުވެދިއުމުން ނަމާދު ކުރާ އަންހެނެކެވެ. އަދި އެފަދައިން ނަމާދު ކުރުމަށް ބޮޑެތި އަންހެން ދަރިންނަށާއި ކުޑަ އަންހެން ދަރިންނަށް އޭނާ ހިތްވަރުދެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”އެމީހެއްގެ ޙާލަކީ ސުވާލުގައި ޛިކުރު ކުރެވިގެންވާ ފަދައިން ކަމުގައިވެއްޖެ ހިނދު، އެ އަންހެނާއަކީ މުރުތައްދުވެފައިވާ އަންހެނެކެވެ. އަދި އޭނާވަނި އޭނާގެ އަންހެން ދަރިން ފަސާދަ ކުރުމުގަ އެވެ. ފަހެ، އޭނާއަށް އޮތީ ތަޥްބާވުމަށް ބަޔާންކޮށްދިނުމެވެ. ފަހެ، ތަޥްބާވެ ހެޔޮ ޙާލަތެއްގައި ޤާއިމްވެއްޖެހިނދު الحمد لله އެވެ. އަދި ސުވާލުގައި ޛިކުރު ކުރެވިފައިވާ ގޮތަށް އޭނާ ދެމިހުރެއްޖެހިނދު، އޭނާގެ ޙާލަތު ޙާކިމާއާ ހަމައަށް އުފުލުން ހުއްޓެވެ. އެއީ އޭނާއާ އޭނާގެ ފިރިމީހާ ދުރުކުރުވުމަށް (ކައިވެނި ރޫޅާ ލުމަށެވެ.) އަދި އޭނާގެ މައްޗަށް ޝަރުޢީގޮތުން ކަނޑައެޅިފައިވާ ޙައްދު ތަންފީޛު ކުރުމަށްޓަކަ އެވެ. އެއީ ޤަތުލެވެ. النَبِيُّ -صلى الله عليه وسلم- އަރިއަހުން ابن عَبَّاس -رضي الله عنمها- ރިވާކޮށްފައިވާ ޙަދީޘްގެ މައްޗަށެވެ. (مَنْ بَدَّل دِينه فَاقتُلُوه) ”އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރުން ހުއްޓެވެ.“ މިއީ ނަމާދު އޭގެ ވަޤުތު ފާއިތުވެދިއުމަށް ދާންދެން ނަމާދު ލަސްކުރުމެވެ. މިޘާލަކަށް އަޞްރު ނަމާދު އެ ނަމާދުގެ ވަޤުތު ފާއިތުވެ މަޣްރިބް ވަޤުތު ވަނުމަށް ދާންދެން ލަސް ކުރުމެވެ. ނުވަތަ ފަތިސް ނަމާދު އިރު އެރުމަށް ދާންދެން ލަސް ކުރުމެވެ. ސަބަބަކީ ނަމާދަށް ކަނޑައެޅިފައިވާ ވަޤުތުން ޝަރުޢީ ޢުޛުރެއްނެތި ނަމާދު ލަސްކުރުމުގެ ޙުކުމަކީ ނަމާދު ނުކޮށް ދޫކޮށްލުމުގެ ޙުކުމެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ ފަތުވާ ނަންބަރ : 2255
ނަމާދު އެޅުމަކީ ޙަރާމްވެެގެންވާ ކަމެކެވެ. ފަހެ، އެ ސަބަބަކާ ލައިގެން އެ ޙަރާމް ކަމަށް އަރައިގަނެވޭ ކަމެއް ކަމުގައިވާނަމަ، އެ މީހެއްގެ ޙައްޤުގައި އެ ސަބަބުގައި ހުރުންވެސް ޙަރާމްވާނެ އެވެ.
ރޭގަނޑު މިފަދައިން ހޭލައި އިނުން އެއީ ޙަރާމްވެގެންވާ ޢަމަލު ކަމުގައިވާ ނަމާދު އެޅުމަށް އޮތް ސަބަބު ކަމުގައިވާނަމަ، އެމީހެއްގެ ޙައްޤުގައި އެފަދައިން ހޭލައި އިނުން ޙަރާމްވާނެ އެވެ. އެއީ، އެ ޙަރާމް ޢަމަލަށް އަރައިގަނެވޭތީ އެވެ.
ވުމުން ސުވާލުގައި ބުނެފައިވާ ފަދައިން އެމީހާގެ ފަރުވާ ކުޑަކަމުގައިވެ، ނަމާދު ދޫކޮށް ނަމާދު އަޅައިިފި މީހާގެ ހުކުމަކީ މިއެވެ. އެމީހާއަށް އޮތީ ﷲ އަށް ތަޥްބާވުމެވެ. ޚާލިޞް ތަޥްބާއަކުން ތަޥްބާވުމެވެ. އެފަދަ ޢަމަލުގެ ނުރައްކާ ލިބިގަނެ ޙަޔާތުގައި އެފަދަ ޢަމަލެއް ނުހިންގުމުގެ ޢަޒުމުގައި ސީދާ މަގުގައި އެއަށްފަހު ޤާއިމްވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
