ހެނދުނާއި ހަވީރު ނަބިއްޔާ صلى الله عليه وسلم އަށް 10 ފަހަރު ޞަލަވާތް ކިޔެވުމަށް ވާރިދުވެގެންވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަޔާންކޮށްފައިވާ ބައެއް ފޮތްތަކުގައި ހެނދުނު އަދި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم އަށް 10 ފަހަރު ޞަލަވާތް ކިޔެވުމަށް އޮތް ބުނުމާއި މެދުގައި ބުނަމެވެ.  

ސުވާލުގެ ޖަވާބުގައި ދެ ނުކުތާއެއް ފާހަގަ ކުރަމެވެ.  

މިފަދައިން ހެނދުނާއި ހަވީރުގައި ކިޔުމަށް އިމާމް الطبراني ( المعجم الكبير ) ގައި ރިވާޔަތެއް ޛިކުރު ކުރައްވާފައިވެ އެވެ.  

އެ ރިވާޔަތުގައިވެ އެވެ. ޞަޙާބީ  أبي الدرداء ވިދާޅުވެފައިވެ އެވެ.  ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. (من صلى علي حين يصبح عشراً ، وحين يمسي عشراً ؛ أدركته شفاعتي يوم القيامة )  ”ހެނދުނުގައި ތިމަން ނަބިއްޔާގެ މައްޗަށް ދިހަފަހަރު ޞަލަވާތް ކިޔައިފި މީހާ އަދި ހަވީރު 10 ފަހަރު ޞަލަވާތް ކިޔައިފި މީހާއަށް، ޤިޔަމާތް ދުވަހު ތިމަން ނަބިއްޔާގެ ޝަފާޢަތް ހާޞިލްވެގެންދާނެ ތެވެ.“  

އަދި މިފަދައިން (الترغيب والترهيب) ގައިވެސް ރިވާޔަތް ޛިކުރުވެގެންވެ އެވެ.  

އެހެނަސް މުޙައްދިޘުންގެ ބަސްފުޅުތަކަށް ބަލާއިރު މި ރިވާޔަތަކީ ބަލިކަށި ރިވާޔަތެކެވެ.   

އޭގެ ތެރޭގައި އިމާމް الألباني  މި ޙަދީޘް السلسلة الضعيفة 5788 ގައި އަދި ضعيف الترغيب 396 ގައިވެސް ބަލިކަށި ޙަދީޘެއްގެ ގޮތުގައި ޙުކުމް ކުރައްވާފައިވެ އެވެ.  

ވުމުން، ހެނދުނުގެ ޛިކުރު ތަކުގެ ތެރޭގައި އަދި ހަވީރު ޛިކުރުތަކުގައި 10 ފަހަރަށް ޚާއްޞަކޮށްގެން ކިޔުމަށް ޞައްޙަ ރިވާޔަތެއް ނެތެވެ.   

ހެޔޮ ޞާލިޙް ޢަމަލެއް ކަމުގައިވީނަމަވެސް، އެ ޢަމަލެއް ވަކި ވަޤުތެއްގައި ވަކި ޢަދަދަކަށް ކިޔުމަށް ޤައިދު ކުރުމަށް ބުނުމަށް ދަލީލެއް ވާރިދުނުވާހިނދެއްގައި އެފަދައިން ޤައިދު ކުރުމެއް ނުވެ އެވެ.  

ދެވަނައީ : މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔުމަކީ ނުހަނު ހެޔޮވެގެންވާ މަތިވެރިވެގެންވާ އަޅުކަމެކެވެ.  

ޙަދީޘްގައިވެ އެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. 

( فمَن صلَّى عليَّ صلاةً صلَّى اللهُ عليهِ عَشرًا) ” ފަހެ، ތިމަން ނަބިއްޔާގެ މައްޗަށް އެއްފަހަރު ޞަލަވާތް  ކިޔަވައިފި ހިނދު،  ﷲ ތަޢާލާ އަޅާގެ މައްޗަށް ދިހަ ޞަލަވާތް ލައްވަ އެވެ.“   السلسلة الصحيحة 1407 

الإِمَام السحَاوي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم  އަށް ޞަލަވާތް ކިޔުމަކީ އެންމެ ބަރަކާތްތެރި އަދި އެންމެ މާތް މަތިވެރި ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެންމެ ބޮޑަށް މަންފާކުރާނެ ޢަމަލުގެ ގޮތުގައިވެ އެވެ.“  الـقـول الـبديـع (١٠٩) 

ވުމުން މި މާތްވެގެންވާ އަޅުކަން ކުރުން އިތުރުކުރުން ހުއްޓެވެ. ވަކި ވަޤުތެއް އަދި ވަކި ޢަދަދެއް ޤައިދު ކުރުމެއްނެތި ﷲގެ ހަޟުރަތުން ޘަވާބާއި ދަރުމައަށްއެދި، ގިނަގިނައިން ޞަލަވާތް ކިޔުން ހުއްޓެވެ. ރޭގަނޑާއި ދުވާލުގެ އެންމެހައި ވަޤުތުތަކެއްގަ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts