ބަޔަކަށް ހެޔޮކަމެއް ކޮށްދިނުމަށްފަހު ތިބާ އެބައެއްގެ ފަރާތުން ހެޔޮ ބަހާއި ޘަނާއަށް ނޭދޭށެވެ!

الشَّيخ الإِسلام ابن تَيْمِيَّة رحمه الله ވިދާޅުވެފައިވެ އެވެ. ”ފަޤީރުންގެ ކިބައިން ދުޢާކޮށްދިނުމަށް ނުވަތަ ހެޔޮ ޘަނާގެ ބަސްތަކަށް އެދެފިމީހާ މި އާޔަތުން ބޭރުވާނެ އެވެ.“ ﴿ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ”ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ގެ ވަޖުހުފުޅަށްޓަކައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއްވެސް އަދި އެކަމަށް ޝުކުރެއްވެސް ތިމަންމެން ނޭދެމު އެވެ.“ مجموع الفتاوى 11/ 111

 އަދިވެސް ابن تَيْمِيَّة رحمه الله ވިދާޅުވެފައިވެ އެވެ. ”ދުޢާކޮށްދިނުމަށް އެދުމަކީ އެއީ އުޖޫރައިގެ ތެރެއަށް ވަންނާނެކަމެކެވެ. ފަހެ، އެބަޔަކަށް ހެޔޮ ޘަނާގެ ބަސްފުޅު ޛިކުރުކުރެއްވި މީހުންނަކީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ މީސްތަކުންނެވެ. ﴿ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ”ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ގެ ވަޖުހުފުޅަށްޓަކައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއްވެސް އަދި އެކަމަށް ޝުކުރެއްވެސް ތިމަންމެން ނޭދެމު އެވެ.“

ދުޢާކޮށްދިނުމަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން އުޖޫރައެކެވެ. ރަސޫލާ ޙަދީޘް ކުރެއްވި އެވެ. (من أسدى إليكم معروفاً فكافئوه، فإن لم تجدوا ما تكافئونه به فادعوا له) ”ތިޔަބައިމީހުންނަށް ހެޔޮކަމެއް ކޮށްދިން މީހަކަށް، އެ ހެޔޮކަމާ އެއްފަދަ ބަދަލެއް ދިނުން ހުއްޓެވެ. އެ ކޮށްދިން ހެޔޮކަމާ އެއްފަދަ ބަދަލެއް ދިނުމަށް ކުޅަދާނަނުވެއްޖެހިނދު އޭނާއަށް ހެޔޮ ދުޢާކޮށްދިނުން ހުއްޓެވެ.“ 

ނަބިއްޔާ ގެ އަނބިކަނބަލުން عَائِشَة رضي الله عنها ބަޔަކަށް ޞަދަޤާތެއް ހޭދަކުރެއްވުމަށް ފޮނުއްވާހިނދު، (އެ ޞަދަޤާތް ހިއްޕަވައިގެން) ގެންގޮސްދެއްވާ މީހާގެ އަރިއަހުގައި ވިދާޅުވެ އެވެ. ”އެމީސްތަކުން އަހަރެމެންނަށް ކޮށްދޭ ހެޔޮ ދުޢާ އަޑުއެހުން ހުއްޓެވެ. އެއީ އެބައިމީހުން އަހަރެމެންނަށް ހެޔޮ ދުޢާކޮށްދޭ ފަދައިން އެފަދައިން އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދިނުމަށްޓަކަ އެވެ. އަދި އަހަރެމެންނަށް ލިބޭ އަޖުރު ޙަޟުރަތުގައި ރައްކާކުރެއްވިފައިވުމަށްޓަކަ އެވެ.“

އުއްމަތުގެ ބައެއް ސަލަފުއް ޞާލިހުން، އެބޭފުޅުންގެ އަރިއަހުގައި މީހަކު ” بارك الله فيك“ ވިދާޅުވެއްޖެހިނދު (އެމީހަކަށް) ވިދާޅުވެ އެވެ. وفيك بارك الله

ފަހެ، މަޚްލޫޤަކަށް ހެޔޮކަމެއް ކޮށްދީފި މީހާ، އެ މަޚްލޫޤަކީ އެއީ ނަބިއްޔެއް، ޞާލިޙު މީހެއް، ރަސްކަލުންގެ ތެރެއިން ރަސްކަލެއް ނުވަތަ މުއްސަނދިންގެ ތެރެއިން މުއްސަންޖެއް ކަމުގައިވީނަމަވެސް، ފަހެ، އެ ހެޔޮޢަމަލު ކުރި މީހާއަށް އަމުރުކުރެވިގެންވަނީ އެ ހެޔޮކަން ގެ ވަޖްހުފުޅަށް އެދި އަށް އިޚްލާޞްތެރި ގޮތުގައި އެހެޔޮކަން ކުރުމެވެ. އެއްވެސް މަޚްލޫޤެއްގެ ފަރާތުން އެކަމަށް އުޖޫރައަކަށް އެދިގެން ނުވާނެ އެވެ. އަދި ދުޢާއެއް ކޮށްދިނުމަށްވެސް އަދި އެ ނޫންކަމަކަށްވެސް އެދިގެން ނުވާނެ އެވެ. އެއީ ނަބިއްޔެއް ނުވަތަ ޞާލިޙް މީހެއް ނުވަތަ މަލާއިކަތެއްކަމުގައި ވީނަމަވެސް އެވެ. 

ފަހެ، ހަމަކަށަވަރުން އެންމެހައި އަޅުތަކުންނަށް އަމުރުފުޅު ކުރައްވާފައިވަނީ އަށް އަޅުކަން ޚާލިޞް ކުރާ ޙާލު، އަށް އަޅުކަން ކުރުމަށެވެ.“ قاعدة جليلة في التوسل والوسيلة 6-66

Similar Posts