ނަމާދުގެ ރަކުޢަތެއް ފާއިތުވެ ޖަމާޢަތަށް އަންނަ މީހާ އޮތް އަދަބުތަކާއި ޙުކުމްތަކަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިމާމް ނަމާދު ކުރަން ފެށުމަށްފަހު އެ ޖަމާޢަތުގައި ނަމާދުގައި ބައިވެރިވުމަށް އަންނަ މައުމޫމް އަށް އަދަބުތަކާއި ޙުކުމްތަކެއް ޝަރީޢަތުގައި ކަނޑައެޅިފައިވެ އެވެ.

އެފަދަ އަދަބުތަކާއި ޙުކުމްތަކުގެ ތެރޭގައި

ފުރަތަމައީ :

ވަރަށްގިނައިން މިފަދައިން ނަމާދަށް ވަންނަ އަންނަ މީހުން އިމާމް އަވަހަށް އަތުލައިގަތުމަށް އަވަސް އަރުވާފައި ބާރަށް އަންނަތަން ފެނެ އެވެ. އަދި މިސްކިތުގައި ތިބޭ މީހުންނަށްވެސް އެކަމުގެ އުނގަދޫފޯރާހާ ބާރަށް އާދެ އެވެ. މިއީ ނަހީ ކުރެއްވިގެންވާ ޢަމަލެކެވެ.

ރަކުޢަތް ހޯދުމަށްޓަަކައި ނަމާދަށް އަވަހަށް ދިއުމެއް ނޯވެ އެވެ. މި ޢަމަލަކީ ނަހީކުރެވިގެންވާ ޢަމަލެކެވެ.

މި މައްސަައިގެ މައްޗަށް أَبُوهُرَيرة رضي الله عنه އަރިހުން ޙަދީޘް ރިވާކުރެވިގެންވެ އެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ.. (إذا سمِعْتُمُ الإقامةَ فامْشُوا إلَى الصلاةِ وعليكمُ السكينةُ ولا تُسْرِعوا، فما أدركتمْ فصلُّوا، وما فاتَكُمْ فأتِمُّوا)

ތިޔަބައިމީހުންނަށް ޤަމަތުގެ އަޑުއިވުމުން، މަޑުމައިތިރިކަމާއި ހަމަހިމޭން ކަމާއިއެކު ނަމާދަށް ހިނގާފައި ދިއުން ހުއްޓެވެ. ތިޔަބައިމީހުން އަވަސްވެ ނުގަންނާށެވެ. އަދި (އިމާމްއާ އެކު) ނަމާދުން ލިބުނު މިންވަރެއް (އިމާމްއާ އެކު) ކުރާށެވެ. އަދި ފާއިތުވެދިޔަ ބައެއް (އިމާމް ސަލާމް ދިނުމުން) ފުރިހަމަ ކުރާށެވެ.

البخاري (٦٣٦) ومسلم (٦٠٢ )

ދެވަނައީ : އިމާމްގެ ފަހަތަށް ނަމާދުން ބައެއް ފާއިތުވި ފަހުން އަރާ މީހާއަށް އަބަދުވެސް ލިބޭނީ އޭނާގެ ނަމާދުގެ ކުރީ ކޮޅެވެ. އެބަހީ، އިމާމް އޭނާގެ ނާމާދުގެ ފަހުކޮޅު ކުރި ކަމުގައިވީނަމަވެސް، ފަހުން އިމާމްގެ ފަހަތުގައި ބައިވެރިވާ މީހާއަށް ލިބޭނީ އޭނާގެ ނަމާދުގެ ކުރީ ކޮޅެވެ.

މިޘާލަކަށް، ޢަޞްރު ނަމާދުގެ 2 ރަކުޢަތް ފާއިތުވި ފަހުން، އިމާމްގެ ފަހަތުގައި ބައިވެރިވި މައުމޫމެކެވެ. އިމާމް އޭނާގެ ނަމާދުގެ ފަހު 2 ރަކުޢަތް ކުރާހިނދު، މައުމޫން މި ހާލުގައި ކުރަނީ އޭނާގެ ނަމާދުގެ ފުރަތަމަ 2 ރަކުޢަތެވެ.

الإمام ابن العُثَيمِين – رحمه الله ވިދާޅުވެފައިވެ އެވެ.

”އެކަމުގެ ޞައްޙަ ގޮތަކީ އިމާމް ސަލާމް ދިނުމުން އޭނާ ކުރާނީ އޭނާގެ ނަމާދުގެ ފަހުކޮޅެވެ. ނަމާދުގެ ފުރަތަމަ ކޮޅު ނޫނެވެ. (އެބަހީ : އޭނާއަށް އިމާމްގެ ފަހަތުގައި ލިބޭހުށީ އޭނާގެ ނަމާދުގެ ކުރީކޮޅެވެ.)

ފަހެ، (އެގޮތުގެ މައްޗަށް ބިނާކޮށް) ބުނަމެވެ. …. އަޑުހަރުކޮށް ކިޔެވުމެއްނުވެ އެވެ.“ نور على الدرب 48

  • މިތަނުގައި ޝެއިޚް ޛިކުރު ކޮށްފައިވާ ”ބާރަށް ކިޔެވުމެއް ނޯވެ އެވެ.“ މި ޖުމްލަ ތަފްޞީލުކޮށްދީ ބުނަމެވެ.

