މަޣްރިބް އަދި އިޝާ ނަމާދު ކުރިން ކުރާ ދެ ރަކުއަތުގެ ސުންނަތް ނަމާދު ކުރުމަށް ވާރިދުވެގެން ވޭތޯ؟
މަޣްރިބް ނަމާދާއި އަދި ޢިޝާ ނަމާދުގެ ކުރިއަށް ސުންނަތް ކުރުންވޭތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ރަވާތިބު ސުންނަތުގެ 2 ރަކުޢަތް މި ދެ ނަމާދުގެ ފަހުންވެއެވެ. އެހެނަސް ނަމާދުކުރިއަށް ރަވާތިބުގެ ސުންނަތެއް ނުވެއެވެ. އެހެނަސް ޙަދީޘްްގައިވަނީ ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދު އެދޭ މީހާއަށް (ބޭނުންވާ މީހާއަށް) ނަމާދުވެއެވެ. صحيح البخاري ގެ 627 ވަނަ ޙަދީޘްގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. بيْنَ كُلِّ أذانَيْنِ صَلاةٌ، بيْنَ كُلِّ أذانَيْنِ صَلاةٌ، ثُمَّ قالَ في الثَّالِثَةِ: لِمَن شاءَ “ކޮންމެ ބަންގިއަކާއި ޤަމަތާކައި ދެމެދު ނަމާދެއް ވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތާކައި ދެމެދު ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތާކައި ދެމެދު ނަމާދެއްވެ އެވެ. (ތިންވަނަ ފަހަރަށް ވިދާޅުވިހިނދު ޙަދީޘް ކުރެއްވިއެވެ.) ބޭނުންވާ މީހަކަށެވެ.”
މިތަނުގައިވާ “ބޭނުންވާ މީހަކަށެވެ”. މުރާދަކީ، އެއީ ވާޖިބެއް ނޫން ކަމާއި އަދި އެއީ ރަވާތިބް ސުންނަތުގެ ތެރޭގައި ނުހިމެނޭ ކަމެވެ. ފަހެ، ޙަދީޘްއިން ބަޔާންވެގެންދަނީ ބަންގިއާއި ޤަމަތާ ދެމެދު ސުންނަތް ނަމާދު ކުރެވޭނެ ކަމެވެ. އަދި އެއީ ނަމާދު ކުރެވޭނެ މަޤާމެއްކަމެވެ. އެ ގޮތުން 2 ރަކުޢަތް އަދި 4 ރަކުއަތް ވެސް ކުރެވިދާނެއެވެ.