ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށް އޮތް ވަޤުތަކީ ކޮބާތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށް ބަޔާންވެގެންވާ ވަޤުތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ހެދުނު އަދި ހަވީރުގެ ވަޤުތުގައި ކިޔާ ޛިކުރުތައް ކިޔުން ފެށޭ ވަޤުތަކީ ކޮބައި ކަމާއި މެދުގައި ޢިލްމުވެރިން ޚިލާފްވަޑައިގަންނަވާފައިވެ އެވެ.

އެގޮތުން ހެނދުނުގެ ޛިކުރުގެ ވަޤުތާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާން ކުރަމެވެ.

 

ފުރަތަމައީ ހެދުނުގެ ޛިކުރުތައް ކިޔުން ފެށޭ ވަޤުތެވެ. :

މި މައްސަލައިގައި ގިނަ ޢިލްމުވެރިންގެ ޤައުލަކީ ހެދުނުގެ ޛިކުރުތައް ކިޔުން ފެށޭ ވަޤުތަކީ ފަޖުރުއްޞާދިޤުގެ ވަޤުތު ވަނުމާއެކުގަ އެވެ. އަދި ބައެއް ޢިލްމުވެރިން ހެދުނުގެ ޛިކުރު ފެށޭ ވަޤުތަކީ އެއީ ރޭގަނޑު ދެބައިވުމުން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ފަހެ، މި މައްސަލައިގައި ޞައްޙަވެގެންވާ ބަސްފުޅަކީ ހެނދުނުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ފަތިސް ވަޤުތު ވުމާއި އެކުގައިކަމެވެ.

 

ހެނދުނުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ކޮބައިކަމާއި މެދުގައި ޚިލާފްއުފެދިފައިވާ ސަބަބަކީ ޝަރީޢަތުގައި އެކަމަށް ޚާއްޞަކޮށް ނައްޞު ކުރެވިގެންވާ ދަލީލެއް ވާރިދުވެފައި ނުވުމެވެ.

ފަހެ، މި މައްސަލައިގައި ޞައްޙަވެގެންވާ ބަސްފުޅަކީ ހެނދުނުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ފަތިސް ވަޤުތު ވުމާއި އެކުގައިކަމެވެ.

 

ދެވަނައީ : ހެނދުނުގެ ޛިކުރުތައް ކިޔުން ނިމޭ ވަޤުތަކީ ކޮބައިތޯ އެވެ؟

ގިނަ ޢިލްމުވެރިންގެ ޤައުލަކީ އެއީ، އިރު އެރުމާއި އެކުގަ އެވެ. މިފަދައިން شيخ الإسلام ابن تيمية ލިޔުއްވި ފޮތް الكَلِم الطيِّب ގައި އަދި ابن القيم ލިޔުއްވި ފޮތް الوابل الصيب ގައި ވިދާޅުވެފައިވެ އެވެ.
އިޚްތިޔާރު ކުރައްވާފައިވެ އެވެ. އަދި ބައެއް ޢިލްމުވެރިން ހެނދުނުގެ ޛިކުރުތައް ނިމޭ ވަޤުތަކީ ޟުޙާވަޤުތުގެ ނިމުމާ އެކުގަ އެވެ. އެހެނަސް އެންމެ އެދެވިގެންވާ ވަޤުތަކީ އިރު އެރުމާ ދެމެދުގައި އެ ޛިކުރުތައް ކިޔުމެވެ. އަދި އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

ފަހެ، މިކަމުގައި ޞައްޙަވެގެންވާ ގޮތަކީ، ހެނދުނުގެ ޛިކުރުތައް ކިޔުން އިރު އެރުމާއެކުގައި ނިމިދިއުމެވެ. އެހެނަސް އެ ވަޤުތުގައި ޛިކުރުތައް ގެނެސްނުގަނެވުނު މީހާއަށް އިރު އެރުމަށްފަހުގައި ކިޔުން ހުއްދަވެގެންވެ އެވެ. ސަބަބަކީ ޢަރަބި ބަހުގައި އިރު އެރުމަށްފަހުގައިވެސް صباحاً (އެބަހީ : ހެދުނު) މިފަދައިން ބުނެވުމެވެ.

 

ތިންވަނައީ : ހަވީރުގެ ޛިކުރުތައް ފެށޭ ވަޤުތެވެ.

މި މައްސަލައިގައި ޢިލްމުވެރިންގެ ޤައުލުތަކަށް ބަލާހިނދު : ހަވީރުގެ ޛިކުރުތައް ކިޔުން ފެށޭ ވަޤުތަކީ އިރު މެދުން ފިލައި ދިއުމުން ފަށައިގެން ގޮސް (މެންދުރު ނަމާދުގެ ވަޤުތު ވަނުމުން ފަށައިގެންގޮސް) އިރު އޮއްސުމާ ހަމައަށެވެ. މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ފަތުވާ ނެރުއްވާފައިވެ އެވެ. -ފަތުވާ ނަންބަރު فتاوى اللجنة الدائمة 24 /178 ޛިކުރުކޮށްފައިވެ އެވެ.

އަދި ހަވީރުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ޢަޞްރު ނަމާދު ވަޤުތުން ފެށިގެން އިރު އޮއްސުމާ ހަމައަށް ކަމުގައި ބުނެވިފައިވެ އެވެ. މި ޤައުލު شيخ الإسلام ابن تيمية އަދި ابن القيم އިޚްތިޔާރު ކުރައްވާފައިވެ އެވެ.

އަދި އިރު އޮއްސުމުގެ ވަޤުތުން ފެށިގެން ފަތިސް ވަނުމާ ހަމައަށް ކަމުގައިވެސް ބުނެވެ އެވެ.

 

ފަހެ، މި ބަސްފުޅުތަކުން ބަޔާންވެގެންވާ އެންމެ ޞައްޙަ ޤައުލަކީ، ހަވީރުގެ ޛިކުރުތައް ދެމިގެންދާ ވަޤުތަކީ، އަޞްރު ނަމާދުގެ ވަޤުނުމުގެ ވަޤުތުން ފަށައިގެން އިރު އޮއްސުމާއި ހަމައަށެވެ. އަދި އެ ދެމެދުގައި ޛިކުރުތައް ގެނެސް ގަތުމަށް ޢުޛުރުވެރިވި ފަރާތަށް އިރު އޮއްސުމަށްފަހުގައިވެސް ޛިކުރުތައް ގެނެސްގަތުން ހުއްދަވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

Similar Posts