ނަމާދުކޮށް އަވަދިވުމަށް ފަހު ޛިކުރު ކުރުމަށް އެހެން ތަނަކަށް ބަދަލު ވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ނަމާދުކޮށް އަވަދިވުމަށް ފަހު ޛިކުރު ކުރުމަށް އެހެން ތަނަކަށް ބަދަލުވާ މީހާގެ މައުޟޫގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : އަޚާ އެވެ! ނަމާދަށްފަހު ޛިކުރު ކުރުމާއި ތަސްބީޙަ ކިޔުމަށް އިންނަ ވަޤުތުގެ މުހިންމުކަމާއި، އެ ވަޤުތުގެ މަތިވެރިކަން ދެނެގަތުން ހުއްޓެވެ.

ފަހެ، އަވަސްކުރާ ވާހަކަ އަދި އަވަހަށް ތެދުވެގެންދާ ފަރާތްތައް އެފަދައިން ޢަމަލު ކުރަނީ މި މަތިވެރިކަން އޮޅުންފިލާފައި ނުވުމުގެ ސަބަބުންނެވެ.

صحيح مسلم 649 ގައި أبو هريرة ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައި ވެ އެވެ. ނަބިއްޔާ ﷺ ހަދީޘް ކުރެއްވި އެވެ. (……وَالْمَلَائِكَةُ يُصَلُّونَ علَى أَحَدِكُمْ ما دَامَ في مَجْلِسِهِ الذي صَلَّى فيه يقولونَ: اللَّهُمَّ ارْحَمْهُ، اللَّهُمَّ اغْفِرْ له، اللَّهُمَّ تُبْ عليه، ما لَمْ يُؤْذِ فِيهِ، ما لَمْ يُحْدِثْ فِيهِ) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކޮށް އަވަދިވުމަށްފަހު، އޭނާ ނަމާދު ކުރި ތަނުގައި އިށީނދެ އިންނަހިނދެއްގައި، އެމީހަކަށްޓަކައި މަލާއިކަތުން ދުޢާ ކުރުމުގައިވެ އެވެ. ﷲ އެވެ! އެ އަޅާއަށް ރަޙްމަތް ލައްވާށި އެވެ! ﷲ އެވެ! އެ އަޅާގެ ފާފަ ފުއްސަވާނދޭވެ! ﷲ އެވެ! އެ އަޅާއަށް ތަޥްބާލައްވާނދޭވެ….”

މި ވަޤުތުގެ މުހިންމުކަން ބަޔާންކުރައްވާ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة ابن بَاز-رحمه الله- ވިދާޅުވެފައިވެ އެވެ. “”ފަރުޟު ނަމާދުކޮށް ސަލާމް ދިނުމަށްފަހުގައި، އިށީނދެ އިންނަ ވަޤުތަކީ، ﷲގެ ރަޙްމަތް މީސްތަކުންގެ މައްޗަށް ފޭބުމުގައިވާ އެންމެ މަތިވެރި މާތް ވަޤުތު ތަކުގެ ތެރޭގައި ހިމެނިގެންވާ ވަޤުތެކެވެ. އެވަޤުތުގައި ތެދުވެގެން ދިއުމަށް އަވަސްވެނުގަތުން ހުއްޓެވެ.

އިސްތިޣްފާރު ކުރުން ހުއްޓެވެ. ތަސްބީޙަ ކިޔުން ހުއްޓެވެ. ޙަމްދު ކުރުން ހުއްޓެވެ. ތަޙްލީލު ކިޔައި އަދި ތަކްބީރު ކިޔުން ހުއްޓެވެ.”

ابن بَطَّال رحمه الله ވިދާޅުވެފައިވެ އެވެ. “އެމީހެއްގެ ފާފަތައް ގިނަވެ، އޭނާ ބުރަތަކާއި އަދި ވަރުބަލިކަން ހޯދުމެއްނެތި، ﷲ އޭނާއަށް އެ ފާފަތައް ފުއްސެވުމަށް އެދޭ މީހާ ފަރުޟު ނަމާދުތަކަށްފަހު ނަމާދުކުރާ ތަނުގައި އިނުމުގެ ވަޤުތުގެ ފުރުސަތުގެ ބޭނުން ހިފުން ހުއްޓެވެ. އެއީ އޭނާއަށްޓަކައި މަލާއިތުން ދުޢާކޮށް، ފާފަފުއްސެވުމަށް އެދި ދެންނެވުން އިތުރުވުމަށްޓަކަ އެވެ.”

އަޚާއެވެ! މި ވަޤުތުގެ މާތް މަތިވެރިކަން ލިބުމަށްޓަކައި، ސަލާމް ދިނުމަށްފަހު ޛިކުރު ކުރުމަށް މަޑުކުރުން ހުއްޓެވެ.

ދެވަނައީ : ސަލާމް ދިނުމަށްފަހު، އެމީހަކު އިށީނދެއިން ތަނުގައި އިނުމަށް އުނދަގޫވެ، ނުވަތަ އޭނާގެ ޙާލަތު ހުރި ގޮތުން އެހެން ތަނަކަށް ދިއުމަށް ބޭނުން ޖެހިފައިވާ މީހެކެވެ. މިޘާލަކަށް ފާރުގައި ލެނގިގެން އިނުމަށް، އިށީނދެއިނުމަށް އުނދަގޫވުމުން ގޮނޑިއެއްގައި އިނުމަށް ތެދުވެ ގޮސް މަޑުކޮށްލާ މީހާ އެވެ.

އަދިވެސް ބުނަމެވެ. އޭނާ ނިދި އަންނާތީވެ، ނުވަތަ ތާއްޔާ ޖެހުމުގެ ސަބަބުން އެކަމުން ދުރުވުމަށްޓަކައި ތެދުވެ އެހެން ހިސާބެއްގައި މަޑުކޮށްލީ އެވެ. މިފަދައިން ކުރާ ޙަރަކާތަކީ އޭނާ ނަމާދު ކުރި މުޞައްލާ ދޫކުރި ކަމުގައި ނުވާނެ އެވެ.

މިކަމުގައި މަނާކަމެއް ނެތެވެ. އެމީހާއަށް އެފަދަ ޙާލަތެއް އޮތް މީހާ ތެދުވެ އަރިމައްޗަށް ކުރިމައްޗަށް ޖެހިލުމަކުން މި އަޖުރު ފާއިތުވެގެން ނުދާނެ އެވެ.

މިތަނުގައި މުހިންމު ނުކުތާއެއްވެސް ފާހަގަ ކޮށްލަމެވެ. ބައެއް މީހުން ދެކޭގޮތުގައި މިސްކިތުން ފައިބައިފިއްޔާ ޛިކުރު ކުރުމާއި އަދި އެ މަޙައްލު ފާއިތުވީ އެވެ. އެހެނަސް ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ބަޔާންކޮށްފައިވާ އެންމެ ޢަދުލުވެރި ބަސްފުޅަކީ، އެމީހަކު އަވަހަށް މިސްކިތުން ނުކުންނަން ޖެހިގެން ނުކުތީ އެވެ.

އެހެނަސް ޛިކުރު ކުރުން މެދުކަނޑައި ނުލަ އެވެ. ފަހެ އެމީހާއަށް އެހިނދު ޛިކުރު ކުރުމުގެ މަޙައްލު ފާއިތުވެ ނުދެ އެވެ. އެ ޛިކުރު ކުރުމުގައި ޤާއިމްވެ ދެމި ހުރި ފަރާތެއް ކަމުގައިވާނެ އެވެ.

އެހެނަސް ނަމާދަށްފަހު އެ ދެމެދުގައި ވަޤުތުތަކެއް ހޭދަވީ އެވެ. ޛިކުރު ނުކޮށް އެ ހޭދަކޮށްލި ވަޤުތަކީ އެތަނެއްގެ އަހުލުވެރިން ޢާދަވެ، ޢުރުފުގައި އެއީ ދިގު ވަޤުތެއްގެ މިންވަރު ކަމަށް ބުނެވޭ ވަރުގެ ވަޤުތެއް ކަމުގައިވެއްޖެހިނދު އެމީހަކަށް ޛިކުރު ކުރުމުގެ މަޙައްލު ފާއިތުވީ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply