ތުއްތުކުދިންގެ މައްޗަށް ކަށުނަމާދު ކުރާނީ ކިހިނެއް އަދި ކުރާނެ ދުޢާއަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޅަފަތުގައި ދުނިޔެ ދޫކުރާ ކުޑަ ކުދިންގެ ޖަނާޒާގައި ކިޔާނެ ދުޢާ މެދު ކޮށްފައިވާ ސުވާލުގައި ބުނަމެވެ.  

 

ޝަރުޢީ ދަލީލުތަކުގެ މައްޗަށް ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، ވަކި ޚާއްޞަ ދުޢާއެއް ކުޑަކުދިންގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި، އެ ކުއްޖާއަށް ކިޔުމެއް ވާރިދު ނުވެ އެވެ.  

އެހެނަސް ޙަދީޘްގައި އައިސްފައިވަނީ ދުޢާ ކުރުން ތަނަވަސްވެގެންވާ ގޮތުގަ އެވެ.  

 

މި ބާބުގައި ވާރިދުވެފައިވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ.  

 

ކުޑަ ކުއްޖާގެ މައްޗަށް ކަށުނަމާދު ކުރުން ވެ އެވެ.  ޙަދީޘްގައިވެ އެވެ. (….و الطفلُ يُصلَّى عليه) ”ކުޑަ ކުއްޖާގެ މައްޗަށް ކަށުނަމާދު ކުރުން ހުއްޓެވެ.“ صحيح ابن ماجه  1233  

ޞަޙާބީ المغيرة بن شعبة ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (…. والسِّقطُ يصلَّى علَيهِ ، ويُدعى لوالديهِ بالمغفِرةِ والرَّحمةِ )  ”ޅަފަތުގައި ބައިގެންދާ (މަންމަގެ ބަނޑުގައި ދުވަސް ހަމަނުވެ ބައިގެންދާ ކުއްޖާއަށް) ކަށުނަމާދު ކުރުން ވެ އެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނަށް ފާފަފުއްސެވުމަށާއި ރަޙްމަތް ލެއްވުމަށްއެދި ދުޢާކުރާށެވެ.“ صحيح أبي داود 3180 

 

މާނައަކީ : ދަރީގެ މައިންބަފައިންނަށް އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުޢާކޮށްދިނުމެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ރަހްމަތް ލެއްވުން އެދި ދުޢާ ކުރުމެވެ.  

 

ވުމުން ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ ސިފައިގައި ބަޔާން ކުރަމެވެ.  

 

ފުރަތަމަ ތަކްބީރުގައި : އިސްތިޢާޛަ އަދި ބަސްމަލަ ކިޔުމަށްފަހު ސޫރަތުލް-ފާތިޙާ ކިޔަވާނީ އެވެ.  

ދެވަނަ ތަކްބީރުގައި : މާތް ނަބިއްޔާއަށް ޞަލަވާތް ކިޔަވާނީ އެވެ. އެގޮތުން އައްތަހިޔާތުގައި ކިޔާ އިބްރާހީމީ ޞަލަވާތް ކިޔުން ވެ އެވެ.  

ތިންވަނަ ތަކްބީރުގައި : ކުޑަކުއްޖާގެ މައިންބަފައިންނަށް ދުޢާކުރާނީ އެވެ. އެގޮތުން : اللهمَّ اجعلْهُ ذُخْرًا لوالدَيْهِ وشافعًا“ ނުވަތަ اللهم اغفر لوالدَيْهِ وارحمْهما واجعلْهُ لهما ذُخرًا وشافعًا وثقِّلْ به موازينَهُما وأعظمْ به أجورَهُما މިފަދައިންވެސް ދުޢާ ކުރެވިދާނެ އެވެ.  

ނުވަތަ اللهم اجعله فرطاً لوالديه , وذخراً وسلفاً وأجراً މިފަދައިންވެސް ދުޢާ ކުރެވިދާނެ އެވެ.  

އިސްވެ ބަޔާންކުރި ފަދައިން ވަކި ޚާއްޞަ ސިފައެއް ސުންނަތުން ވާރިދުވެގެން ނުވެ އެވެ. ވާރިދުވެފައިވަނީ އެ ކުއްޖާގެ މައިންބަފައިންނަށް ފާފަފުއްސެވުމަށާއި ރަޙްމަތް ލެއްވުމަށް ދުޢާކޮށްދިނުމެވެ.  

އިސްވެ ބަޔާންކޮށްފައިވާ އެންމެހައި ދުޢާތަކަކީ އެފަދަ ދުޢާ ތަކެވެ.  

 

ހަތަރުވަނަ ތަކްބީރުގައި : ތަކްބީރު ކިޔުމަށްފަހުގައި ސަލާމް ދޭނީ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts