ޢުޛުރުވެރި ޙާލަތުގެ ސަބަބުން ރޯދަ ދޫކުރި މީހާ، އެޙާލަތުގައިއޮވެ މަރުވުމުން ޢަމަލު ކުރުންއޮތީ ކިހިނެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޢުޛުރުވެރި ޙާލަތެއް ދިމާވެ އެ ޢުޛުރުވެރި ޙާލަތުގެ ސަބަބުން ރޯދަ ދޫކުރި މީހާއަށް އެ ޢުޛުރުވެރި ޙާލަތުގައި މެދު ނުކެނޑި ދެމި އޮވެ މަރުވެ ދިޔައީ އެވެ.
މާނައަކީ އެ ޢުޛުރު ފިލައިނުގޮސްހުރެ އެ ގޮތުގައި މަރުވީ އެވެ. ވުމުން އެމީހާއަށް އެއްވެސް ކުޅަދާނަކަމެއް ލިބިފައިނުވެ އެވެ. ރޯދަ ހިފުމުގެ އެއްވެސް ޤާބިލްކަމެއް ލިބިފައި ނުވެ އެވެ.

މިފަދަ މީހާގެ މައްޗަށް އެއްވެސް ކަމެއް ކުރުމެއް ނުވެ އެވެ. ރޯދަ ހިފައި ދިނުމެއްވެސް އަދި ރޯދަތަކަށް ކާންބޯން ދިނުމެއްވެސް ނުވެ އެވެ.

މިކަމުގެ މިޘާލަކީ ރަމަޟާން މަހުގައި ބައްޔެއް ދިމާވެ އެ ބަލީގެ މަތީގައި ރަމަޟާން މަހަށް ފަހުގައިވެސް މަރުވީ އެވެ.
ހަތަރު އިމާމުން أبو حنيفة، مالك، الشافعي އަދި أحمد -رحمهم الله- ދެކެވަޑައިވަޑައިގަންނަވަނީ އެމީހާގެ ގެއްލުނު ރޯދައިގެ މައްޗަށް އެއްވެސް ކަމެއް ކުރުމެއް ނުވެ އެވެ.

މިފަދައިން މި މައްސަލައިގެ މައްޗަށް ابن عباس -رضي الله عنهما- ފަތުވާ ދެއްވާފައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم

Similar Posts