neyfatha beys elhumun roadha

ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަވެ.     

(ތިރީގައިވާ ޕޮއިންޓްތައް ވިސްނައިގެން ކިޔާލުން ހުއްޓެވެ.)   

  1. ރޯދަ ގެއްލޭ ކަންތައްތައް ޛިކުރުކޮށްފައިވާހިނދު ނޭފަތުން ހަށިގަނޑު ތެރެއަށް އެއްޗެއް ތަކެތި ފޮނުވުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ. ސަބަބަކީ ލޮލާއި، ކަންފަތާއި ޚިލާފަށް ނޭފަތަކީ، ހަށިގަނޑުގެ ތެރެއަށް ކާބޯތަކެތި ފޮނުވައިދޭ އެއް މަގެވެ. އެގޮތުން އަނގައިން ކަރުތެރެެއިން ކާބޯތަކެތި ފޮނުވުމަށް ނުކުޅެދޭ ޙާލަތުގައިވާ މީހުންގެ، ނޭފަތުން ހޮޅި ލައްވައި ކާބޯތަކެތި ނޭފަތުން ފޮނުވާކަމަކީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހިނދު ބަޔާންވަނީ، ނޭފަތަކީ ކާބޯތަކެތި ފޮނުވާ މަގެއް ކަމެވެ. މި ބަޔާން ކުރެވޭ ޙަދީޘްއަށް ބަލައިލުން ހުއްޓެވެ. لَقِيط بن صَبرة رضي الله عنه ވިދާޅުވެފައިވެ އެވެ. ރަސޫލާ  ﷺ  ޙަދީޘް ކުރެއްވި އެވެ. (وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا) ”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ. ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމަ އެވެ. 

(އެބަހީ : ރޯދައަށް ހުރެއްޖެހިނދު ފަރުވާތެރިވެހުރެ އެކަން ކުރާށެވެ.)“ رواه أبوداود 142

ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި ބޮޑަށް އެކަން ނުކުރުމެވެ. ސަބަބަކީ، ނޭފަތުން ފެން ހަށިގަނޑަށް ދިއުމަކީ ރޯދަ ގެއްލޭނެ ކަމެއް ކަމުގައި ވުމުންނެވެ.  ފަހެ، އެހެން ވުމުން ނޭފަތަށް ބޭސް އެޅުމުންވެސް ރޯދަ ގެއްލޭނެ އެވެ.       

  1. ރޯދަވެރިޔާގެ ރޯދަ ގެއްލޭނީ އެކުރެވުނު ކަންތައްތަކުގެ މައްޗަށް ޝަރުޠު ތަކެއް ފުރިހަމަ ވުމުންނެވެ.  އެ ޝަރުޠުތައް ޢިލްމުވެރިން ކަނޑައަޅާފައިވެ އެވެ. 

މި ޝަރުޠުތަކުގެ ތެރެއިން ފުރަތަމަ ޝަރުޠަކީ : އެއީ ޢިލްމެވެ. އެއީ ރޯދަވެރިޔާއަށް އެކަމަކީ އެއީ ރޯދަ ގެއްލޭކަމެއްކަން އެނގިފައިވުމެވެ. ޖާހިލެއްގެ ގޮތުގައިވެ، އެއީ ރޯދަގެއްލޭ ކަމެއްކަން ނޭނގިހުރެ، އެކަމެއް ކޮށްފިހިނދު އޭނާގެ މައްޗަށް އެއްވެސް ޙުކުމެއްނުވެ އެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ. 

ދެވަނައީ : (ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއްކޮށްފިހިނދު، އޭނާ ރޯދަ ގެއްލޭނީ) ހަނދާންހުރެ އެކަމެއް ކުރުމެވެ. ރޯދަވެރިޔާ ރޯދައަށްހުރެ، ހަނދާންނެތިގެން ރޯދަ ގެއްލޭ ކަމެއްކޮށްފި ހިނދު، މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވާ އެންމެ ޞައްޙަގޮތަކީ، އޭނާގެ ރޯދައަށް އެއްވެސް ގެއްލުމެއްނެތެވެ. 

މި ޝަރުޠުތަކުގެ ތެރެއިން ތިންވަނަ ޝަރުޠަކީ : އިޚްތިޔާރުގައި އެކަމެއް ކުރުމެވެ. ރޯދަގެއްލޭ އެއްވެސް ކަމެއް އޭނާއަށް މަޖްބޫރުކޮށްގެން ކޮށްފިހިނދު، އޭނާއަށް އެކަމުގައި އެއްވެސް ގެއްލުމެއް ނުވެ އެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ. 

ވުމުން އަޚާއަށް ނޭނގި، އޭގެ ޢިލްމު ލިބިފައިނުވެ،

ނޭނގުމުގެ ތެރޭގައި އެކަން ކުރެވިފައި ވުމުން ރޯދައަށް މައްސަލައެއް ނެތެވެ. ރޯދައާއިގެން ކުރިއަށް ދާށެވެ. ރޯދައަކީ ޞައްޙަ ރޯދައެއް ކަމުގައިވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts