އިސްތިޣްފާރު ކުރާނެ ގޮތްތަކާއި ކަލިމަތަކަކީ ކޮބައި ހެއްޔެވެ ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އިސްތިޣްފާރު ކުރުމާއި އަދި އިސްތިޣްފާރުގެ ކުރުމުގެ ބައެއް ޛިކުރުތަކާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
އިސްތިޣްފާރު: މީގެ މާނައަކީ މަޣްފިރަތަށް އެދި الله تعالى ޙަޟުރަތުގައި ދެންނެވުމެވެ. އެމީހެއްގެ ފާފަތަކާއި އަދި ކުއްތަކުގެ މައްޗަށް ނުހިއްޕަވައި ޢުޤޫބާތް އަވަސް ނުކުރައްވައި الله ގެ މަޣްފިރަތުން އެމީހަކަށް ފާފަ ފުއްސަވައި ދެއްވައި، އޭގެ ސަބަބުން ނަރައިން މިންޖުވެ ސުވަރުގެ ކާމިޔާބުވާ މީހެއްކަމުގައި ލެއްވިގެން ދިއުމާއެކު އެފަދައިން ނިޔާ ކަނޑައެޅިގެން ދިއުމަށް އެދުމެވެ. އެފަދަ ދަލީލުތަކުގެ ތެރޭގައި ހިމެނެއެވެ.
1. (فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا) “ފަހެ، ތިމަން ނަބިއްޔާ ވިދާޅުވީމެވެ. ތިޔަބައިމީހުންގެވެރި އިލާހުގެ ޙަޟުރަތުގައި ތިޔަބައިމީހުން ފާފަ ފުއްސެވުމަށްއެދި ދަންނަވާށެވެ. ހަމަކަށަވަރުން އެ އިލާހުއީ ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަމުގައިވެއެވެ”.
2. ޞައްޙަ ޙަދީޘްގައި ވެއެވެ. النبي ﷺ ޙަދީޘް ކުރެއްވިއެވެ. “އެންމެހައި މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޥްބާވެ އިސްތިޣްފާރު ކުރާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާ ކޮންމެ ދުވަހަކު 70 ފަހަރު ﷲ އަށް ތަޥްބާވެ އެ އިލާހަށް އިސްތިޣްފާރު ކުރަމެވެ”.
3. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (من أحب أن تسره صحيفته فليكثر من الاستغفار) “ޤިޔާމަތްދުވަހުގައި އޭނާގެ ފަތް، އޭނާގެ އަތަށް ލިބޭހިނދުގައި ހިތްހަމަޖެހުމާއި (އެކަމަށް އުފާކުރާ ޙާލުގައިވުމަށް) ބޭނުންވާ މީހާ، ފަހެ އިސްތިޣްފާރު ކުރުން ގިނަކުރާ ހުއްޓެވެ”. ވުމާއެކު މި ޢަމަލުގެ ހެޔޮކަމާއި އަދި އިސްތިޣްފާރު ކުރުމުގެ މަތީގައި ދެމިހުރުމުގެ މުހިންމުކަން ބަޔާންވެގެންވެއެވެ.
الإمام شيخ الإسلام ابن تيمية – رحمه الله ވިދާޅުވެފައިވެއެވެ. “ޝުކުރު ކުރުމަކީ ނިޢުމަތްތައް އިތުރުވެ (އިތުރުވުން) ޙައްޤުވާ ކަމެކެވެ. އަދި އިސްތިޣްފާރު (ފާފަތަކަށް ތަޥްބާވެ، ﷲ ހަނދުމަކުރުމަކީ) މުޞީބާތްތަކުން (އެންމެހައި ދަތިތަކުން) ދިފާޢުކޮށްދޭނެ ކަމެކެވެ”. ވުމާއެކު، ﷲ ހަނދުމަކޮށް އިސްތިޣްފާރު ކުރުމުގެ ޢާދަ ނަފްސުގައި އަށެގެނުވުމަށް މަސައްކަތްކުރުން ހުއްޓެވެ.
އެއަށްފަހު ކީރިތި ޤުރުއާނުގައި އަދި ސުންންނަތުގައި ވާރިދުވެގެންވާ އިސްތިޣްފާރު ކުރުމުގެ ބައެއް ސިފަތައް ބަޔާން ކުރަމެވެ.
ޤުރުއާނުގައި ވާރިދުވެގެންވާ ބައެއް ސިފަތައް :
- ﴿ ربَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴾ [آل عمران: 147].
- ﴿ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ ﴾ [آل عمران: 16].
- ﴿ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ * رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ * رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ ﴾ [آل عمران: 191 – 193].
- ﴿ رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ ﴾ [المؤمنون: 109].
- ﴿ وَقُلْ رَبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴾ [المؤمنون: 118].
- ﴿ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ﴾ [التحريم: 8].
- ﴿ رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلاَ تَزِدِ الظَّالِمِينَ إِلاَّ تَبَارًا ﴾
ސުންނަތުގައި ވާރިދުވެގެންވާ އިސްތިޣްފާރުގެ ބައެއް ސިފަތައް:
1. ދީނުގައި “ސައްޔިދުލް-އިސްތިޣްފާރު” އެންމެ މާތް މަތިވެރި އިސްތިޣްފާރުގެ ނަންދެވިފައިވާ މަތިވެރި ޛިކުރެއްވެއެވެ. (اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِرْ لِي
فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ) މާނައީ: “އަޅުގެ ވެރި އިލާހު! އިބަ އިލާހަކީ، އިބަ އިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ އަޅުގެ ވެރި ރައްބެވެ. މި އަޅާއަކީ އިބަ އިލާހު ހައްދަވާފައިވާ އިބަ އިލާހުގެ އަޅަކީމުއެވެ. އަދި އިބަ އިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައި ކެރި ކުޅަދާނަވީ މިންވަރަކުން މި އަޅާ ވަމުއެވެ. މިއަޅާއަށް ކުރެވިފައިވާ ނުބައި ކަންތައްތަކުން، އިބަ އިލާހުގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދި ދަންނަވަމެވެ. އަޅާއަށް އިބަ އިލާހު ދެއްވާފައިވާ ނިޢުމަތްތަކުގެ މައްޗަށް އިޢުތިރާފު ވަމުއެވެ. އަދި އަޅާގެ ފާފަތަކުގެ މައްޗަށް ވެސް އިޢުތިރާފު ވަމުއެވެ. (ފަހެ، އެހެންކަމުން) މިއަޅާގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ. ފަހެ، ހަމަކަށަވަރުން އިބަ އިލާހު ފިޔަވައި ފާފަތައް ފުއްސަވައި ދެއްވާނޭ އެހެން ފަރާތެއްނުވެއެވެ”.
ދަންނައެވެ! މިއީ އިސްތިޣްފާރުގެ އެންމެ ހެޔޮ ވެގެންވާ ސިފައެވެ.
2. الصحيحين عن أبي بكْرٍ الصِّدِّيق – رَضيَ الله عَنه – أنَّه قالَ لرَسول الله – صلَّى الله عليه وسلَّم -: علِّمني دعاءً أدعو به في صَلاَتي؟ قال: ((قل: اللهمَّ إني ظَلَمتُ نَفْسي ظلمًا كَثيرًا، وَلاَ يَغفر الذنوبَ إلا أنتَ، فَاغفرْ لي مَغفرَةً مِن عندكَ، وارحَمني، إنَّكَ أنتَ الغَفورُ الرحيم)
ޞަޙީޙައިންގައި ވާރިދުވެގެންވެއެވެ. ޞަޙާބީ أبي بكْرٍ الصِّدِّيق – رَضيَ الله عَنه މާތް ނަބިއްޔާ صلَّى الله عليه وسلَّم އަރިހުގައި ދެންނެވިއެވެ. ތިމަން ޞަހަބީ ނަމާދުގައި ކުރާނެ ދުޢާއެއް އުނގަންނައި ދެއްވާށިއެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. މި ދުޢާ ކިޔާހުއްޓެވެ. اللهمَّ إني ظَلَمتُ نَفْسي ظلمًا كَثيرًا، وَلاَ يَغفر الذنوبَ إلا أنتَ، فَاغفرْ لي مَغفرَةً مِن عندكَ، وارحَمني، إنَّكَ أنتَ الغَفورُ الرحيم
3. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (من قال: أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه ثلاثا غفرت له ذنوبه وإن كان فارا من الزحف) ” أَسْتَغفِرُ اللهَ الذِّيْ لاَ إِلَه إِلاَّ هُو الحَيُّ القَيُّوْم وَأَتُوْبُ إِلَيْهِ ތިންފަހަރު ކިޔައިފި މީހާއަށް އޭނާގެ ފާފަތައް ފޮހެވިގެންދާނެއެވެ. އެއީ އޭނާއަކީ ހަނގުރާމައިގެ މައިދާނުން ފުރަގަސްދީ ފިލަންދިޔަ މީހެއްކަމުގައި ވިޔަސްމެއެވެ”. صححه الألباني الصحيحة ٢٧٢٧
4. أَبي هرَيرَةَ – رضي الله عنه – قالَ: ((مَا رأَيتُ أَحَدًا أَكثَرَ أَن يَقولَ: أَستَغفر اللهَ وَأَتوبُ إليه مِن رسولِ الله – صلَّى الله عليه وسلَّم)).
ޞަޙާބީ أَبي هرَيرَةَ – رضي الله عنه ވިދާޅުވެފައިވެއެވެ. أَستَغفر اللهَ وَأَتوبُ إليه (މި ކަލިމަފުލު) މާތް ނަބިއްޔާ ﷺ އަށްވުރެ ގިނައިން ވިދާޅުވާ ބޭކަލަކު ދެކެވަޑައެއް ނުގަންވަމެވެ.
މިއީ އެފަދަ ޛިކުރުތަކުގެ ތެރެއިން ބައެއް ޛިކުރެވެ. ކިޔުމުގައި ވަޤުތު ހޭދަ ނުކުރެވޭނެ ހެއްޔެވެ؟ މަސައްކަތުގައި އުޅުމުގައި، ހިނގާބިގާ އުޅުމުގައި ނުކިޔޭނެ ހެއްޔެވެ؟ ހަޤިޤަތަކީ އަހަރެމެންގެ ނަފްސުތަކަށް އަހަރެމެންގެ ޢުމުރު އަދި ޙަޔާތުގެ ވަޤުތު އަގުވަޒަން ނުކުރެވުމެވެ. މި ދުވަސްތަކާއި ވަޤުތުތަކާއި، ހިނދުކޮޅުތަކާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދާންނެތިފައި ތިބެވެނީއެވެ.
الربيع بن أنس -رحمه الله- ވިދާޅުވެފައި ވެއެވެ. ” ﷲ عزوجل ދެކެ ލޯބިވާ ކަމުގެ ޢަލާމާތަކީ، އެ އިލާހުގެ މަތިން ގިނަގިނައިން ހަނދުމަކުރުމެވެ. (ޛިކުރު ކުރުމެވެ.) ހަމަކަށަވަރުން ތިބާ އެ އެއްޗެއް ދެކެ ލޯބިވެއްޖެ ހިނދުގައި، އެ އެއްޗެއްގެ މަތިން ހަނދުމަކުރާ މިންވަރު ގިނަވާނެއެވެ”. مدارج السالكين ٢١٠/٢ މިފަދަ ބަސްތަކުގެ މައްޗަށް ނަފްސު ގެންގޮސް ވިސްނައިލުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.