އޭނާއަށް އިޝާ ނަމާދުގެ ފަހު ދެރަކުޢަތް އިމާމް ފަހަތުގައި ލިބުމުން، އެއީ ފަހުން ބައިވެރިވި މައުމޫމުގެ ޢިޝާ ނަމާދުގެ ފުރަތަމަ ދެރަކުޢަތަށްވެ އެވެ. ވުމުން ފަހުން ތެދުވެ ކުރާ ދެރަކުޢަތުގައި އޭނާ ބާރަށް ކިޔެވުމެއް ނޯންނާނެ އެވެ.

ތިންވަނައީ :

އިމާމްގެ ފަހަތަށް އަރާ މީހާ، އޭނާ ކޮޅަށްހުރެ ޙަރަމްބަންނަ ތަކްބީރު -الله أكبر- ކިޔައިގެން މެނުވީ ނަމާދަށް ނުވަދެވޭނެ އެވެ.

މިޘާލަކަށް އިމާމް ވަނީ ފުރަތަމަ އައްތަހިޔާތުގަ އެވެ. ނުވަތަ އެނޫންވެސް އެހެން ޙަރަކާތެއްގައި އެވެ.

ފަހުން، ބައިވެރިވާ މައުމޫމް ކޮޅަށްހުރެ الله أكبر ކިޔައި ނަމާދަށް ވަންނާނީ އެވެ. އަދި ނަމާދަށް ވަނުމަށްފަހު، އަވަހަށް އިމާމް އޮތް ޙަރަކާތަކަށް ދިއުން ހުއްޓެވެ. އިމާމް ސަޖިދައިގައި އޮތިއްޔާ ސަޖިދައަށެވެ.

އައްތަހިޔާތުގައި ވެއްޖެހިނދު އައްތަިޔާތަށެވެ

. މި ޢަމަލަށް ޙަދީޘް ވާރިދުވެގެންވެ އެވެ. مُعَاذ رضي الله عنه އަރިހުން ރިވާކުރެވިގެންވާ ރިވާޔަތެއްގައިވެ އެވެ.

(إِذَا أَتَى أَحَدكم الصَّلَاةَ وَالإِمَامُ عَلى حَالٍ فَلْيَصْنَع كَمَا يَصْنَعُ الإِمَامُ)

ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނަމާދަށް އާދެވުނުހިނދު އިމާމު މީހާ ވަކި ޙާލަތެއްގައި އޮވެއްޖެހިނދު، ފަހެ އިމާމް މީހާ ކަންތައް ކުރާ ފަދައިން އެމީހަކު ކަންތައް ކުރުން ހުއްޓެވެ.

رواه الترمذي (٥٩١) وصححه الألباني في صحيح الجامع (٢٦١)

ހަތަރުވަނައީ :

އިމާމް ފަހަތުގައި ފަހުން ބައިވެރިވާ މައުމޫމަށް ލިބޭ ރަކުޢަތްތައް ކުރުމަށް ވަކި ޚާއްޞަ ސިފައެއް ނެތެވެ.

އެހެން މީހުންވެސް ނަމާދު ކުރާ ފަދައިން ކުރާނީ އެވެ. ފަހުން ބައިވެރިވި މައުމޫމެއް ގޮތުގައިވެ ވަކި ޚާއްޞަ ސިފައެއްގައި ކުރުމެއް ނޯވެ އެވެ.

ފަސްވަނައީ :

އެ ނަމާދެއްގައި އިމާމް ފަހު އައްތަހިޔާތަށް އިނުމުން، ފަހުން ބައިވެރިވި މައުމޫމުވެސް އައްތަހިޔާތުކިޔައި ފުރިހަމަ ކުރާނީ އެވެ. އިމާމް 2 ސަލާމް ދީ ނިމުމުން، ތެދުވެ އިމާމް ފަހަތުގައި ނުލިބުނު ރަކުޢަތްތައް ކުރާނީ އެވެ. މިތަނުގައި ބައެއް މީހުންނަށް ކުރެވޭ ކުށްތަކުގެ ތެރޭގައި ދެ ސަލަމް ފުރިހަމައަށް ނުދެނީސް އިމާމް ދޫކޮށް ކޮޅަށް ތެދުވެ އެވެ.

الإِمَامُ ابن القَّيِم رحمه الله ވިދާޅުވެފައިވެ އެވެ.

ދެ ސަލާމް ދިނުމަށް ފަހުގައި މެނުވީ ނަމާދުން ނުނިކުމެވޭނެ ކަމުގައި ޙަދީޘްފުޅުތައް ނަބިއްޔާ ﷺ ގެ ފަނަރަ ޞަޙާބީންގެ ފަރާތްޕުޅުން އައިސްފައިވެއެވެ. އެ ޙަދީޘްފުޅުތައް ސައްޙަ ނުވަތަ ޙަސަން ދަރަޖައިގައިވެ އެވެ. ބައެއް އަހުލުލް ޢިލްމު އެންމެ ސަލާމަކުން ނަމާދުން ނިކުމެވޭނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހެނަސް ދެ ސަލާމުން ނިކުމެވޭނެ ކަމުގައި ބުނުމަކީ ދަލީލުތައް އައިސްފައިވާ ގޮތެވެ. އަދި އެގޮތަކީ އެންމެ ހެޔޮ އަދި ޚިލާފުން ނުކުތުމަށް އެންމެ ހެޔޮ ގޮތެވެ.

إعلام الموقعين 2/358

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply