މާތް މަތިވެރިވެގެންވާ ދުޢާ އެއް

رَسُول الله صَلَّى الله عَلَيه وَسَلَّم  ޙަދީޘް ކުރެއްވި އެވެ. 

(دعـوةُ ذي النُّـونِ إذ دعـاه وهـو فـي بطـن الحـوتِ : «لَا إِلَـهَ إِلاَّ أَنْتَ سُـبْحَانَكَ إِنِّـي كُنْـتُ مِـنَ الظَّالِمِـين» فـإنه لـم يَـدعُ بـها رجـلٌ مـسلمٌ فـي شـيءٍ قـطُّ إلا استـجاب اللهُ لـه)

ذو النُّـونِ ބޮޑުމަހުގެ ބަނޑުގައިވީހިނދު ދުޢާ ކުރެއްވި އެވެ. «لَا إِلَـهَ إِلاَّ أَنْتَ سُـبْحَانَكَ إِنِّـي كُنْـتُ مِـنَ الظَّالِمِـين» ފަހެ ހަމަކަށަވަރުން މުސްލިމަކު އެއްވެސް ކަމެއްގައި މި ދުޢާ ކޮށްފިހިނދުގައި އޭނާގެ ބޭނުންވާ ކަމެއް އިޖާބަކުރެއްވުމުގައި މެނުވީ ވޮޑިއެއް ނުގަންނަވާނެ އެވެ.“

صـحيح الـترغيب للعـلاّمة الألبانـي رحـمه الله (١٨٢٦)

الإمـام ابنُ القَيّـم رَحِمَـهُ الله ވިދާޅުވެފައިވެ އެވެ.

ذي النُّـونِ ގެ ދުޢާއާއި މެދުގައި ދަންނައެވެ! ފަހެ، ހަމަކަށަވަރުން، ތައުޙީދާއި، تعالى ހުސްޠާހިރުވަންތަކުރުމާއި، އަޅާ އޭނާ ވެފައިވާ އަނިޔާވެރިކަމާއި ކޮަށްފައިވާ ފާފައަށް އިޢުތިރާފުވުން އެންމެ ފުރިހަމަ ގޮތުގައި އެ ދުޢާގައި ހިމެނިގެން ވެއެވެ. އެ ކަންތައްތަކަކީ އެއީ ހިތާމަޔާއި، މޮޅިވެރިކަމާއި، ހިތްނުތަނަވަސްވުމުގެ މައްޗަށްވާ އެންމެ ކާމިޔާބު ބޭސްތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. އަދި ޙާޖަތްތައް ފުއްދުމުގައި سـبحانه وتعالى އަށް ތަވައްސުލް ކުރެވޭ އެންމެ ފުރިހަމަ ވަސީލަތްތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެއްކައުވަންތަ ކުރުމާއި، ހުސްޠާހިރުވަންތަ ކުރުމަކީ، سـبحانه وتعالى އަށް އެންމެހާ ފުރިހަމަކަމެއް ސާބިތުކުރުން އެ ދެކަމެއްގައި ހިމެނިގެންވާ ދެކަމެކެވެ.

އަދި އެންމެހާ މިސާލުޖެހުމާއި، އުނި ސިފަތަކާއި، ޢައިބުތައް އެކަލާނގެ (ޒާތުފުޅު) އަށް ނަފީކޮށް، އަަޅާ ވެފައިވާ އަނިޔާވެރިކަމަށް އެ އަޅާ އިޢުތިރާފުވުމަކީ، ޝަރީޢަތާއި، ސަވާބާއި އަދި ޢުޤޫބާތަށް އަޅާ އީމާންވާ އީމާންވުން އެކަންތައްތަކެއްގައި އެކުލެވިގެންވާ ކަންތައްތަކެކެވެ. އަދި އެއީ އެކަންތައްތަކެއްގެ ސަބަބުން އަޅާ ނިކަމެތިވެގަނެ سـبحانه وتعالى އަށް ރުޖޫޢަވުން ވާޖިބު ކުރުވާ ކަންތައްތަކެކެވެ. އަދި ހަމައެފަދައިން، އަޅާ އޭނާގެ ކުށްފާފަތަކުގެ މުޑުދާރުކަމުން ސަލާމަތްކޮށްދެއްވުމަށް އެކަލާނގެ ޙަޟްރަތުން އެދުމަށާއި، އެކަލާނގެއަށް އަޅުވެތިވުމަށާއި އެކަލާނގެއަށް ނުހަނު ބޭނުންޖެހިފައިވާކަމުގެ މައްޗަށް އިޢުތިރާފުވުން ވާޖިބު ކުރުވާ ކަންތައްތަކެކެވެ. ފަހެ، މިތާގައި މިވަނީ، އެ ހަތަރުކަމަކާ އެކު ތަވައްސުލު ކުރެވިފައިވާ ހަތަރުކަމެކެވެ. އެއީ އެއްކައުވަންތަ ކުރުމާއި، ހުސްޠާހިރުވަންތަ ކުރުމާއި، އަޅުވެތިވުމާއި، އިޢުތިރާފުވުމެވެ.“ 

 

ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب ج2 / ص 138

Similar Posts