ގޭގައި ނުވަތަ ވަކިން ނަމާދު ކުރާ މީހާ ބަންގި ގޮވުމާއި ގަމަތް ދިނުމުގެ ޙުކުމަކީ ކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަވާބު : “ސުވާލު މިތަނުގައި ކޮށްފައިމިވަނީ، މިދުވަސްތަކުގައި ދިމާވެފައިވާ ހިތާމަވެރި ޙާލަތާއި ގުޅިގެން ގޭގައި ނަމާދު ކުރާހިނދު ބަންގި ދިނުން ކަމުގައި ދެކި އެގޮތުގައި ޖަވާބުދެމެވެ.
ސަބަބަކީ ޞިއްޙަތު ސަލާމަތުން ކުޅަދާނަކަން ލިބިފައިވާ އެއްވެސް ފިރިހެނަކު މިސްކިތުގައި ޖަމާޢަތް ދޫކުރުން ހުއްދައެއް ނުވާނެ އެވެ.
އޭނާގެ ހައްޤުގައި އެއީ ވާޖިބުވެގެންވާ ޢަމަލެކެވެ.
އެއަށްފަހު ބުނަމެވެ. މިސްކިތުގައި ނޫންގޮތަށް ވަކިން ނަމާދުކުރާ މީހާއަށް ބަންގި ގޮވުމާއި ޤަމަތް ދިނުން މުސްތަޙައްބުވެގެންވެ އެވެ.
މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ.
الحنفيَّة الشافعيَّة الحنابلة އަދި المالكيَّة ގެ އެއް ޤައުލެވެ. އެބޭކަލުން މި ޢަމަލު އެކަނި ނަމާދު ކުރާ މީހާއަށްވެސް މުޞްތަޙައްބުވެގެންވާ ކަމަށް ވިދާޅުވެފައިވާ ދަލީލުތަކުގެ ތެރޭގައި ވެ އެވެ.
أبُو سَعيد الخدري ގެ ރިވާޔަތުގައިވެ އެވެ. “(ޞަޙާބީގެ ޞާޙިބާއަށް ވިދާޅުވި އެވެ.) ތިބާއަކީ ރަށްބޭރުގައި- ބާދިޔާގައި- ހުއިހިއްޕެވުމަށް ލޯބިކުރައްވާ ބޭކަލެއްކަން ދަންނަމެވެ. ފަހެ، ތިބާ ކަންބަޅިތަކާއެކު ރަށްބޭރުގައި ވެއްޖެހިނދު، ނަމާދަށް ބަންގި ގޮވާށެވެ. އަދި އަޑު އުފުލައި ބަންގި ގޮވާށެވެ. ފަހެ، އަހުރެން ހަމަކަށަވަރުން -ނަބިއްޔާ ﷺ ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ.
“ބަންގިގޮވާ މީހާގެ އަޑު ޖިންނިއެއް އަދި އިންސިއެއް އަދި އަޑުއިވޭޙާލުގައި އެހެން އެއްވެސް އެއްޗެއް އޭނާއަށް ޤިޔާމަތް ދުވަހު ހެކިވާ ޙާލުގައިމެނުވީ ނުވާނެތެވެ.”
ހަމައެފަދައިން މި ޢަމަލަކީ މުޞްތަޙައްބުވެގެންވާ ޢަމަލެއްކަމުގައި ވިދާޅުވާ ޢިލްމުވެރިން ދަލީލުކޮށްފައިވާ އެއް ރިވާޔަތަކީ، ޞަޙާބީ أنَس بن مَالك ގެ ޢަމަލުފުޅެވެ.
އެއީ ޞަޙާބީ ޖަމާޢަތުގައި ނަމާދުކޮށް ނިމިވަޑައިގެންނެވިފަހުން، އެކުގައި ވަޑައިގެންނެވި އަހުލުވެރިންނާ އެކުގައި ބަންގި ގޮވައި ނަމާދުކުރެއްވިކަން ވާރިދުވެފައިވުމެވެ. أبو يعلى في مسنده (٤٣٥٥)، قال الهيثمي في مجمع الزوائد (٢/ ٤ ورجاله رجال الصحيح.
މި ރިވާޔަތްތަކުގެ މައްޗަށް ބާލާލުމުން މި ޢަމަލީ ހުއްދަ، މުޞްތަޙައްބުވެގެންވާ ޢަމަލެއް ކަމުގައި ބަޔާންވެގެންވެ އެވެ.
މި މައުޟޫގައި އިމާމް العَلامَة الألبَانِي رحمه الله ވިދާޅުވެފައިވެ އެވެ. “(ނަބިއްޔާ ﷺ ގެ މި ޙަދީޘް ޛިކުރުކުރެއްވި އެވެ.) يعجب ربك من راعي غنم في رأس شظية بجبل يؤذن بالصلاة ويصلي فيقول الله عز وجل انظروا إلى عبدي هذا يؤذن ويقيم الصلاة يخاف مني قد غفرت لعبدي…. ފަރުބަދައިގެ މަތީގައިވި އުސްތަނެއްގައިހުރެ، ބަކަރިހުއި ހެއްޕުމުގައިވާ މީހާގެ މައްޗަށް ތިބާގެ ރައްބު ޢަޖައިބުވެ ވޮޑިގަންނަވަ އެވެ. (އޭނާ އެތަނުގައިވެ) ނަމާދަށް ބަންގި ގޮވަ އެވެ. ފަހެ، އެހިނދު ﷲ ބަސްފުޅު ވަޙީ ކުރައްވަ އެވެ. “ތިމަން އިލާހުގެ އަޅާއަށް ތިޔަބައިމީހުން ބެލުންހުއްޓެވެ! އޭނާ ބަންގި ގޮވައި ނަމާދު ޤާއިމްކުރެތެވެ. ތިމަން އިލާހު ދެކެ އޭނާ ބިރުވެތިވެ އެވެ. ހަމަކަށަވަރުން ތިމަން އިލާހު އޭނާގެ ފާފަ ފުއްސަވައިފީމެވެ…”
(އެއަށްފަހު العَلامَة الألبَانِي رحمه الله ވިދާޅުވި އެވެ.) މިޙަދީޘްއިން އެކަނި ހުރެ ނަމާދުކުރާ މީހާ ބަންގި ގޮވުން މުސްތަޙައްބުވެގެންވާކަން ދަލީލު ކުރެވެ އެވެ. އަދި ބަންގި ގޮވުމަށާއި ޤަމަތް ދިނުމަށްވެސް އަމުރުވެވިގެންވާކަން ނަމާދު ނުބައިކޮށްކުރި (ޞަޙާބީގެ) ބައެއް ރިވާޔަތްތަކުގައި ޛިކުރު ކުރެވިގެންވެ އެވެ.” السلسلة الضعيفة 41.
މި ބާބުގައި العَلامَة ابن باَز رحمه الله ވިދާޅުވެފައިވެ އެވެ. “ސުންނަތްވެގެންވެ އެވެ. ބަންގި ގޮވުމާއި ޤަމަތް ދިނުމެވެ. ދެންފަހެ، ވާޖިބުވުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފްވެގެންވެ އެވެ. އެހެނަސް އެންމެ އަޥްލާ އަދި އެންމެ ރައްކާތެރި ގޮތަކީ ޢާންމު ދަލީލުތަކުގެ މައްޗަށް -ބުރަވެ- ބަންގި ގޮވުމާއި އަދި ޤަމަތް ދިނުމެވެ. …” مجموع فتاوى 10/ 351
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.