ޤުރުއާން ކިޔަވަން އިންނަ މީހާ ނުވަތަ ނަމާދަށް ހުންނަ މީހާ ސަލާމް ގޮވުމުން ސަލާމް ރައްދު ކުރުން

 بسم الله الرحمن الرحيم

الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه : أما بعد :

އިސްވެ ސަލާމް ގޮވުމުގެ ޙުކުމަކީ ސުންނަތެކެވެ. މިކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައވެ އެވެ.

الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. “ اِبْن عَبْد الْبَرّ އަދި އެނޫން ޢިލްމުވެރިން ސަލާމް އިސްވެ ގޮވުން އެއީ ސުންނަތެއް ކަމުގައި އަދި ސަލާމް ރައްދު ކުރުމަކީ ފަރުޟެއް ކަމުގައި އިޖްމާޢު ނަޤުލު ކުރައްވާފައިވެ އެވެ. .“ شرح مسلم 140-14

ވުމުން ސަލާމް ގޮވައިފިހިނދު ސަލާމް ރައްދު ކުރުން ވާޖިބުވެގެންވެ އެވެ.

ފަހެ، ޤުރުއާން ކިޔަވާ މީހާ އޭނާ ވާނީ 2 ގޮތެއްގެ މަތީގަ އެވެ. އެއްގޮތަކީ ނަމާދުން ބޭރުގައި ޤުރުއާން ކިޔަވަން އިނުމެވެ. މިސްކިތުގަ އެވެ. ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި އިދެ ޤުރުއާން ކިޔަވަނީ އެވެ.

މި ޙާލަތުގައި ޤުރުއާން ކިޔެވުން ހުއްޓާލައި ސަލާމް ގޮވުމުން ސަލާމް ރައްދުކުރުން ވާޖިބުވާނެ އެވެ. ސަބަބަކީ އެއީ ފަރުޟުވެގެންވާ ޢަމަލެއް ކަމުގައި ވުމެވެ.

ދެވަނައީ ނަމާދުގައި ހުންނަ މީހާ އެވެ. ނަމާދުގައި، އެއްގޮތަކީ ޤުރުއާން ކިޔެވުމުގައި ހުރުމުވެ، ފަހެ، މި ޙާލުގައި އަތުން އިޝާރާތްކޮށް އެއީ އަތްތިލަ މައްޗަށް ހިއްލާލުމުގެ ސިފައިގައި ސަމާލް ރައްދު ކުރުމެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العَزِيز بن عبد الله بن بَاز- رحمه الله- ވިދާޅުވެފައިވެއެވެ. ”(ޤުރުއާން ކިޔަވާ މީހާއަށް) ވާޖިބުވެގެންވަނީ ސަލާމް ރައްދު ކުރުމެވެ. އެއީ ޤުރުއާން ކިޔެވުން ހުއްޓާލައި ސަލާމް ރައްދު ކުރުމެވެ. ދެންފަހެ، އޭނާ ހުރީ ނަމާދުގައި ކަމުގައިވާނަމަ، އަތުގެ އިޝާރާތުން ސަލާމް ރައްދު ކުރާނި އެވެ. އެހެނަސް ނަމާދުން ބޭރުގައިނަމަ، ހަމައެކަނި ޤުރުއާން ކިޔަވާ ޙާލުގައިނަމަ، ޤުރުއާން ކިޔެވުން ހުއްޓާލައި ސަލާމް ރައްދު ކުރާނި އެވެ. އެގޮތުން وعليكم السلام ކިޔާނީ އެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts